ޖުޑީޝަލް ސާވިސް ކޮމިޝަންގެ ރައީސަކަށް، ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު، ނ. މަނަދޫ، ގަސްކަރަ ހުސްނީ މުބާރިކް އިންތިހާބު ކޮށްފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ މެންބަރުކަމަށް ޙުސްނީ މުބާރިކް ޢައްޔަންކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ތެރެއިން، އެ މަޖިލީހުން ކަނޑައަޅާ މެންބަރެއްގެ ހައިސިއްޔަތުންނެވެ. އެ ކޮމިޝަނަށް އޭނާ އައްޔަނުކުރީ މިއަދު އެވެ.
ޖޭއެސްސީން ބުނީ އެ ކޮމިޝަންގެ ރައީސަކު އިންތިހާބު ކުރުމަށް މިއަދު އޮތް ބައްދަލްވުމުގައި ކޮމިޝަންގެ ރައީސަކަށް ހުސްނީ މުބާރަކު އިންތިހާބު ކޮށްފައިވާ ކަމަށެވެ.
ހުސްނީމުބާރަކު ޖޭއެސްސީއަށް ހަމަޖެއްސެވީ ކުރީން މެންބަރުކަން ކުރެއްވި މާފުށީ ދާއިރާގެ މެންބަރު ހުސައިން ރިޒާ ކުއްލި ގޮތަކަށް އިސްތިއުފާ ދެއްވުމާއި ގުޅިގެންނެވެ. ރިޒާ ހުންނެވީ ޖޭއެސްސީގެ ރައީސަކަށެވެ.
ޖޭއެސްސީގެ ރައީސަކަށް ހުސްނީމުބާރަކު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ