ފަލަސްޠީނުގެ ހަ މީހަކު ޝަހީދު ކޮށްލައިފި

އިޒްރާއިލްގެ ހައްދު ފަހަނައެޅި ޔަހޫދީ ސިފައިން ފަލަސްޠީނުގެ ނާބުލްސްގައި ހިންގި މިލިޓަރީ ރެއިޑެއްގައި ފަލަސްޠީނުގެ ހަ މީހަކު ޝަހީދު ކޮށްލައިފިއެވެ.
ފަލަސްޠީނުގެ ހެލްތް
މިނިސްޓްރީ އިން ވިދާޅުވެފައިވަނީ ފަލަސްޠީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސްގައި
އިޒްރާއިލްގެ ސިފައިން ހިންގި މިލިޓަރީ ރެއިޑްގައި ފަލަސްޠީނުގެ 6 މީހަކު ޝަހީދު
ކޮށްލައިފައި ވާކަމަށާއި، އެތައް ބަޔަކު ޒަހަމް ވެފައިވާކަމަށެވެ.
މި ހާދިސާގައި ގާތް
ގަނޑަކަށް 50 ހަކަށް މީހުން ޒަހަމްވިކަމަށް ބެލެވޭ ކަމަށް އެ މިނިސްޓްރީ އިން
ލަފާކޮށްފައިވެއެވެ.
Advertisement
ހެލްތް މިނިސްޓްރީ
ހާމަކޮށްފައިވާގޮތުން ޝަހީދު ވެފައިވަނީ 72 އަހަރުގެ އަދްނާން ސާބެ ބައްރާ، 25
އަހަރުގެ މުހައްމަދް ޚާލިދް އަންބޫސީ، 33 އަހަރުގެ ތާމިރް މިނާވީ، 26 އަހަރުގެ
މުސްޢަބް އުވައިސް، 24 އަހަރުގެ ހޮސާމް އިސްލީމް އަދި 23 އަހަރުގެ މުހައްމަދް
އަބޫބަކުރެވެ.
އިޒްރާއިލްގެ ސިފައިން
ހަތިޔާރާއި އެކު ހުރި ވެހިކަލްތަކާއި އެކު ރެއިޑުގެ ނަމުގައި ނާބުލްސް އަށް
ވަދެގަތުމާއި އެކު ހަމަލާބަދަލުކުރުންތައް ފެށިގެންދިޔައެވެ.
އިޒްރާއިލްގެ ސިފައިން
ވެހިކަލްތައް ބޭނުންކޮށް ނާބުލްސް އަށް ވެދެ ނުކުމެވެން އޮތް މަގުތައް ބަންދުކޮށް
ހަނގުރާމަވެރިއެއްކަމަށް އެމީހުން ބުނާ ހޮސާމް އިސްލީމް ހޯދުމަށް ކަމަށް ބުނެ އޭނާ
ދިރިއުޅޭ ގެ ވަށައިލައިފައިވެއެވެ.
މިއަހަރުގެ މިހާތަނަށް
އިޒްރާއިލްގެ ސިފައިން ފަލަސްޠީނުގެ 57 މީހަކު ޝަހީދު ކޮށްލައިފައިވެއެވެ. އޭގެ
ތެރޭގައި 12 ކުޑަ ކުއްޖަކުވެސް ހިމެނެއެވެ. އިޒްރާއިލް ސިފައިން ހިންގާ ރެއިޑް ތަކުގައި
އެމީހުންނާއި ކުރިމަތިލާ ހަތިޔާރު ނެތް ޢާންމުންނާއި، ކުރިމަތިލުމެއްނެތި
އެތަނެއްގައި ތިބޭ މީހުންނާއި ހަނގުރާމަ ވެރިންކަމަށް އިޒްރާއިލުން ބުނާ
މީހުންވެސް މީގެ ތެރޭގައި ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ