ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެ
ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ހެނދުނުގެ ވަގުތެއްގައި ކަރަންޓުގެ ހިދުމަތް މެދުކެނޑިއްޖެއެވެ. މި މައްސަލަ ދިމާވެފައިވަނީ މިއަދު ހެނދުނު ގާތްގަނޑަކަށް 8:30 އެހައިކަންހާއިރު ކަމަށް ސްޓެލްކޯއިން ބުންޏެވެ. https://x.com/STELCOMALDIVES/status/2064916992394731525?s=20 ކަރަންޓު ކެނޑުނުކަން ހާމަކޮށް ސްޓެލްކޯއިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، "ދިމާވި ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ވަނީ ކަރަންޓުގެ ހިދުމަތް މެދުކެނޑިފައި" ކަމަށެވެ. ނަމަވެސް ދިމާވީ ސީދާ ކޮން ކަހަލަ ޓެކްނިކަލް މައްސަލައެއް ކަމެއް އެ ކުންފުނިން ހާމަކޮށްފައެއް ނުވެއެވެ. ސްޓެލްކޯއިން އިތުރަށް ބުނެފައިވަނީ ދިމާވި މައްސަލަ ހައްލުކޮށް، ވީ އެންމެ އަވަހަކަށް އަލުން ކަރަންޓުގެ ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރު ކުރަމުންދާ ކަމަށެވެ. އެގޮތުން މިހާރު ކަރަންޓު ކެނޑުނު ސަރަހައްދުތަކަށް ކަރަންޓު ދެމުން ގެންދާ ކަމަށާއި އެގޮތުން މިހާރު ބައެއް ސަރަހައްދުތަކަށް ކަރަންޓު ދީފައިވާކަމަށް ސްޓެލްކޯއިން ބުންޏެވެ. ހުޅުމާލޭގެ ގިނަ ސަރަހައްދުތަކަކުން ކަރަންޓު ކެނޑުމާ ގުޅިގެން އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށާއި ވިޔަފާރިތަކަށް ވަނީ ދަތިތަކާ ކުރިމަތިވެފައެވެ. ސްޓެލްކޯއިން އަންނަނީ މައްސަލަ ހައްލުކުރުމަށް މަސައްކަތް ކުރަމުންނެވެ. ހުޅުމާލެއިން ކަރަންޓް ކެނޑޭވަރު މި ފަހަކަށް އައިސް މި ވަނީ އިތުރުވެފައެވެ. އަދި ކަރަންޓް އަނބުރާ ދިނުމަށް ގިނަ ވަގުތުތަކެއް ވެސް ހޭދަވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ