މާލޭގެ މޭޔަރު ކަމަށް ނިކުންނަން ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން ހިދުމަތް ކުރެއްވި ޒަރިޔަންދު އިސްމާއީލަށް ކުރީގެ ރައީސް ޔާމީންގެ ޕީއެންއެފްގެ ޓިކެޓް ދީފި އެވެ.
ޒަރިޔަންދަށް ޕީއެންއެފްގެ ޓިކެޓް ދީފައިވާކަން ހާމަކޮށްފައި ވަނީ މިރޭ އާޓިފިޝަލް ބީޗުގައި "ރިސެޓް" ނަމުގައި މިރޭ ބާއްވަމުންދާ ޖަލްސާގަ އެވެ.
މާލޭގެ މޭޔަރު ކަމަށް ނިކުންނަން ޒަރިޔަންދަށް ޕީއެންއެފްގެ ޓިކެޓް ދިނުން -- ފޮޓޯ: ޕީއެންއެފް
މި ޖަލްސާގައި އެކަން އިއުލާނު ކުރުމަށް ފަހު ކުރީގެ ރައީސް ޔާމީން ވަނީ ޒަރިޔަންދަށް މަރުހަބާ ވިދާޅުވެފަ އެވެ.
މިރޭގެ ޖަލްސާގައި ޒަރިޔަންދު ވަނީ ވާހަކަ ދައްކަވާފަ އެވެ. އޭނާ ވިދާޅުވީ އިންތިހާބީ މަގާމަކަށް ވާދަކުރެއްވުމަށް މިހާތަނަށް ސިޔާސީ ލީޑަރަކު އޭނާއަށް ހިތްވަރު ނުދެއްވާ ކަމަށެވެ. ނަމަވެސް މި ފަހަރު މޭޔަރުގެ ރޭހަށް ނިކުންނެވީ ރައީސް ޔާމީން އެކަމަށް ހިތްވަރު ދެއްވައިގެންނެވެ.
މާލޭގެ މޭޔަރު ކަމަށް ނިކުންނަން ޒަރިޔަންދަށް ޕީއެންއެފްގެ ޓިކެޓް ދިނުން -- ފޮޓޯ: ޕީއެންއެފް
ޒަރިޔަންދަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަރަށް އަރިސް ބޭފުޅެކެވެ. އެމަނިކުފާނާއެކު މީގެ ކުރީން ސިޔާސީ މަސައްކަތް ވެސް ކުރައްވާފައިވެ އެވެ.
ޒަރިޔަންދަކީ ތަޖުރިބާކާރު އޮޑިޓަރެކެވެ. އެންމެ ދިގު މުއްދަތަކަށް ހިދުމަތް ކުރެއްވީ އޮޑިޓަރު ޖެނެރަލްގެ އޮފީހުގަ އެވެ.
މާލޭގެ މޭޔަރު ކަމަށް ނިކުންނަން ޒަރިޔަންދަށް ޕީއެންއެފްގެ ޓިކެޓް ދިނުން -- ފޮޓޯ: ޕީއެންއެފް
މާލެ ސިޓީގެ މޭޔަރު ކަމަށް ސަރުކާރު ހިންގާ ޕީއެންއެފްގެ ޓިކެޓްގައި ނިކުންނަވަނީ ކުރީގެ ޑިފެންސް މިނިސްޓަރު މޭޖާ ޖެނެރަލް (ރިޓަޔާޑް) މޫސާ އަލީ ޖަލީލް އެވެ.
އެމްޑީޕީގެ ޓިކެޓް ދޭނެ ކެންޑިޑޭޓަކު ކަނޑައަޅަން ބާއްވާނީ ޕްރައިމަރީ އެކެވެ. ޓިކެޓަށް ވާދަ ކުރައްވަނީ މިހާރުގެ މޭޔަރު އާދަމް އާޒިމް އާއި އެމްޑީޕީގެ ޕީޖީ ގުރޫޕްގެ ކުރީގެ ލީޑަރު އަލީ އާޒިމް އެވެ. އެ ދެ ބޭފުޅުންގެ ކެމްޕެއިން ޕޯރި ވަނީ ވަރަށް ގަދަވެފަ އެވެ.
މާލޭގެ މޭޔަރު ކަމަށް ނިކުންނަން ޒަރިޔަންދަށް ޕީއެންއެފްގެ ޓިކެޓް ދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ