ޙަޔާތުގައި ލިބޭނެ އެންމެ ބޮޑު ކާމިޔާބަކީ ޝަހީދެއްގެ ގޮތުގައި މަރުވުން: ޝަހީދު ޝައިޚް ޢަބްދުލް ޤާދިރު

9 ސަފަރު 1435 (12 ޑިސެމްބަރު 2013) އަކީ އިސްލާމީ އުންމަތުގެ ޙަޔާތުގައި އެއުންމަތް ބަރުދާސްތު ކުރި ހިތާމަވެރި ދުވަހެކެވެ. ބަންގްލަދޭޝްގެ އެންމެ ބޮޑު އިސްލާމީ ސިޔާސީ ޙަރަކާތް ކަމުގައިވާ ޖަމާޢަތުލް އިސްލާމީ ކުރީގެ ލީޑަރު ޝައިޚް ޢަބްދުލް ޤާދިރަށް “ނުޙައްޤުން” ޝަރީޢަތް ކުރެވި މަރުގެ ޢަދަބު ތަންފީޒު ކުރެވުނު ދުވަހެވެ. ﷲ  سبحانه و تعالى ޝަހީދު ޢަބްދުލް ޤާދިރަށް ހެޔޮ ރަހުމަތް ލައްވައި، ފާފަ ފުއްސަވާށިއެވެ.1971 ގައި އިރުމަތީ ޕާކިސްތާނު ނުވަތަ ބަންގާޅު ބަހުގެ އަހުލުވެރިން ޕާކިސްތާނުގެ ދިދައިގެ ދަށުން ވަކިވެ ފަހުން ބަންގްލަދޭޝްގެ ނަމުގައި ޤައުމެށް އުފެއްދުމަށް ހިންގުނު ޙަރަކާތްތަކުގައި “އިންސާނިއްޔަތައި ޚިލާފު ޖަރީމާ ހިންގާފައިވާ ކަމަށް” ބުނެ ބަނގުލަދޭޝްގެ އެންމެ މަތީ ކޯޓުން ވަނީ ޢަބްދުލް ޤާދިރަށް މަރުގެ ޙުކުމު އިއްވާފައެވެ.ޝައިޚް ޢަބްދުލް ޤާދިރު މުއްލާގެ މަރުގެ ހުކުމްގެ ސިޓީ އާއިލާއަށް ލިބުމާއެކު އާއިލާގެ ފަރަތުންވަނީ ރޭގެ 8:00 ގައި ޢަބްދުލް ޤާދިރުއާއި ބައްދަލު ކުރައްވައި އެންމެފަހުގެ އަލްވަދާއު ވިދާޅުވުމަށް ޖަލަށް ވަޑައިގެންފައެވެ.އާއިލާއާއެކު ބައްދަލުވެވަޑައިގަތް އެންމެ ފަހު ބައްދަލުވުމުގައި ޢާއިލާގެ މެންބަރުންނަށް މިކަމާ ކަންބޮޑު ނުވުމަށް ވަސީޔަތް ކުރެއްވިއެވެ.“މިސަރުކަރުން ބޭއިންސާފުން އަހަރެން މެރުމުން އަހަރެންވާނީ ﷲ ގެ ރަހުމަތުން ޝަހީދަކަށެވެ. ތިޔަބައިމީހުން ދެރަވެ ހިތާމަ ނުކުރައްވާށެވެ. ތިޔަބައިމީހުންނަށް ﷲ ގެ ޙިމާޔަތް ލިބިގެންވެއެވެ. ވީމާ ތިޔަބައިމީހުން ކަންބޮޑުވާންވީ އެއްވެސް ކަމެއް ނެތެވެ.ހަމަ ހަޤީޤަތުގައިވެސް އަހަރެން ކުށެއް ނުކުރަމެވެ. އެބައިމީހުން އަހަރެންގެ މައްޗަށް މަރުގެ ޙުކުމް އިއްވީ އިސްލާމީ ޙަރަކާތުގައި އަހަރެން ބައިވެރިވާތީއެވެ.ﷲ ގެ ރަހުމަތުން މިމަރަކީ ޝަހީދެކެވެ. އެހެނީ އެބައިމީހުން ކުރި އެއްވެސް އަމުރަކަށް އަހަރެން ބޯ ނުލަނބަމެވެ.  ﷲ  سبحانه و تعالى ގެ ރަހުމަތުން އަހަރެން ޝަހީދެއްގެ ގޮތުގައި މަރުވެއްޖެނަމަ އެއީ އަހަރެންގެ ޙައްޤުގައި އެންމެ ބޮޑު ނަޞީބެވެ. އަހަރެންގެ ޙަޔާތުގައި ލިބޭނު އެންމެ ބޮޑު ކާމިޔާބަކީ ޝަހީދެއްގެ ގޮތުގައި މަރުވުމެވެ.އަހަރެންގެ ކޮންމެ ލޭތިއްކަކުން އިސްލާމީ ހަރަކާތް ފުޅާވެ ކުރިއަރައިދާހުއްޓެވެ. އަދި އެބައިމީހުން އަދުއްވުންގެ މައްޗަށް ބާރު ހޯދާނެކަން ކަށަވަރެވެ.އަހަރެންގެ ނަފުސާމެދު އަހަރެން ކަންބޮޑެއް ނުވެއެވެ. އަހަރެން ކަންބޮޑުވަނީ އަހަރެންގެ ޤައުމާމެދުގައެވެ. އަދި އަހަރެން ވިސްނަނީ މިއިސްލާމީ ޙަރަކާތާއި މެދުގައެވެ.އަހަރެން ކުށެއް ނުކުރަމެވެ. އަދި އަހަރެން ޤަތުލުޢާއްމުކޮށް ޖަރީމާއެއް ނުހިންގަމެވެ. އަހަރެންގެ ޙަޔާތް އަހަރެން ޤުރުބާން ކުރީ އިސްލާމީ ޙަރަކާތަށްޓަކައެވެ. އަހަރެން ބާޠިލު ކަންކަމަށް ބޮލެއް ނުލަނބަމެވެ. ﷲ އަށް މެނުވީ އަހަރެން ބޮލެއް ނުލަނބާނަމެވެ.ދުނިޔޭގެ އެއްވެސް ވެރިޔަކަށް އަހަރެންގެ މަރާމެދު އަދި ދިރިހުރުމާމެދުވެސް ގޮތެއް ނުނިންމޭނެއެވެ. މަރުވުމާއި ދިރުން ނިންމަވާ ފަރާތަކީ ﷲ  سبحانه و تعالى އެވެ. ﷲ ގެ ޙަޟުރަތުން ވަނީ އަހަރެންގެ މަރާމެދު ގޮތް ނިންމަވާފައެވެ. އަހަރެން މަރަން ނިންމުމަކީ ވަކި ފަރުދެއްގެ ނުވަތަ ވަކިބައެއްގެ ނިންމުމާ އެއްގޮތަށް ހިނގާނެ ކަމެއް ނޫނެވެ. އަހަރެންގެ މަރުވުމާއި މަރުވާނެ ދުވަހާއި މަރުވާނެ ގަޑިއާއި މަރުވާނެ ގޮތް ވަނީ މާކުރިން ﷲ  سبحانه و تعالى ގެ ޙަޟުރަތުން ކަނޑައަޅުއްވާފައެވެ. ކޮންމެ ހާލަތެއްގައިވެސް ﷲ ގެ ނިންމެވުމާމެދު އަހަރެން ރުހެމުއެވެ.އަހަރެން އެދެނީ ތިޔބައިމީހުން އިސްލާމް ދިނުގައި ސާބިތު ވުމަށެވެ. ﷲ  سبحانه و تعالى ގެ ރަޙުމަތާއި ރުއްސެވުމާ ފުއްސެވުން ލިބޭހުށީ އިސްލާމްދީނުގައި ސާބިތުވުމުންނެވެ. އަހަރެން ތިޔަބައިމީހުންނަށް ވަޞިއްޔަތްކުރަނީ ހަމައެކަނި އަޚިރަތުގައި ލިބޭ މަތިވެރި ޘަވާބައި ދަރުމައަށް އެދި ކުރިއަށް ދިއުމެވެ. އަދި އެއީ އެންމެ ބޮޑު ކާމިޔާބެވެ.”ޝައިޚް ޢަބްދުލް ޤާދިރުގެ އާއިލާއައި ބައްދަލުކުރެއްވި ބައްދަލުވުން ނިންމަވާލެއްވީ ޤައުމުގެ ރައްޔިތުންނަށާއި އިސްލާމީ ޙަރަކާތުގެ ބައިވެރިންނަށް ވަޞިއްޔަތެއް ރައްދުކުރުމަށް ދަންނަވަމުންނެވެ.އެގޮތުން ޝައިޚް ވިދާޅުވިއެވެ. އަހަރެން ތިޔަބައިމީހުންގެ ކިބައިން އެދެނީ ރަހުމތާއި ފާފަފުއްސެވުމަށް އެދި ދުޢާ ކޮށްދިނުމަށެވެ. އަހަރެން އަދި އަހަންނަށް ތިޔަބައިމީހުން ދެއްވި ހިތްވަރަށާއި ކޮށްދެވި ދުއާއަށް ތިޔަބައިމީހުނަށް ރަހުމަތަށްއެދި ދުޢާކުރަމެވެ.ޢުމުރުން 65 އަހަރުފުޅުގައި ޝައިޚް ޢަބްދުޤާދިރު ދަންޖައްސާ ޝަހީދުކޮށްލެވުނީ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގެ މެދުތެރޭގައި ހުންނަ ޖަލެއްގައި ރޭގެ 10:01 ގައެވެ. މާތް ﷲ  ، ޝަހީދު ޝައިޚް ޢަބްދުލް ޤަދިރަށް ހެޔޮ ރަހުމަތް ލައްވާށިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ