ދެ އަކްޝޭއިން އެކީގައި އަނެއްކާވެސް އެއް ފިލްމަކުން ފެނިދާނެ ކަމުގެ އިޝާރާތެއް

ބޮލީވުޑްގެ ތަޖުރިބާކާރު ފިލްމީ ތަރިން ކަމަށްވާ އަކްޝޭ ކުމާރާއި އަކްޝޭ ކަންނާ އެކީގައި ފިލްމެއްގައި މަސައްކަތްކުރަން ހަމަޖެހިފައިވާ ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. ފިލްމީ ޚަބަރުތައް ގެނެސްދޭ ޕިންކްވިލާގައި ބުނެފައިވާ ގޮތުން ދެ ތަރިން އެކީގައި މަސައްކަތް ކުރަން ހަމަޖެހިފައި ވަނީ އަކްޝޭ ކުމާރު އާއި ގޯވިންދާ މުހިއްމު ރޯލް ކުޅުނު 2006 ވަނަ އަހަރުގެ ފިލްމު "ބަގަމް ބާގް"ގެ ސީކުއަލްގައެވެ. ބޮކްސް އޮފީހުގެ ރިޕޯޓުތަކުން ވެސް ބުނެފައިވާ ގޮތުން އަކްޝޭ ކަންނާ ވަނީ ފިލްމު "ބަގަމް ބާގް"އަށް ސޮއިކޮށްފައެވެ. ނަމަވެސް އެކަން އެ ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވެސް އަދި ޚުދު އަކްޝޭ ކަންނާގެ ފަރާތުން ވެސް މިހާތަނަށް ކަށަވަރުކޮށްދީފައެއް ނުވެއެވެ. އަކްޝޭ ކަންނާ އަދި އަކްޝޭ ކުމާރު ފިލްމު "ތީސް މާރް ޚާން"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ މީޑިއާ ރިޕޯޓުތައް ބުނާގޮތުން މި ފިލްމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަހުތެރޭ ފަށަން ނިންމާފައިވާއިރު ފިލްމުގެ ޑައިރެކްޝަނާ ހަވާލުވެފައި ވަނީ "ޑްރީމް ގާލް" ގެނެސްދިން ރާޖް ޝާންޑަލިއާއެވެ. އަކްޝޭ ކަންނާ އާއި އަކްޝޭ ކުމާރު ކުރިން އެކީގައި ކުޅުނު ފިލްމަކީ 2010 ވަނަ އަހަރު ފަރާ ޚާން ޑައިރެކްޓްކޮށް ގެނެސްދިން ފިލްމު "ތީސް މާރު ޚާން"އިންނެވެ. އަކްޝޭ ކަންނާ އެންމެފަހުން ބެލުންތެރިންނަށް ފެނުނީ މި މަހުގެ ފަސް ވަނަ ދުވަހު ރިލީޒްކުރި ފިލްމު "ދުރަންދާރް"ގެ ރޯލްއަކުންނެވެ. ޑައިރެކްޓަރު އަދިތިޔަ ދާރްގެ މި ފިލްމުގައި އަކްޝޭ ކަންނާ ކުޅުނު ކެރެކްޓާ ގެނެސްދީފައި ވަނީ ވަރަށް ފުރިހަމަކޮށް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ އެކްޓަރަށް ތައުރީފު ކުރަމުންނެވެ. އެހެންވެ އަކްޝޭ ކަންނާ ފިލްމުގައި ފެންނަ ވަރަށް ގިނަ ވީޑިއޯތަކާއި ލަވަތަކަކީ މިހާރު އެންމެ ހިނގާ އެއް ޓްރެންޑެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ