ސަރުކާރުގެ ސިޔާސަތުތަކާމެދު ހިތްހަމަ ޖެހިވަޑައި ނުގަންނަވާތީ ވެރިކަން ކުރާ ޕީޕީއެމްގެ ރައީސް މައުމޫން އަބުދުލްޤައްޔޫމް ސަރުކާރަށް ނުހަނުބޮޑަށް ފާޑުވިދާޅުވަމުން ގެންދެވުމާއި، ސަރުކާރުގެ ސިޔާސަތުތަކަށް އިންކާރުކުރައްވަމުން ގެންދަވަން ފެއްޓެވުމާއެކު ޕީޕީއެމް ބައިބައިވެފައި ވަނިކޮށް، އެ ޕާޓީގެ މެންބަރުންތަކެއް ކަމަށް ބުނާ ބަޔަކު، ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރާ ބައްދަލުކޮށްފިއެވެ.
ގ. ސަކީނާ މަންޒިލްގައި މިރޭ 10:00 ގައި އޮތް އެ ބައްދަލުވުމަށް ވިއްސަކަށް މީހުން ހާޒިރުވެ، ޕީޕީއެމްގެ އެތެރޭގެ މައްސަލަތަކާމެދު މަޝްވަރާކޮށްފައިވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.
އިދިކޮޅު ސިޔާސީ ޕާޓީތަކުން ރަސްމީ ސިޔާސީ ހަރަކާތްތައް ހުއްޓާލައި، ނުރަސްމީ އިއްތިހާދަކުން މާލެތެރޭގައި ކެނޑިނޭޅި ހަރަކާތްތަކެއް ހިންގަމުންދާ މިދަނޑިވަޅުގައި، ރައީސް މައުމޫން ސަރުކާރުގެ ސިޔާސަތުތަކަށް އިންކާރުކުރައްވަމުން ގެންދަވާއިރު، އުމަރު ނަސީރު ފާހަގަކުރެވިފައިވަނީ ރައީސް މައުމޫން ފަޅީގައި ހުންނެވިކަމަށެވެ.
ހޯމް މިނިސްޓަރުކަމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންފި ނަމަ ނުވަތަ ވަކިކުރައްވައިފި ނަމަ ސިޔާސީ ގޭގައި ޓީވީ ބަލަން އިންނަވާނީ ކަމަށް ކުރިން ވިދާޅުވެފައިވާ އުމަރު ނަސީރާ މިރޭ ބައްދަލުކުރި ފަރާތްތަކަކީ އަބަދުވެސް އުމަރު ނަސީރަށް ސަޕޯޓްކުރާ ބައެއް ކަމަށް ސޯޝަލް މީޑިއާގައި މީހުން ދަނީ ބުނަމުންނެވެ.
ޕީޕީއެމްގެ މެންބަރުންތަކެއް ކަމަށް ބުނާ ބަޔަކު، އުމަރު ނަސީރާ ބައްދަލުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ