ރަޖިސްޓްރީ ނުކޮށް، ރާއްޖޭގައި ހިންގާ މެޑިކަލް ކޮލެޖަކަށް ދަރިވަރުން ނަގަން އިޝްތިހާރު ކުރަމުންދާތީ ސަމާލުވުމަށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން އަންގައިފި އެވެ.
އެ މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނި ގޮތުގައި، އެ ކޮލެޖް ހިންގަނީ 'އެސްއޭއެސް މެޑިކަލް ކޮލެޖް'ގެ ނަމުގަ އެވެ. މިއީ ރާއްޖޭގެ މަތީ ތަޢުލީމާއި ތަމްރީނުގެ ޤާނޫނުގެ ދަށުން އެ ވުޒާރާގައި ރަޖިސްޓަރީކޮށްފައިވާ މަރުކަޒެއް ނޫން ކަމަށް ބުނެފައިވެ އެވެ.
ރާއްޖޭގެ މަތީ ތައުލީމާއި ތަމްރީނުގެ ގާނޫނުގެ 62 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން ކޮލެޖެއްގެ ހައިސިއްޔަތު ލިބިގެން ނޫނީ ރާއްޖޭގައި ކޮލެޖެއްގެ ނަމުގައި ތަޢުލީމުދޭ މަރުކަޒެއް ހިންގުމަކީ ކުށެކެވެ. އަދި އެ ގާނޫނުގެ 64 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތުން އެ ގާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ މަތީ ތައުލީމުދޭ މަރުކަޒަކުން މެނުވީ ޔުނިވާސިޓީއެއް ކަމަށް ނުވަތަ ކޮލެޖެއް ކަމަށް ނުވަތަ އިންސްޓިޓިއުޓެއް ކަމަށް އެއްވެސް ފަރާތަކުން އިޝްތިހާރުކުރުމަކީ ކުށެކެވެ.
ރަޖިސްޓްރީ ނުކޮށް ހިންގާ މެޑިކަލް ކޮލެޖަކަށް ސަމާލުވާން އެދިއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ