ސޫދާނުގައި ތާށިވެފައި ތިބި ގައުމުތަކުގެ ރައްޔިތުން ގެންދަނީ

ހަމަލާތައް ތިން ދުވަހުގެ މުއްދަތަށް މެދުކަނޑައިލަން އެއްބަސްވީ އީދަށެވެ. ނަމަވެސް ހަމާތައް ހުއްޓަލާފައިވާ ކަމަށް ބުނާ ވަރަކަށް މައިތިރިއެއް ނުވެއެވެ.
ސޫދާނުގައި ހިނގަމުންދާ ހަނގުރާމައާ ދާހިލީ އެތައް ހަމަނުޖެންތަކެއް އިންސާނީ ބޮޑު މުސީބާތަކަށް ބަދަލުވެފައިވާއިރު އެއަށް ޒިންމާ ވާންޖެހޭ ހަތިޔާރު އެޅި ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް) ގެ ހަނގުރާމަވެރިންނާއި ސޫދާނުގެ އަސްކަރިއްޔާއާ ދެމެދު ހުއްޓާ ނުލައި ދަނީ ހަމަލާ ބަދަލު ކުރަމުންނެވެ. ހާލަތު ގޯސްވެފައިވާ ހިސާބާ މެދު ފަރުވާލެއް ނެތެވެ.ހަނގުރާމައިގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެފައި ވާއިރު ދުނިޔެއަށް މިހާރު އޮތް އެންމެ ބޮޑު ކަން ބޮޑުވުމަކީ އެ ހަނގުރާމައިގެ މެދުގައި ގައުމުތަކުގެ އެތައް ރައްޔިތުންނެއް ތާށިވެފައި ތިބުމެވެ.ވެރިކަން ހިންގާ ކައުންސިލް ލީޑް ކުރާ އާރްއެސްއެފާއި އަސްކަރިއްޔާގެ ހަމަލާތައް ތިން ދުވަހަށް ހުއްޓާލަން އެއްބަސްވެފައި ވިޔަސް އެއީ މުޅީން ވާހަކައެކެވެ. ހުރިހާ ދިމާއެއްގައި ވެސް ވަނީ ހާލަތު ވަރަށް ގޯސްވެފަ އެވެ. ހާއްސަކޮށް ވެރިރަށް ހަރްތޫމުގައި ހަނގުރާމައިގެ މައިދަން އޮތީ ފެށުނު އިރުވެސް އޮތް ގަރަނބު ކަމުގެ ތެރޭގަ އެވެ. އެހެންވެ ސޫދާނުގައި މަސައްކަތްކުރާ ބޭރު ގައުމުތަކުގެ މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ގައުމުތަކުން މިހާރު ވެސް ވަނީ ފަށާފަ އެވެ. ސޫދާން ސަރުކާރުގެ ފަރާތުން އަސްކަރިއްޔާގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލް ބުރްހާން ވިދާޅުވި ގޮތުގައި އެ ގައުމުގައި ތިބި އެހެން ގައުމުތަކުގެ ރައްޔިތުން ސަލާމަތް ކުރެވުނު ގޮތަކުން ކުރުމުގެ ރުހުމެއް ދީފައިވާނެ އެވެ. އަދި އަސްކަރިއްޔާއިން އެކަމަށް މަގުފަހި ކޮށްދޭނެ އެވެ. ހަމަ އެ ގޮތަށް ހަނގުރާމަވެރި ޖަމާއަތުގެ ވެރިޔާ ޖެނެރަލް މުހައްމަދު ހަމްދާން ދަގަލޯ ވެސް ވަނީ ބަޔާނެއް ނެރެފަ އެވެ. މީހުން ގެންދަން ހުރަހެއް ނާޅާނެ ކަމަށް ދަގަލޯގެ ބަޔާނުގައި ވެއެވެ.އަަވަހާ މީހުން ސަލާމަތް ކުރުމަށް އެންމެ ބޮޑަށް ނުކުމެ އޮތީ އެމެރިކާ އާއި އިނގިރޭސިވިލާތާއި ފަރަންސޭސިވިލާތާއި ޗައިނާ އެވެ. އެހެން ބައެއް ގައުމުތަކުން ވެސް ވަނީ ހެދުނު ގޮތެއް ހަދައިގެން އަވަހަށް ގައުމަށް ރައްޔިތުން ގެންދެވޭތޯ މަސައްކަތް ކުރަމުންނެވެ. މިއަދު އެމެރިކާއިން ވަނީ އެ ގައުމުގެ އެމްބަސީގެ މުވައްޒަފުން ރައްކާތެރި ދިމާއަކަށް ގެންގޮސްފަ އެވެ. ހަމަލާތައް ތިން ދުވަހުގެ މުއްދަތަށް މެދުކަނޑައިލަން އެއްބަސްވީ އީދަށެވެ. ނަމަވެސް ހަމާތައް ހުއްޓަލާފައިވާ ކަމަށް ބުނާ ވަރަކަށް މައިތިރިއެއް ނުވެއެވެ. ހަނގުރާމަ ފެށި އޭޕްރިލް 15 ވަނަ ދުވަހެކޭ މިހާރުވެސް އެއްވެސް ތަފާތެއް ނެތެވެ. ސޫދާނުގައި މި ވަގުތު ވެރިކަން ކުރަނީ އަސްކަރިއްޔާއާއި އާރްއެސްއެފްގެ އިތުރުން ޕާޓީތަކުން އެކުލަވައިލާފައިވާ އިންތިގާލީ ކައުންސިލަކުންނެވެ. މިހާރު އޮތް ދާހިލީ ހަމަނުޖެހުންތަކުގެ ތެރޭގައި އެ ގައުމުގައި މަދަނީ ސަރުކާރެއް ގާއިމު ކުރެވުމުގެ ފުރުސަތު ވަރަށް ކުޑަ އެވެ. ސޫދާނުގައި އިންތިގާލީ ކައުންސިލެއް އުފައްދާފައި ވަނީ ކުރީގެ ރައީސް އުމަރު އަލް-ބަޝީރުގެ ސަރުކާރު ވައްޓައިލުމަށް ފަހުއެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ