ކޯޓުން ވަގުތީ އަމުރެއް ނެރުމުން އުސްފަސްގަނޑު ރޫޅާލުން ހުއްޓާލައިފި، ޗާނދަނީމަގުގައި ބޮޑު ހަމަނުޖެހުމެއް ހިނގައިފި

30-05-2012 02:09 ފުލުހުން އުސްފަސްގަނޑު ބަންދުކޮށްފައިވާ ކަމަށާއި އެ ސަރަހައްދަށް އެއްވެސް މީހަކު ވަދެގެން ނުވާނެ ކަމަށް ފުލުސް އޮފީހުން ބުނެފި. އެ ތަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ: "އުސްފަސްގަނޑު ސަރަހައްދު ރޫޅާލުމާގުޅޭ ގޮތުން ނެރުނު ވަގުތީ އަމުރު މިސަރވިސްއަށް ލިބުނުއިރު އެތަން ރޫޅާލުމުގެ މަސައްކަތުގެ ބޮޑު ބައެއް ނިމިފައިވީ ނަމަވެސް އެސަރަހައްދުގައި ހުރި ބައެއް ތަންތަނާއި ތަކެތި ރޫޅާލުމަށްފަހު ބައެއް ތަކެއްޗާއި އާލާތްތައް އެސަރަހައްދުގެ ތެރޭގައި ބެހެއްޓިފައިވާތީއާއި، އެސަރަހައްދަށް މީހުން އެއްވެ ހިންގާފައިވާ ޖިނާޢީ ކުށުގެ އަމަލުތައް މިސަރވިސްއިން ތަހްޤީޤްކުރަމުންދާތީ، ފުލުހުންގެ ޤާނޫނުގެ 10 ވަނަ މާއްދާގެ ދަށުން އެސަރަހައްދު ބަންދުކޮށްފައިވާކަމަށާއި، މިމައްސަލައާއި ގުޅިގެން އެތަން ވަކި ފަރާތަކާ ހަވާލުކުރުމަށް ކޯޓުން އަންގަންދެން، އެއްވެސް ފަރާތަކުން އުސްފަސްގަނޑު ސަރަހައްދުގެ ތެރެއަށް ނުވަނުމަށާއި އެސަރަހައްދަކީ މިސަރވިސްގެ ބެލުމުގެ ދަށުން ބަންދުކުރެވިފައިވާ ސަރަހައްދެއްކަމުގައި ދެންނެވީމެވެ." 30-05-2012 01:12 ޗާނދަނީމަގު ޖަންކްޝަންގެ ހަމަނުޖެހުން 2 30-05-2012 00:34 ޗާނދަނީމަގު ޖަންކްޝަނުން މީހުން ވަރަށް ބޮޑަށް މަދުވެއްޖެ 30-05-2012 00:32 [ނަސްރުﷲ ސޯލިހް، ޗާނދަނީމަގު ޖަންކްޝަނުން] ޗާނދަނީމަގު ޖަންކްޝަންގެ ހަމަނުޖެހުން 30-05-2012 00:12 މުޒާހަރާކުރާ މީހުން، ޖަންކްޝަންގެ މެދަށް ވަތް އަންހެން ފުލުހަކާ ދިމާކޮށް، އޭނާގެ ގަޔަތް އަތްލައިފި. ނަމަވެސް މުޒާހަރާގެ ތެރެއިން ބަޔަކު އޭނާ ސަލާމަތްކޮށްގެން ދުރަށް ގެންގޮސްފި. 30-05-2012 00:09 ވާރޭ ވެހެން ފެށުމުން އަސްކަނިތަކުގެ ދަށަށް ވަދެ މީހުން އެބަތިބި 30-05-2012 00:09 މުޒާހަރާކުރަމުންދާ ޖަންކަޝަނަށް ސައިކަލުތަކުގައި ހައެއްކަ މީހަކު ގޮސް އެމްޑީޕީ މީހުންނާ ދިމާކުރުމުން ދެ ފަރާތުގެ ދެމެދުގައި ހޫނު ޒުވާބުތަކެއް ހިނގައިފި. 30-05-2012 00:00 އުސްފަސްގަނޑު ސަރަހައްދާއި އެ ސަރަހައްދުގެ ބެރިކޭޑް ކައިރީގައި މި ވަގުތު މާބޮޑު ކަމެއް ނެތް. 29-05-2012 23:55 ޗާނދަނީމަގު ޖަންކްޝަންގައި ފުލުހުން މީގެ ކުޑައިރުކޮޅެއް ކުރިން ހަރަކާތްތެރިވަނީ. 29-05-2012 23:51 ޖަންކްޝަނުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފައި ވާއިރު އޭގެ ތެރޭގައި އަންހެނުން ވެސް ހިމެނޭ. 29-05-2012 23:49 ޖަންކްޝަނުން ފުލުހުން ދިއުމުން އަނެއްކާވެސް މީހުން ޖަމާވާން ފަށައިފި 29-05-2012 23:44 ޗާނދަނީމަގު ޖަންކްޝަންގައި މުޒާހަރާ ރޫޅާލި އިރު ފުލުހުން އާއްމުންގެ ގައިގައި މުގުރުން ތަޅައި "ވަރަށް އަނިޔާވެރިކޮށް" އަމަލުކުރި ކަމަށް ނޫސްވެރިން ބުނޭ. 29-05-2012 23:43 ކޯޓު އަމުރު ހިފައިގެން ދިޔަ މީހުންނަށް ޖަވާބުދެމުން ފުލުހުން ބުނީ އެ އަމުރު ނެރުނުކަން އެނގުމާ އެކު، އުސްފަސްގަނޑު ރޫޅާލުން ހުއްޓާލި ކަމަށާއި ނަމަވެސް އެ ތަން ބަލާފާސްކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންނަށް އަމުރު ދީފައި ވަނީ 48 ގަޑިއިރުގެ މުއްދަތަށް ކަމަށް. އެ މުއްދަތު ހަމަވެފައިި ނުވާ އިރު ތަން އަދި އޮތީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށާއި އެހެންކަމުން މަޝްވަރާކޮށްފައި ނިންމާ ގޮތެއް އަންގާނެ ކަމަށް ފުލުހުން ބުނި. އެމްޑީޕީގެ ސަޕޯޓަރުން ބުނަނީ ރޫޅާލި ތަންތަން ހަދައިދީ، ގެއްލުމުގެ ބަދަލު ފުލުހުން ދޭން ޖެހޭނެ ކަމަށް. 29-05-2012 23:35 ކޯޓު އަމުރު ހިފައިގެން އުސްފަސްގަނޑު ސަރަހައްދަށް ވަންނަން ދިޔުމުން ދެ މީހަކު ވައްދައިފި. 29-05-2012 23:32 ޕެޓްރޯލް ޝެޑްތަކާ ހިސާބުގައި މިއަދު ޖެހި ބެރިކޭޑް އަދިވެސް ހުރި އިރު ފުލުހުން އެ ތަނުގައި އެތުރިގެން އެބަތިބި. އެހެންކަމުން އުސްފަސްގަނޑު ސަރަހައްދު އަދިވެސް އޮތީ ބަންދުކޮށްފައި. ނަމަވެސް ދެންމެ ސިވިލް ކޯޓުން ނެރުނު އަމުރު ހިފައިގެން އަތުވެއްޖެނަމަ ދެ މީހަކު ބެރިކޭޑް ތެރެއަށް ވެއްދުމަށް ފުލުހުންނަށް ވަނީ ކޮމާންޑް އައިސްފައި. މިހާރު ވާރޭ ވެހެން ފަށައިފި. 29-05-2012 23:30 ބޮޑުތަކުރުފާނުމަގު، ސްޓެލްކޯ ފުރަގަހުގައި އޮންނަ ސަރަހައްދަށް އަނެއްކާވެސް މީހުން އެއްވެ އަޑުގަދަކުރަމުން އެބަދޭ. 29-05-2012 23:28 ހަމަނުޖެހުމުގައި އަނިޔާވި ޒުވާނަކު، ކެމްޕަސް ގޯޅިގަނޑުތެރޭގައި ހުންނަ ގެއަކަށް ވެއްދުމަށް ފަހު ނެރެގެން މިހާރު ހޮސްޕިޓަލަށް ގެންދަނީ. 29-05-2012 23:26 ޖަންކްޝަން ސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ގޭގެ ދޮރުމައްޗަށް ނިކުމެ ތިއްބާ ދެ ގެއެއްގެ މީހުންގެ ލޮލަށް ވެސް ޕެޕަ ސްޕްރޭ ޖަހައިފި. 29-05-2012 23:25 އަނެއްކާވެސް މީހުން ހައްޔަރުކުރަމުން އެބަދޭ 29-05-2012 23:20 ޖަންކްޝަންގައި ފުލުހުންނާ ދިމާލަށް އަނެއްކާވެސް ޕޭވްމެންޓް ގަލާ އެއްޗެހި އުކައިފި. އިތުރު މީހަކު ހައްޔަރުކޮށްފި 29-05-2012 23:19 އުސްފަސްގަނޑަށް އެރި ސިފައިންގެ ތެރެއިން ގިނަ މީހުން އެނބުރި ހިނގައްޖެ. ކޮންމެވެސް ވަރަކަށް ސިފައިން ތިބި އިރު ފުލުހުން އަދިވެސް އެ ތަނުގައި އެބަތިބި. 29-05-2012 23:16 ދެންމެ ފަސް މީހަކު ހައްޔަރުކުރި. 29-05-2012 23:16 ޗާނދަނީމަގު ޖަންކްޝަނަށް އެއްވެ ތިބި މީހުން އަނެއްކާވެސް ފަހާލައިފި. ބައެއް މީހުން ހައްޔަރުކުރި. 29-05-2012 23:01 ޗާނދަނީމަގު ޖަންކްޝަންގައި ފުލުހުންނާ ދިމާލަށް ގަލާއި ފުޅި އުކަނީ. ގާބުރިއަކުން ޖެހި ހަގީގީ ބޮޑު ސޭލް ފިހާރައިގެ ބިއްލޫރިގަނޑެއް ތަޅައިގެން ހިނގައްޖެ. 29-05-2012 23:01 އުސްފަސްގަނޑުން ނެގި އެއްޗެހީގެ ތެރެއިން މަގުމަތީގައި ބަހައްޓާފައި ހުރި އެއްޗެހި ކޮންމެވެސް ވަރަކަށް އެތެރެއަށް ވައްދައިފި 29-05-2012 22:55 އުސްފަސްގަނޑު ރޫޅާލުމުގެ މަސައްކަތް ހުއްޓާލައިފި. "މިހާރު ހުރި ވަރަށް ބަހައްޓާފައި ހުއްޓާލައިފި. ސިފައިން ފޯލިން ވާން ގޮވާލައިފި،" ހަވީރުގެ ނޫސްވެރިޔާ ބުނި. އޭނާ ބުނިގޮތުގައި ހުއްޓާލި އިރު މަސައްކަތްކުރަމުން ދިޔައީ ސްޓޭޖްގެ އަނެއް ބައި ވައްޓާލުމަށް. 29-05-2012 22:53 އުސްފަސްގަނޑު ރޫޅާނުލުމަށް ވަގުތީ އަމުރު ނެރެފައި ވަނީ އެ ކަމުގައި "ޝާމިލްވާ އެންމެން"ގެ މައްޗަށް. 29-05-2012 22:52 އުސްފަސްގަނޑު ރޫޅާލުން ހުއްޓައެއް ނުލާ. ސްޓޭޖްގެ ބައެއް ވެސް ވަނީ ވައްޓާލާފައި. ޖޯލިފައްޗާއި އިތުރު އެހެން ބައެއް އެއްޗެހި ހިފައިގެން ސިފައިން ހިނގައްޖެ. މިހާރު ގެންދަނީ ސްކްރީން ނެގުމުގެ މަސައްކަތްކުރަމުން. ހަވީރުގެ ނޫސްވެރިޔާ ބުނިގޮތުގައި އެ ތަނުގައި ހުރި ހުރިހާ އެއްޗެއްހެން ގާތްގަނޑަކަށް ނަގާ ނިމެނީ. 29-05-2012 22:49 ރަޔަޓް ފުލުހުން ޝީލްޑާ އެކު އަނެއްކާވެސް ޖަންކްޝަނަށް ހިނގައްޖެ. މަޖީދީމަގާއި ޗާނދަނީމަގުގައި ވެސް ފުލުހުން އެބަތިބި. އެ ސަރަހައްދު ދޫކޮށް ދިއުމަށް އިންޒާރު ދަނީ ދެމުން. 29-05-2012 22:44 އުސްފަސްގަނޑު ރޫޅާނުލުމަށް ވަގުތީ އަމުރެއް ސިވިލް ކޯޓުން ނެރެފި 29-05-2012 22:42 [އަހުމަދު ހަމްދޫން، އުސްފަސްގަނޑުން] އުސްފަސްގަނޑުގައި އެޅިގަލުން ރާނާފައި ހުރި ސްޓޭޖް ފޯކް ލިފްޓުން ނަގަނީ. 29-05-2012 22:38 ސިވިލް ކޯޓަށް އެމްޑީޕީން ހުށަހެޅި މައްސަލަ: ވަގުތީ އަމުރާ މެދު ގޮތެއް ނިންމަންދެން އުސްފަސްގަނޑު ރޫޅާނުލާ މަޑުކުރަން ފުލުހުންނަށް އަންގަން، ގާޒީ ހާތިފް ހިލްމީ، ފުރަތަމަ އަޑުއެހުމުގައި ދައުލަތުގެ ވަކީލަށް އެންގެވި ކަމަށް ދެ ފަރާތުގެ ވަކީލުން ވެސް ވިދާޅުވެއްޖެ. ނަމަވެސް ސިފައިންނާއި ފުލުހުން ގެންދަނީ އުސްފަސްގަނޑު ރޫޅާލަމުން. މި މައްސަލާގައި ދައުލަތުގެ ވަކީލަކީ އޭޖީ އޮފީހުގެ ޑެޕިއުޓީ ސޮލިސިޓަ ޖެނެރަލް އަހުމަދު އުޝާމް. އެމްޑީޕީގެ ވަކީލުންނަކީ ހިސާން ހުސައިން އާއި އަހުމަދު އަބްދުﷲ އަފީފް އާއި ހަސަން ލަތީފް 29-05-2012 22:36 އެމްޑީޕީގެ އަޑުގަދަކުރާ ލޮރީ ގެންގޮސްގެން އަނެއްކާވެސް ވާހަކަދައްކަން ފަށައިފި. 29-05-2012 22:35 ޗާނދަނީމަގުން ފުލުހުން ދިއުމުން އެ ތަނަށް އަނެއްކާވެސް މީހުން އެއްވެފައި. 29-05-2012 22:35 [މުއިއްޒު އިބްރާހިމް، ސިވިލް ކޯޓުން] އުސްފަސްގަނޑު ރޫޅާލާ މައްސަލަ އެމްޑީޕީން ސިވިލް ކޯޓަށް ހުށަހެޅުމުން ދެ އަޑުއެހުމެއް ބާއްވައިފި. ފަހު އަޑުއެހުން ނިންމާލީ ދެންމެ. އެމްޑީޕީން ހުށަހެޅި މައްސަލާގައި ވަކި ގޮތަކަށް ޝަރީއަތުން ހުކުމްކުރަންދެން އުސްފަސްގަނޑު ރޫޅާނުލުމުގެ އަމުރަކަށް އެ ޕާޓީން ވަނީ އެދިފައި. މި މައްސަލާގައި އިރުކޮޅަކުން ގޮތެއް ނިންމާނެ. މައްސަލަ ބައްލަވަނީ ގާޒީ ހާތިފް ހިލްމީ. 29-05-2012 22:32 މަޖީދީމަގުން ހެންވޭރާވީ ކޮޅަށް ފުލުހުންގެ ޖިޕަކާއި ލޮރީއެއް ޗާނދަނީމަގު ޖަންކްޝަން ހުރަސްކޮށްފައި ދަނިކޮށް އެ ދެ ވެހިކަލަށް އެއްޗެހި އުކައިފި. ނަމަވެސް ވެހިކަލްތައް މަޑުނުކޮށް ދިޔައީ. 29-05-2012 22:22 އަވަސް އިންތިޚާބެއް ބޭއްވުމަށް ޗާނދަނީމަގުގައި ގޮވާލަމުން އެބަދޭ 29-05-2012 22:21 އުސްފަސްގަނޑުގައި ސިފައިން ގެންދަނީ ތަންތަން ރޫޅާލަމުން. ހަލާކެއް ނުކުރޭ. ހަވީރުގެ ނޫސްވެރިޔާ ސިފަކޮށްދިން ގޮތުގައި: "ބޯލްޓެއް ހުއްޓަސް ނައްޓާލައިގެން، ފޮތިގަނޑެއް ވިޔަސް ފަށްޖަހާލައިގެން ގެންދަން އުޅެނީ. ރާޅުގަނޑު ކޭމްޕް ރޫޅާލި ފަހަރާ ޚިލާފަށް މި ތަން ހަލާކުކޮށެއް ނުލާ." 29-05-2012 22:19 ޗާނދަނީމަގު ޖަންކްޝަނުން މީހަކު ހައްޔަރުކޮށްގެން ފުލުހުންގެ ވެހިކަލަށް އަރުވަނީ. 29-05-2012 22:17 ޖަންކްޝަނުން ދެ މީހަކު ހައްޔަރުކޮށްގެން ފުލުހުން ހިނގައްޖެ. އަނެއްކާވެސް އެ ތަނުގެ މެދަށް މީހުން އެއްވެއްޖެ. 29-05-2012 22:13 މުޒާހަރާކުރާ މީހުންގެ ތެރޭގައި ފުލުހުންގެ ވެހިކަލެއް 29-05-2012 22:11 އުސްފަސްގަނޑު ރޫޅާލުމުގައި ސީދާ ހަރަކާތްތެރިވަނީ ސިފައިން. ފުލުހުން ތިބީ މަގު ބަލަހައްޓަން 29-05-2012 22:10 ޖަންކްޝަންގައި ފުލުހުންގެ ވެހިކަލާ ދިމާލަށް ގާއުކަން ފެށުމުން އަނެއްކާވެސް ރޫޅާލައި ބައެއް މީހުން ހައްޔަރުކުރަމުން އެބަދޭ. ޕެޕަ ސްޕްރޭ ވެސް ޖެހި. 29-05-2012 22:08 ސިފައިންނާއި ފުލުހުން އުސްފަސްގަނޑު ރޫޅާލަން ފަށައިފި. އެމްޑީޕީގެ ދިދަފަތިތައް ދަނީ ނަގަމުން. 29-05-2012 22:05 ހުއްޓުވާފައި އޮތް ކާރު، ނިކަގަސްމަގުން، ވަން ވޭއާ އިދިކޮޅަށް ވަނީ ފޮނުވާލާފައި. ފުލުހުންގެ ޖިޕު ދިޔަކަ ނުދޭ. 29-05-2012 22:04 ރަޔަޓް ފުލުހުން ދެ ޖިޕުގައި ގޮސް ޖަންކްޝަންގައި ތިބި މީހުން ފަހާލައިފި 29-05-2012 22:03 ހަތަރު ވަރަކަށް ވެހިކަލްގައި ސިފައިން އުސްފަސްގަނޑަށް އަރައިފި. އެ ތަނަށް ފޯކް ލިފްޓެއް ވެސް ގެންގޮސްފި. 29-05-2012 22:01 މަޖީދީމަގުން ޗާނދަނީމަގާ ހަމައަށް ދިޔަ ޕްރައިވެޓް ކާރެއް، މީހުން ހުރަސްކޮށް ދާން އުޅުމުން ޑައިންމޯ ސެންޓްރަލް ކުރިމަތީގައި މައްސަލަ ހޫނުވެއްޖެ. މުޒާހަރާކުރާ މީހުން ތިބީ އެ ކާރު ދިޔަ ނުދީ ހިފަހައްޓައިގެން. އެކަން ހައްލުކުރަން ފުލުހުންގެ ވެހިކަލެއްގައި އައި ތިން ފުލުހަކާ ދެމެދު ޒުވާބުތަކެއް ހިނގައި އެންމެ ފަހުން އެ ފުލުހުން އެނބުރި ގޮސް ވެހިކަލަށް އަރައިފި. 29-05-2012 21:58 [އަލީ ޔޫސުފް، އުސްފަސްގަނޑުން] އުސްފަސްގަނޑުގައި ފުލުހުން އެބަތިބި. އެ ތަން ރޫޅާލަން ދީފައިވާ މުހުލަތު 10:00 ގައި ހަމަވާނެ. 29-05-2012 21:47 އެމްޑީޕީން ބުނަމުންދަނީ ޗާނދަނީމަގު ޖަންކްޝަނަށް އެއްވީ ފުލުހުން އުސްފަސްގަނޑު ނަގާތީ ކަމަށް. އަދި ސަރުކާރާ ދެކޮޅަށް އަޑުއުފުލުމަށް ގޮވަމުންދޭ. 29-05-2012 21:43 މުޒާހަރާގެ ލޮރީ ޖަންކްޝަންގައި. 29-05-2012 21:27 މުޒާހަރާކުރާ ތަނަށް ލޮރީއެއް ގެންގޮސްގެން ލައުޑްސްޕީކަރުން ވާހަކަދައްކަން ފަށައިފި 29-05-2012 21:18 މުޒާހަރާކުރާ މީހުން މިރޭ ޗާނދަނީމަގު ޖަންކްޝަނަށް އެއްވެ ބަސް ހިފަހައްޓައިގެން. 29-05-2012 21:12 މުޒާހަރާކުރާ މީހުން ގެންދަނީ އަނިޔާކުރުން ހުއްޓާލުމަށާއި ރައީސް ވަހީދާއި ސަރުކާރުގެ އިސް ވެރިން ހައްޔަރުކުރުމަށް ދޭތެރެދޭތެރެ އިން ގޮވާލަމުން. 29-05-2012 20:55 ޗާނދަނީމަގު ޖަންކްޝަންގައި މީހުން އެއްވެ އެބަތިބި. މަޖީދީމަގުން ބަސް ދަތުުރުކުރަނިކޮށް އޭގެ ކުރިމައްޗަށް މީހުން އެއްވެ ތިބުމުން ބަހަށް ކުރިއަށް ނުދެވިފައި އެބައޮތް. 29-05-2012 20:36 ބެލެވޭގޮތުގައި އެމްޑީޕީ ސަޕޯޓަރުންގެ މިސްރާބު ހުރީ މަޖީދީމަގާއި ޗާނދަނީމަގު ހަތަރު އަނގޮޅި އަށް. އެއީ އެމްޑީޕީގެ ވެރިކަމުގައި އޭރުގެ އިދިކޮޅު ފަރާތްތައް އަދި މިހާރު ވެރިކަމުގައި ތިބި ފަރާތްތަކުން ގިނަ ދުވަސްތަކަކު މުޒާހަރާކޮށްފައިވާ ތަނެއް. 29-05-2012 20:34 މުޒާހަރާގެ ބައިވެރިން ބޮޑުތަކުރުފާނު މަގުން ހުޅަނގަށް ދާން ފަށައިފި. ސައިކަލު ދުއްވާ މީހުންނާއި ހިނގާ މީހުން އޭގެ ތެރޭގައި ހިމެނޭ. 29-05-2012 19:25 ޕެޓްރޯލް ޝެޑް ކައިރިން އިތުރު ދެ މީހަކު ބިޑި އަޅުވައިގެން ގެންގޮސްފި 29-05-2012 18:30 މުޒާހަރާގެ ހަމަނުޖެހުމުގެ ތެރެއިން މީހަކު ހައްޔަރުކުރުން 29-05-2012 18:19 ދެ ބެރިކޭޑް މޫދަށް އެއްލާލައިފި 29-05-2012 18:18 ހަމަނުޖެހުމުގެ ތެރޭގައި، ދި އިސްލާމްގެ ފޮޓޯގްރާފަރެއްގެ އަތުގައި ގާބުރިއަކުން ޖަހައި، އަތް ވަނީ ޒަޚަމްކޮށްލާފައި. ރާއްޖެ ޓީވީގެ ރިޕޯޓަރެއްގެ ލޮލަށް އަމާޒުކޮށް ފުލުހުން ޕެޕަ ސްޕްރޭ ޖެހި ކަމަށް އެ ސްޓޭޝަނުން ބުނޭ. 29-05-2012 18:16 އިތުރު ތިން މީހަކު ހައްޔަރުކޮށްފި 29-05-2012 18:07 އަނެއްކާވެސް މީހުން ދުރަށް ޖައްސަމުން އެބަދޭ 29-05-2012 18:06 [ނަސްރުﷲ ސޯލިހް، ޓްރެކް ސަރަހައްދުން] މުޒާހަރާގެ ހަމަނުޖެހުން 29-05-2012 18:02 މީގެ އިރުގަނޑެއް ކުރިން ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޝިހާބު ރިޔާސަތު ބަލަހައްޓަވަނީ. 29-05-2012 17:53 ހަކަތަ ޕެޓްރޯލް ޝެޑާ ހަމައަށް މީހުން ފަހަތަށް ޖައްސައިފި. ޝެޑް ތެރެއަށް ބައެއް މީހުން ވަނުމުން އެ ތަނުން ޝަކުވާކުރުމާ ގުޅިގެން ފުލުހުން ގެންދަނީ އެ މީހުން ނެރެމުން. 29-05-2012 17:38 މެމްބަރު އިންތި ހައްޔަރުކޮށްގެން ގެންގޮސް ވެހިކަލަށް އަރުވައިފި. އަންހެން ފުލުހަކަށް އަނިޔާވެގެން ނަގައިގެން ގެންގޮސްފި. 29-05-2012 17:36 އުސް ފަސްގަނޑުގައި ފުލުހުން ހަރަކާތްތެރިވުން އަދި ހަމަނުޖެހުން 29-05-2012 17:29 ވިލާ ގޭހާ ހަމައަށް ފަހަތަށް ޖެހެން ފުލުހުން އަންގައިފި 29-05-2012 17:25 މުޒާހަރާކުރާ މީހުންގެ ތެރޭގައި ހުރި އާއްމު މީހެއްގެ ގަޔަށް، އެއްވެ ތިބި މީހުން އަރައިގެންފި. އޭނާ އަށް ހަމަލާދިނީ، އޭނާ އަކީ ފުލުހުންނަށް މީހުން ދައްކާ މީހެއް ކަމަށް ބުނެ. އޭނާ މިހާރު ވަނީ އެ ތަނުން ގޮސްފައި. 29-05-2012 17:15 މުޒާހަރާގެ ތެރޭގައި ހުރި މީހަކު ހަވީރުގެ ނޫސްވެރިއެއްގެ ގައިގައި ޖަހައިފި 29-05-2012 17:08 މުޒާހަރާގައި ބައިވެރިވާ އަންހެނަކު ބެރިކޭޑެއް ނަގައި މޫދަށް އެއްލާލައިފި 29-05-2012 17:06 ހަމަނުޖެހުމުގެ ތެރޭގައި އާއްމު މީހެއްގެ ބޯފަޅައިގެން ހިނގައްޖެ 29-05-2012 17:04 ގާތްގަނޑަކަށް ތިން މީހުން ހައްޔަރުކޮށްފި. ނޫސްވެރިން ވެސް ބެރިކޭޑުން ބޭރަށް ނުކުންނަށް ފުލުހުން ލައުންޑްސްޕީކަރުން އަންގައިފި. 29-05-2012 17:01 ބައެއް މީހުން ހައްޔަރުކުރަމުން އެބަގެންދޭ. 29-05-2012 16:58 ފުލުހުން އަނެއްކާވެސް މީހުން ދުރަށް ޖައްސައި ބެރިކޭޑްތައް އަލުން އަތުރަން ފަށައިފި 29-05-2012 16:54 ތެޔޮ ޝެޑާ ހިސާބުގައި، މުޒާހަރާކުރާ މީހުން ބެރިކޭޑްތައް ފަޅާލައި އެ އެއްޗެހި ދުރަށް ލަނީ. ފުލުހުން ތިބީ ދުރުގައި. 29-05-2012 16:51 ބައެއް ބޭފުޅުން ވާހަކަދެއްކުމަށް ފަހު ގައުމީ މަޖިލީހުގެ ބައްދަލުވުން ނިންމާލައިފި. 29-05-2012 16:42 އެމްޑީޕީގެ ފަރާތުން މައްސަލަތައް ހުށަހަޅާ އިރު ސޮއިކުރާނެ ދެ ބޭފުޅަކު ގައުމީ މަޖިލީހުގެ 43 މެމްބަރުންގެ ވޯޓުން ފާސްކޮށްފި. އެއީ މާރިއާ އާއި ޝިހާބު. އެމްޑީޕީގެ ވަގުތީ ޗެއާޕާސަން ރީކޯ މޫސާ މަނިކު ރާއްޖެ އަކު ނޫޅުއްވާ. ބައްދަލުވުމުގެ ރިޔާސަތު ބަލަހައްޓަވަނީ ޝިހާބު. ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާރިއާ ވިދާޅުވީ މިރޭ 10 ގެ ކުރިން އުސްފަސްގަނޑު ހުސްކުރަން ފުލުހުން އަންގާފައިވީ ނަމަވެސް އެ ސަރަހައްދަށް ވަނުމުގެ ފުރުސަތެއް ނުދޭ ކަމަށް. 29-05-2012 16:35 އެމްޑީޕީގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ ގިނަ އަދަދެއްގެ ބޭފުޅުން މުޒާހަރާގެ ތެރޭގައި އެބަތިއްބެވި. އޭގެ ތެރޭގައި ކުރީގެ މިނިސްޓަރުން ކަމަށްވާ މުސްތަފާ ލުތުފީ އާއި ޝިފާ މުހައްމަދާއި މުހައްމަދު އަސްލަމާއި މުހައްމަދު ޝިހާބާއި މަޖިލިސް މެމްބަރުން ކަމަށްވާ މާރިއާ އަހުމަދު ދީދީ އާއި އީވާ އަބްދުﷲ އާއި އިމްތިޔާޒް ފަހުމީ (އިންތި) ކުރީގެ މެމްބަރު މުހައްމަދު މުސްތަފާ (ތިމަރަފުށި މުސްތަފާ) ހިމެނިވަޑައިގަންނަވާ. 29-05-2012 16:32 މިހާރު ބެރިކޭޑް ބޭރުގައި ބައްދަލުވުން ބާއްވަން އެމްޑީޕީން ތައްޔާރުވަމުން ދަނީ. 29-05-2012 16:31 ޓްރެކް ސަރަހައްދުގައި އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށާއި އެހެންކަމުން ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ވެއްދުމަށް އެދި އެމްޑީޕީގެ އިސް މެމްބަރުންތަކެއް މަސައްކަތްކުރަމުން އެބަދޭ. އެނގިފައިވާ ގޮތުގައި އެއީ 4:00 ގައި ބާއްވަން ހަމަޖެއްސި ބައްދަލުވުމެއް. 29-05-2012 16:11 އިތުުރު މީހަކު ހައްޔަރުކޮށްފި 29-05-2012 16:07 އަނެއްކާވެސް ދެ މީހަކު ހައްޔަރުކޮށްފި 29-05-2012 16:06 އިތުރު ދެ މީހަކު ހައްޔަރުކޮށްފި 29-05-2012 16:05 ބެރިކޭޑް ތެރެއަށް ވަންނަ މީހުން ހައްޔަރުކުރާނެ ކަމުގެ އިންޒާރު ފުލުހުން ދީފި. އަދި ފުލުހުން އަންގާ ހިސާބަކަށް ފަހަތަށް ޖެހެން އަންގައި ބެރިކޭޑް ކުރިއަށް ޖައްސަމުން އެބަދޭ. ހަމަނުޖެހުމެއް ހިނގައި ދެ މީހަކު ހައްޔަރުކޮށްފި. 29-05-2012 16:01 ފުލުހުންގެ ބެރިކޭޑް ތެރެއަށް ނުވަންނަން އިލްތިމާސްކޮށްފި. ރަޔަޓް ފުލުހުން ހަރަކާތްތެރިވަމުން އެބަދޭ. 29-05-2012 15:58 ލޫއްޕެ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ވެހިކަލަށް އަރުވައިފި. ބިޑިއެއް ނާޅުވާ. 29-05-2012 15:56 މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ޕޮލިސް ބެރިކޭޑް ތެރެއަށް ވަންނަން އުޅުމުން ފުލުހުން ހުއްޓުވުމުން ކައުންސިލަރު ލުފްޝާން ޝަކީބު (ލޫއްޕެ) އެތެރޭގައި އޮށޯތުމާ ގުޅިގެން ފުލުހުން އޭނާގެ ދެ އަތް ފުރަގަށް ލައިގެން ގެންގޮސްފި. 29-05-2012 15:48 އުސްފަސްގަނޑު މިރޭ ރޫޅާލާނެ ކަމަށް ފުލުހުން ބުނެފި. ފުލުހުން ނެރުނު ބަޔާނެއްގައި ވަނީ އެ ތަނުގައި ހުރި އެއްޗެހި އެ އެއްޗެހީގެ ވެރިފަރާތްތަކުން ގެންދިއުމަށް މިރޭ 10:00 އާ ހަމައަށް މުހުލަތު ދޭ ކަމަށް. 29-05-2012 14:23 ފުލުހުން އުސްފަސްގަނޑު ކޮންނަމުން އެބަދޭ. ކޮންނަމުން ދަނީ ސްޓޭޖް ބިތްދޮށް. އެ ތަން ކޮންނަން ފެށީ އެ ތަނުގައި ހުރި ލަކުޑިތަކަކާއި ދަގަނޑު ހޮޅިބުރިތަކެއް ދުރަށް ޖެއްސުމަށް ފަހު. 29-05-2012 13:34 29-05-2012 13:00 ސްޓެލްކޯ ފުރަގަހުގައި ހުރި ބެރިކޭޑް ކައިރީގައި ފޯރިއަށް ހުރި ފުލުހަކު އެމްޑީޕީ މީހުންގެ ތެރެއަށް ދަމައިގަތުމުން އުފެދުނު ހަމަނުޖެހުމާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި. އޭގެތެރެއިން އެކަކު ހައްޔަރުކުރީ ފުލުހެއްގެ ގައިގައި ޖަހައިގެން. 29-05-2012 12:53 29-05-2012 12:51 ދަރުބާރުގޭ ފުރަގަހުގަ އާއި ސްޓެލްކޯގެ ފުރަގަހުން ބޮޑުތަކުރުފާނު މަގުގަިއ ފުލުހުން ޓެންޓް ޖަހައިފި. ހެކީގެ ގޮތުގައި ގެންދަން ޖެހޭ ތަކެތި ގެންދިއުން ފުލުހުން މިވަގުތަށް ވަނީ މަޑުޖައްސާލައިފައި. އެހެން ނަމަވެސް ފުލުހުން އަދިވެސް އެ ސަރަހައްދުގައި އެބަތިބި. 29-05-2012 12:22 އުސްފަސްގަނޑުގައި ތިއްބެވި މާލޭ ސިޓީ ކައުންސިލްގެ ބައެއް މެމްބަރުން ވެސް ބެރިކޭޑުން ނުކުމެވަޑައިގެން، މުޒާހަރާކުރާ މީހުންނާ ގުޅިވަޑައިގެންފި. 29-05-2012 12:17 [މުއިއްޒު އިބްރާހިމް، ސްޓެލްކޯ ފުރަގަހުން] ބެރިކޭޑް ތެރެއަށް ހާމިދު ވަދެވަޑަގަންނަވަން އުޅުއްވުމުން ފުލުހުން އޭނާ ހިފަހައްޓައިގެން އެބަތިބި. ހާމިދު ގެންދަވަނީ ހިފަހައްޓާ ފުލުހުންގެ ނަމާއި ރޭންކް ބުނެދޭން އެދިވަޑައިގަންނަވަމުން. 29-05-2012 12:17 [ހުސެން އިޔާދު، ސްޓެލްކޯ ފުރަގަހުން] ސްޓެލްކޯ ފުރަގަހަށް އެއްވެ ތިބި މީހުންގެ ތެރޭގައި މާރިއާގެ އިތުރުން މެމްބަރު ހާމިދު އަބްދުލްޣަފޫރާއި ކުރީގެ މިނިސްޓަރު މަރިޔަމް ޒުލްފާ ހިމެނިވަޑައިގަންނަވާ. އެ ބޭފުޅުން ގެންދަވަނީ އެއްވެ ތިބި މީހުންނާ ވާހަކަ ދައްކަވަމުން. މުޒާހަރާކުރާ މީހުން ދަނީ ފުލުހުންނާ ދިމާލަށް "ޔެސް ސަރ" ގޮވަމުން. 29-05-2012 11:53 ހެކީގެ ގޮތުގައި ފުލުހުން ގެންދަން ބޭނުންވާ އެއްޗެހި އުސްފަސްގަނޑުން ނަގަމުން އެބަދޭ. އޭގެ ތެރޭގައި ގިނައީ ދަގަނޑު ހޮޅި. އޭގެ އިތުރުން ތިން ކަތުރާއި ދުންދަނޑި ޖަހާފައި ހުރި ދަޅަކާއި މަސްތުވާތަކެތި ބޭނުންކުރުމަށް ބޭނުންކޮށްފައިވާ ކަމަށް ބެލެވޭ ފޮއިލްތަކަކާއި ފިލްޓަރު ހިމެނޭ. 29-05-2012 11:08 ފުލުހުން އަދިވެސް ދަނީ ފާސްކުރަމުން 29-05-2012 10:52 [އިބްރާހިމް ފާއިދު، އުސްފަސްގަނޑުން] ފުލުހުން އުސްފަސްގަނޑު ސަރަހައްދު ފާސްކުރަނީ 29-05-2012 10:50 ދެވަނަ ކޮންޓެއިނަރު ފާސްކޮށް ނިންމައިފި. ހެކީގެ ގޮތުގައި އެ ތަނުން އެއްވެސް އެއްޗެއް ނުނެރޭ. 29-05-2012 10:32 ތަޅުލާފައި ހުރި ދެވަނަ ކޮންޓެއިނަރުގެ ތަޅު ހަލާކުކޮށްލައިގެން ފުލުހުން އޭގެ ތެރެއަށް ވަދެއްޖެ. 29-05-2012 10:31 ފުލުހުން ބުނީ މިއީ ސިފައިންނާއި ފުލުހުން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނެއް ކަމަށާއި މިފަދަ ކޮންމެ އޮޕަރޭޝަނެއްގައި ފުލުހުން ތަނެއް ފާސްކުރުމުގެ ކުރިން އެ ތަނަކީ ރައްކާތެރި ތަނެއްތޯ ސިފައިން ބަލާނެ ކަމަށް. އަދި ކޮންޓޭނަރު މަތީގައި އުޅުނު ސިފައިން ކުރި ކަމަކީ އެއީ ކަމަށް ފުލުސް އޮފީހުން ބުނި. 29-05-2012 10:19 މެމްބަރު މާރިއާ އާއި އީވާ ފުލުހުންގެ ބެރިކޭޑް ތެރޭގައި ތިއްބަވަނިކޮށް އަންހެން ފުލުހުން އެ ދެ ބޭފުޅުންގެ އަތުގައި ހިފައި ބެރިކޭޑް ބޭރަށް ނެރެފި. 29-05-2012 10:18 ފުލުހުން އުސްފަސްގަނޑު ފާސްކުރަން ފެށުމުގެ ކުރިން، ހަތަރު މީހަކު ކޮންޓެއިނަރު މައްޗަށް އަރައިގެން އުޅުނު މަންޒަރު ނޫސްވެރިންނަށް ފެނުނު. އުސްފަސްގަނޑުގައި ތިބި ފުލުހުން ނޫސްވެރިން ގާތު ބުނެފައި ވަނީ އެއީ ސިފައިންގެ މީހުން ކަމަށް. އޭރު ވެސް ކޮންޓެއިނަރުގެ ދޮރު ހުރީ ހުޅުވާފައި. 29-05-2012 10:17 [ހުސައިން ފިޔާޒު މޫސާ، އުސްފަސްގަނޑު ސަރަހައްދުން] ފުލުހުން މިއަދު ހެނދުނު އުސްފަސްގަނޑުގައި ހަރަކާތްތެރިވާ އިރު މީހުން އެއްވެފައި. 29-05-2012 10:13 އުސްފަސްގަނޑުގައި ހުރި ދެ ކޮންޓެއިނަރުގެ ތެރެއަށް ކޮންޓެއިނަރެއްގެ ފުލުހުން ވަދެ ޗެކްކުރަމުން އެބަދޭ. ކޮންޑަމް ފޮއްޓެއް އެ ތަނުން ހޯދައިފި. ފުލުހުންގެ މީހަކު ބުނީ އޭގައި ކޮންޑަމް ހުރި ކަމަށް. 29-05-2012 10:11 ފުލުހުންނަށް ހެކީގެ ގޮތުގައި ފާހަގަކުރެވޭ ތަކެތީގެ ކައިރީގައި ރަތް ދިދަ ޖަހައި ނަމްބަރު ބޯޑު ބަހައްޓަމުން. މިހާރު 12 ވަނަ ބޯޑު ވަނީ ބަހައްޓާފައި. މިހާރު ވާރޭވެހެމުން އެބަދޭ. 29-05-2012 10:10 Court order. Page 1 twitter.com/ilyas_labeeb/s… — ilyas labeeb (@ilyas_labeeb) May 29, 2012 ކޯޓު އަމުރު: މެމްބަރު އިލްޔާސް ލަބީބުގެ ޓްވިޓާ އިން 29-05-2012 10:07 ކްރިމިނަލް ކޯޓުގެ ގާޒީ އަހުމަދު ސަމީރު ނެރުއްވާފައިވާ އަމުރުގައި ވަނީ އުސްފަސްގަނޑު ސަރަހައްދާއި އެ ސަރަހައްދުގައިވާ ތަކެތި ބަލާފާސްކުރުމަށް. "ބަލާފާސްކުރުމަށް ބޭނުންވާ ސަބަބު" ކަމަށް ބަޔާންކޮށްފައިވަނީ: "އުސްފަސްގަނޑު ބޭނުންކުރާ ފަރާތްތަކުން އާއްމު ދިރިއުޅުމަށް ބޭނުންކުރެވޭ ގޮތަށް ކޮންޓޭނަރު ފަދަ ތަކެތި ބަހައްޓައި އެ ތަނުގައި ޖިނާއީ އަމަލު ހިންގާ ކަމަށް ތުހުމަތުކުރެވޭތީ އާއި އެ ސަރަހައްދުގައި ހިނގާބިގާވެ އުޅޭ މީހުންނާއި ދުއްވާ އެއްޗެއްސަށް ގެއްލުންދީ، ސިހުރު ހަދާ ކަމަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން." 29-05-2012 10:01 [މުހައްމަދު އަފްރާހު، އުސްފަސްގަނޑު ސަރަހައްދުން] ސްޓެލްކޯއާ ދިމާލު ބޮޑުތަކުރުފާނު މަގަށް އެއްވެ ތިބި މީހުންގެ ތެރެއިން އިތުރު ދެ މީހަކު ހައްޔަރުކޮށްފި. މުޒާހަރާކުރާ މީހުންގެ ހަރަކާތްތައް ހޫނު. މެމްބަރު ޝިފާޒް އާއި އިލްޔާސް ލަބީބު ވެސް އެބަތިއްބެވި. 29-05-2012 09:56 [ނަސްރުﷲ ސޯލިހް، އުސްފަސްގަނޑުން] އެމްޑީޕީގެ މެމްބަރު އަދި ވަކީލު މާރިއާ އަހުމަދު ދީދީ މީގެ އިރުގަނޑެއް ކުރިން އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގަންނަވަނީ. 29-05-2012 09:54 އުސްފަސްގަނޑު ރޫޅާލަން ޖެހޭ ހާލަތަށް ގޮސްފިނަމަ ރޫޅާވެސް ލާނެ ކަމަށް ފުލުހުން ބުނެފި. އެ ތަނުގައި އިސްކޮށް ހަރަކާތްތެރިވެވަވަޑައިގަންނަވާ، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމެންޓްގެ ހެޑް އިސްޕެކްޓަރު މުހައްމަދު ދާއޫދު ވިދާޅުވީ އަދި އޮތީ ފާސްކުރުން ކަމަށް. 29-05-2012 09:50 ކަނޑުގެ ސަރަހައްދު ބެލުމުގައި ފުލުހުންގެ ޑައިވަރުން ވެސް ދަނީ ހަރަކާތްތެރިވަމުން. 29-05-2012 09:50 [މުއިއްޒު އިބްރާހިމް، އުސްފަސްގަނޑު ސަރަހައްދުން] ސްޓެލްކޯ ފުރަގަހަށް އެއްވެ ތިބި މީހުންގެ ތެރެއިން 3-4 މީހަކު ހައްޔަރުކޮށްފި. 29-05-2012 09:31 ފުލުހުން އުސްފަސްގަނޑު ފާސްކުރަން ފަށައިފި. 29-05-2012 09:30 ފުލުހުން ވަނީ ބަލާ ފާސްކުރާ އިރު އެމްޑީޕީގެ ފަރާތުން އެކަން މޮނިޓަކުރާނެ މީހަކު ހަމަޖައްސަން ބުނެފައި. ފުލުހުން ދެންމެ މާރިޔާއާ ވާހަކަ ދައްކާފައި ބުނީ މިހާރު އެކަށީގެންވާ ވަގުތު ދެވިއްޖެ ކަމަށާއި މީހަކު ހަމަނުޖައްސައިފި ނަމަ ޕޮލިސް އިންޓެގްރިޓީ ކޮމިޝަނާއި ކަމާބެހޭ އެހެން މުއައްސަސާތަކުގެ ހާޒިރުގައި ފާސްކުރަން ފަށާނެ ކަމަށް. 29-05-2012 09:29 ސްޓެލްކޯ ކައިރިން ބަންދުކޮށްފައިވާ ހިސާބަށް މީހުން ވަނީ އެއްވެފައި. އެ ތަނުން ކޮންމެވެސް ވަރަކަށް އެއްޗެހި އުކި ކަމަށްވޭ. މާލޭ މޭޔަރު މައިޒާން އަލި މަނިކު ވެސް އުސްފަސްގަނޑު ސަރަހައްދަށް ވަޑައިގެންފި. 29-05-2012 09:28 ކޯޓު އަމުރުގައި ވަނީ އުސްފަސްގަނޑާއި އެ ސަރަހައްދުގައި ހުރި ތަކެތި ބަލާ ފާސްކުރުމަށް. 29-05-2012 09:14 އެމްޑީޕީގެ މެމްބަރުން ކަމަށްވާ މާރިޔާ އާއި ބައެއް މެމްބަރުން އުސްފަސްގަނޑު ސަރަހައްދުގައި އެބަތިއްބެވި. ފުލުހުން ވަނީ މާރިޔާ އަށް ކޯޓު އަމުރުގެ ކޮޕީއެއް ދީފައި. އޭގައި އޮތް އެއްޗެއް އޭނާ ނޫސްވެރިންނާ ހިއްސާކުރެއްވި. 29-05-2012 09:07 ކްރިމިނަލް ކޯޓުގެ އަމުރުގެ ކޮޕީއެއް ފުލުހުން މާރިޔާ އަށް ދީފި 29-05-2012 09:03 އެމްޑީޕީގެ މާރިޔާ އަހުމަދު ދީދީ އާއި އިލްޔާސް ލަބީބު އުސް ފަސްގަނޑު ސަރަހައްދަށް ވަޑައިގެންފި. މާރިޔާ ވިދާޅުވީ އެ ބޭފުޅުން ބޭނުންވަނީ ކޯޓު އަމުރުގައި އޮތް އެއްޗެއް ބަލަން ކަމަށް. އަދި އެމްޑީޕީ އަށް މާލޭ ސިޓީ ކައުންސިލުން ދޫކޮށްފައިވާ ތަނަކަށް ވާތީ އެތަނުގައި އެމްޑީޕީގެ އޮފިޝަލުން ނެތި ފުލުހުންނަށް ހަރަކާތްތެރިނުވެވޭނެ ކަމަށް ވެސް އެބޭފުޅުން ދެކެވަޑައިގަންނަވާ. 29-05-2012 08:04 [ހުސައިން ފިޔާޒު މޫސާ، އުސްފަސްގަނޑުން] ފުލުހުން މިހާރު ދަނީ އުސްފަސްގަނޑުގައި ހަރަކާތްތެރިވަމުން. އެ ސަރަހައްދު ވަނީ ސްޓެލްކޯއާ ހިސާބުން ބަންދުކޮށްފައި. 29-05-2012 07:55 ފުލުހުންގެ މީޑީއާ އޮފިޝަލް ވިދާޅުވީ "ކޯޓު އަމުރެއްގެ ދަށުން އުސްފަސްގަނޑުގައި މަސައްކަތް މި ފަށަނީ" ކަމަށް. އިތުރު އެއްވެސް ތަފްސީލެއް ނުދޭ. އެ ތަން ރޫޅާލަން އުޅެނީތޯ އެހުމުން ވިދާޅުވީ މި ވަގުތަށް ވިދާޅުވެވޭނީ ހަމަައެކަނި މި ވަރަށް ކަމަށް. 29-05-2012 07:53 ކްރިމިނަލް ކޯޓު އަމުރެއްގެ ދަށުން މިއަދު ހެނދުނު 8:00 ގައި ފުލުހުން އުސްފަސްގަނޑަށް ދާނެ ކަމަށް ފުލުސް އޮފީހުން ބުނެފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ