ލ. މަހަކަންފުށި ކައިރިއަށް ދާ ޖަހަގެން މަސް ހިފަން ފޭބި މީހަކު ގެއްލިގެން ހޯދަމުން ދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެއެވެ.
މި ހާދިސާ އާ ގުޅިގެން ވޮއިސްއަށް މައުލޫމާތު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އެ މީހާ ގެއްލިގެން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު ހެނދުނު 9:50 ކަންހާއިރު ކަމަށެވެ.
އަދި އެމީހާ ގެއްލިގެން ހޯދަމުންދަނިކޮށް މޫދުގައި، މަރުވެފައި އޮއްވާ ފެނިފައިވާ ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.
ގަމު ކައުންސިލްގެ ރައީސް އަހްމަދު ޒަކީ "ވޮއިސް"އަށް ވިދާޅުވީ، އެ މީހާ ރަށަށް ގެނައިރުވެސް މަރުވެފައިވާ ކަމަށާ، މިހާރު އޭނާ ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށެވެ.
ނިޔާވެފައިވަނީ ލ. ގަމަށް ނިސްބަތްވާ މީހެކެވެ.
މަސް ހިފަން މޫދަށް ފޭބި މީހަކު ގެއްލިގެން ހޯދަނިކޮށް މަރުވެފައި އޮއްވާ ފެނިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ