އައްޑޫ ސިޓީގެ މަރުކަޒީ އިންޖީނުގޭގެ ޓްރާންސްފޯމަރެއް ބަދަލު ކުރުމަށް ހޮނިހިރު ދުވަހު އައްޑޫގެ ގުޅިފައިވާ ރަށްރަށުން އަށް ގަޑި އިރަށް ކަރަންޓް ކަނޑާލަން ސަދަން ޔުޓިލިޓީޒް ލިމިޓެޑުން ނިންމައިފިއެވެ.
އެސްޔޫއެލްއިން މިއަދު އައްޑޫ ސިޓީގެ ގުޅިފައިވާ ރަށްރަށުގެ ގޭބިސީތަކަށް ދިން ނޯޓިސްގައި ބުނެފައި ވަނީ މަރުކަޒީ އިންޖީނު ގޭގެ ސަބްސްޓޭޝަންގެ ޓްރާންސްފޯމަރު ބަދަލު ކުރުމަށް ހޮނިހިރު އެސަރަހައްދުން ކަރަންޓް ކަނޑާލެވޭނެކަމަށެވެ.
އަދި ދުވަހު ހެނދުނު 8:30 އިން ފެށިގެން އަށް ގަޑިއެއްހާ އިރަށް ކަރަންޓް ކަނޑާލޭވޭނެ ކަމަށާއި ރޭވިފައިވާ ގޮތަށް މަސައްކަތް ކުރިއަށް ގެންދެވިއްޖެ ނަމަ 8 ގަޑި އިރު ތެރޭގައި މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް އެކުންފުނިން ބުނެއެވެ.
ސްޓެލްކޯއިން އައްޑޫ ސިޓީއަށް ދެމުން ގެންދިޔަ ކަރަންޓްގެ ހިދުމަތް ދިނުމަށް ސަދަން ޔުޓިލިޓީސްއާއި ހަވާލުކޮށްފައިވަނީ 2009 ވަނަ އަހަރުގެ ޖުލައި މަހުގެ 16 ވަނަ ދުވަހުއެވެ.
އައްޑޫ ސިޓީން އަށް ގަޑި އިރަށް ކަރަންޓް ކަނޑާލަން ނިންމައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ