ފަސްމަހުގެ ދަރިފުޅު މަންމަ އާއި ހަވާލުކުރުމަށް ފެމިލީ ކޯޓުން ވަގުތީ އަމުރެއް ނެރެފައިވީ ނަމަވެސް ފެމިލީ ކޯޓުން ކުރި އަމުރަށް އަމަލުކުރުން ފަސްކުރުމަށް ހައި ކޯޓުން މިއަދު އަންގައިފި އެވެ.
ހައި ކޯޓުން މިގޮތަށް އެންގީ ފެމިލީ ކޯޓުން ކުރި އަމުރު ކުއްޖާގެ ބައްޕަ ޝަރުއާން މިއަދު ހައި ކޯޓުގައި އިސްތިއުނާފްކުރުމުންނެވެ.
އެގޮތުން މިއަދު މެންދުރުފަހު ހައި ކޯޓުގައި މި މައްސަލައިގެ އަޑު އެހުމެއް ބާއްވަން ތާވަލްކުރި އެވެ. އެހެންނަމަވެސް 12:45 ގައި ބާއްވަން އޮތް އަޑު އެހުން ކެންސަލްކުރީ ފަސް މަހުގެ ދަރިފުޅުގެ މަންމަ ތާންޔާ ޝަރާން ވަކީލެއް ހަމަނުޖެހުމުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން މިއަދު 3 ޖެހިއިރު ވެސް އަޑު އެހުމެއް ބޭއްވުމަށް ތާވަލްކުރި ނަމަވެސް ވަކީލަކާއި ތަރުޖަމާކޮށްދޭނެ ފަރާތެއް ތާންޔާ އަށް ނުލިބިގެން އަޑު އެހުން ކެންސަލްކުރި އެވެ.
ފަސްމަހުގެ ދަރިފުޅު ހަވާލުކުރުމުގެ އަމުރު ތަންފީޒުކުރުން ހައި ކޯޓުން ފަސްކޮށްފައިވަނީ ހައި ކޯޓުގައި އަޑު އެހުމެއް ބޭއްވުމަށްފަހު ނޫންކަން އެމްވީޔޫތަށް މައުލޫމާތު ލިބިފައިވެ އެވެ.
ތާންޔާ މާލެ އައިސް ފެމިލީ ކޯޓަށް މައްސަލަ ހުށަހަޅާފައިވަނީ ތުއްތު ކުއްޖާއަކީ ގާތުންދޭ ކުއްޖަކަށްވާތީ އެކުއްޖާ އޭނާ އާއި ހަވާލުކޮށްދިނުމަށް ވަގުތީ އަމުރެއް ނެރެދިނުމަށެވެ. އަދި އެ އަމުރު ތަންޔާއަށް ފެމިލީ ކޯޓުން ނެރެދިނީ މިމަހުގެ ދިހަ ވަނަ ދުވަހު އެވެ.
ޝަރުއާންގެ މަންމަ އެމްވީޔޫތައް ދިން އިންޓަވިއުއެއްގައި ބުނީ ތާންޔާ އިސްލާމްދީން ގަބޫލުކުރާ ކަމަށް ބުނެ ރާއްޖޭގެ ބައެއް މީޑިއާތަކަށް އިންޓަވިއު ދިންނަވެސް ތާންޔާ ސުވިޒަލޭންޑްގައި ދިރިއުޅުނުއިރު އޭނާ އޫރު މަސްވެސް ކައި ހަދާ ކަމަށެވެ.
އަދި ޝަރުއާން މިސްކިތަށް ގޮސް ނަމާދު ކުރާތީ ވެސް ތާންޔާ ޖެއްސުންކޮށް ހަދާ ކަމަށާއި މިސްކިތުގައި ހުއްޓައި ބައެއް ފަހަރު ޝަރުއާން ހޯދަން ވެސް ތާންޔާ ގޮސްފައި އެބަހުރި ކަމަށް ޝަރުވާންގެ މަންމަ ބުންޏެވެ. ޝަރުއާން ރޯދަ ހިފާތީ އެކަމަށް ވެސް ތާންޔާ މަލާމާތްކޮށް ހަދާ ކަމަށް ޝަރުއާންގެ މަންމަ ބުންޏެވެ.
ޝަރުއާންގެ މަންމަ ބުނީ ތާންޔާ ދަރިފުޅާއި ވަކިން ނޫޅެވޭނެ ކަމަށް ބުނެ ދަރިފުޅު ހޯދަން ރާއްޖެ އައިނަމަވެސް ތާންޔާގެ ވާހަކަތައް ގަބޫލުނުކުރެވޭނެ ކަމަށެވެ. އަދި ޝަރުއާން އާއި ތަންޔާ ސުވިޒަލޭންޑްގައި ދިރިއުޅުނު އިރު ތާންޔާ ދަރިފުޅަށް އެއްވެސް ވަރަކަށް އަޅާނުލާ ކަމަށެވެ.
” ދަރިފުޅަށް އެއްވެސް ވަރަކަށް އޭނާ އަޅައެއް ނުލާ. އޭނާ ގޭގައި އުޅޭ ވަގުތަކުގައި ދަރިފުޅު ރޯ އަޑު އިވޭތީ ނިދަން ވެސް އޮންނަނީ ކަންފަތުގައި ކަފަ ޖަހައިގެން.” ޝަރުއާންގެ މަންމަ ބުންޏެވެ.
އޭނާ ބުނީ ދެމަފިރިންގެ ދެމެދުގައި ޖެހުނު ހަމައެކަނި މައްސަލައަކީ ޝަރުއާން ވަޒީފާ އަކަށް ނުދިއުމާއި ފޭސްބުކްގައި އަބަދު ވަގުތު ހޭދަކުރަމުން ދިއުމުން ކަމަށް ތާންޔާ ބުނި ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށެވެ.
ނަމަވެސް ތާންޔާ އާއި އިސްލާމް ދީނާއި ގުޅުމެއް ނޯންނަ ކަމަށް ދެކެވޭ ވާހަކަ ދޮގުކޮށް އޭނާ ބުނީ ދެމަފިރިންގެ ދެމެދުގައި ކުޑަކޮށް ވެސް މައްސަލަ ޖެހެނީ ޝަރުއާން ވަޒީފާއަކަށް ނުދިއުމާއި ފޭސްބުކްގައި އަބަދު ވަގުތުތައް ހޭދަ ކުރާތީ ކަމަށެވެ.
ފަސްމަހުގެ ދަރިފުޅު ހަވާލުކުރުމުގެ އަމުރު ތަންފީޒުކުރުން ހައި ކޯޓުން ފަސްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ