ސިވިލް ކޯޓުގެ ގާޟީ އަލްއުސްތާޒު ފައްޔާޒް ޝާޠިރުގެ ސުލޫކީ މައްސަލައެއް ބެއްލެވުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭސްސީ) އިން ނިންމަވައިފިއެވެ.
ޖޭއެސްސީން ބުނީ، ސިވިލް ކޯޓަށް ހުށަހެޅުނު މައްސަލައެއްގެ އަޑުއެހުންތައް ނިންމާލުމަށްފަހު، މައްސަލައިގެ ޙުކުމް ނުކޮށް އެއް އަހަރު ދުވަހަށްވުރެ ދިގު މުއްދަތަކަށް މައްސަލަ ކުރިއަށްގެންދިޔުމުގައި ފަރުވާކުޑަކޮށްފައިވާކަމަށް ތުހުމަތުކޮށް އެކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާ، އެއީ ޤާޟީ ފައްޔާޒް ޝާތިރުގެ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބެލުމަށް 2023 ޖަނަވަރީ އަށެއްވީ އާދިއްތަ ދުވަހު ބޭއްވި ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ދެ ވަނަ ޖަލްސާގައި ނިންމާފައި ވާކަމުގައެވެ.
އަދި މި ޝަކުވާ ތަޚްޤީޤު ކުރުމަށް އެކޮމިޝަނުން މިހާރު ކޮމިޓީއެއް ވަނީ އެކުލަވާލާފައި ވާކަމަށްވެސް ބުނެފައިވެއެވެ.
Advertisement
ފާއިތުވި އަހަރު ތެރޭގައިވެސް ޖޭއެސްސީން ވަނީ ފަނޑިޔާރުންގެ ގިނަ މައްސަލަތަކެއް ބަލައި، ބައެއް ފަނޑިޔާރުން މަގާމުން ވަކިކުރަންވެސް ނިންމާފައެވެ.
ސިވިލް ކޯޓުގެ ގާޒީ ފައްޔާޒުގެ ސުލޫކީ މައްސަލައެއް ބަލަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ