ޒަހަމްވެފައި އޮތް މީހަކު ސެނެހިޔާ ކައިރިން ފެނިއްޖެ

ސެނަހިޔާ ހޮސްޕިޓަލް ކައިރިން ޒަޚަމްތަކަކާއެކު މީހަކު ފެނިފައިވާ މައްސަލަ ފުލުހުން ބަލަން ފަށައިފިއެވެ.
ފުލުހުން ބުނީ މިއަދު ހެނދުނު ސެނެހިޔާ ހޮސްޕިޓަލް ކައިރިން މީހަކު ޒަޚަމްތަކަކާއެކު ފެނިފައިވާ މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވާކަމަށެވެ.
އެ އިދާރާއިން ބުނިގޮތުގައި ޒަޚަމްތަކާއެކު ފެނިފައިވަނީ ދިވެހި ފިރިހެނެކެވެ.
ފުލުހުން ބުނީ އެ ސަރަހައްދުގައި ފުލުހުން މި ވަގުތު ހަރަކާތްތެރިވަމުންދާކަމަށެވެ.
މި މައްސަލައާ ގުޅޭ އިތުރު ތަފްސީލު އެ އިދާރާއިން އަދި ހާމައެއް ނުކެރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ