ޓޮޓްނަމްގެ ކޯޗުކަމުން ތޯމަސް ފްރޭންކް ވަކިކޮށްފި
ނަތީޖާތައް ގޯސްވުމާ ގުޅިގެން ޓޮޓްނަމް ހޮޓްސްޕާގެ ކޯޗުކަމުން ތޯމަސް ފްރޭންކް ވަކިކޮށްފިއެވެ. އޭނާ ކޯޗުކަމުން ވަކިކޮށްފައިވަނީ އެ މަގާމާ ހަވާލުވިތާ އަށް މަސްދުވަހުގެ ތެރޭގައެވެ. ޓޮޓްނަމްގެ ކުރިން އޭނާ މަސައްކަތްކުރީ ބްރެންޓްފޯޑުގައެވެ. އޭގެފަހުން ޓޮޓްނަމްއާ ހަވާލުވީ މިދިޔަ އަހަރުގެ ޖޫން މަހުގެ 13 ވަނަ ދުވަހުގައެވެ. ތިން އަހަރުދުވަހުގެ އެއްބަސްވުމެއްގެ ދަށުން އޭނާ ޓޮޓްނަމްއަށް ސޮއިކޮށްފައިވާއިރު، އެ އެއްބަސްވުމުގެ މުއްދަތު ހަމަވާނީ 2028 ވަނަ އަހަރުގައެވެ. ނަތީޖާތައް ގޯސްވެ، އެންމެފަހުން އޭނާ ކޯޗުކަމުން ވަކިކުރީ ދާދިފަހުން ޓޮޓްނަމްގެ ދަށުގައި ނިއުކާސަލް އަތުން އެ ޓީމު 2-1 ގެ ނަތީޖާއަކުން ބަލިވުމާ ގުޅިގެންނެވެ. ލީގު ތާވަލުގައި ޓޮޓްނަމް މިވަގުތު އޮތީ ކުޅުނު 26 މެޗުން ލިބުނު 29 ޕޮއިންޓާއެކު ތާވަލުގެ 16 ވަނައިގައެވެ. މިވަގުތު ދަށް ފޯމެއްގައި އޮތް ޓޮޓްނަމް އެންމެފަހުން ލީގުގައި ކުޅުނު އަށް މެޗުންވެސް މޮޅެއް ނުލިބެއެވެ. މިއީ 2008 ގެ ފަހުން ޓޮޓްނަމް ފެންނަ އެންމެ ދަށް ފޯމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ