ތ. ހިރިލަންދޫއަށް ދަތުރުކުރަމުން ދަނިކޮށް އަލިފާން ރޯވި "ހޮޅުދޫ ބޯޓު" އަޑިއަށް ގޮސްފި އެވެ.
އަށާރަ މީހުންނާއެކު ދަތުރު ކުރަމުން ދިޔަ އެ ބޯޓުގައި ރޭ އަލިފާން ރޯވުމާ ގުޅިގެން އަލިފާން ނިއްވުމުގެ މަސައްކަތް އެމްއެންޑީއެފްއިން ކުރަމުން ދަނިކޮށް، އެ އުޅަނދު ތ. އަތޮޅުގެ އެތެރެވަރިއަށް އަޑިޔަށް ދިޔައީ އެމްއެންޑީއެފުން ބުނި ގޮތުގައި މެންދަމު 2:07 ހާއިރު އެވެ.
މުދަލާއެކު އުޅަނދު އަޑިޔަށް ގޮސް، އުޅަނދުގެ ބައިތައް އޮޔާދާތީ ދަތުރުކުރާ ފަރާތްތަކުން ސަމާލުކަން ދިނުމަށް އެމްއެންޑީއެފްއިން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެ ބޯޓުން ދަތުރު ކުރި 17 މީހަކު ސަލާމަތް ކޮށްފައި ވާއިރު، ގެއްލުނު ދިވެހި ޒުވާނާ ހޯދުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. ގެއްލިގެން ހޯދަމުން ދަނީ ލ. މާވަށަށް ނިސްބަތްވާ އަލީ މުޝްފިގް މުހައްމަދު، 25 އެވެ.
ހޮޅުދޫ ބޯޓުގައި އަލިފާން އަޑިއަށް ގޮސްފައިވަނީ ތ. އަތޮޅު ވަންދޫއާ ކައިރި އަށެވެ.
ހޮޅުދޫ ބޯޓު އަޑިއަށް ގޮސްފި, ގެއްލުނު ޒުވާނާ ހޯދުން ކުރިޔަށް ހޮޅުދޫ ބޯޓު އަޑިއަށް ގޮސްފި, ގެއްލުނު ޒުވާނާ ހޯދުން ކުރިޔަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ