ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން މިއަދު ކަރަންޓު ކެނޑިދާނެ - ސްޓްލެކޯ

މިއަދު ހެނދުނު 09:00 އިން ފެށިގެން މެންދުރު 12:00 އަށް ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެކަމަށް ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް (ސްޓެލްކޯ) އިން ބުނެފިއެވެ.
ސްޓެލްކޯއިން ކުރި ޓުވިޓެއްގައި ބުނީ އެ ކުންފުނީގެ ޑިސްޓްރިބިއުޝަން ނެޓްވޯކް އަޕްގްރޭޑްކުރުމަށްޓަކައި ކޮންމެހެން ކުރަންޖެހޭ މަސައްކަތެއް ކުރުމަށްޓަކައި ހުޅުމާލޭ ރެޑްބުލް ޕާކް ސަަރަހައްދުން ޗަނބޭލީމަގު ގޯޅި އަދި ނިރޮޅުމަގާއި ކެލާމަގުގެ އިތުރުން ކާނިމަގު ހިމެނޭ ސަރަހައްދުތަކުން ކަރަންޓް ކެނޑުމަކީ އެކަށީގެންވާކަމެއްކަމަށެވެ.
ކަރަންޓް ކެނޑުމުގެ ސަބަބުން އާއްމުންނަށް ދިމާވެދާނެ ދަތިތަކަށް މަޢާފަށް އެދޭކަމަށާއި މަސައްކަތް ނިމުނުހާ އަވަހަކަށް މި ސަރަހައްދުތަކަށް އަލުން ކަރަންޓް ދެވިގެންދާނެކަމަށް ސްޓެލްކޯގެ ޓްވީޓްގައި ވެއެވެ.
ރައްޔިތުންނަށް މެދުނުކެނޑި ކަރަންޓުގެ ޚިދުމަތް ދިނުމަށްޓަކައި ސްޓެލްކޯއިން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ