ގަޑިއެއް ހާއިރަށް މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިއްޖެ

މާލެއަށް ކަރަންޓް ދިނުމަށް އަލަށް ބަހައްޓާ ދެ ޖަނަރޭޓަރު ބެހެއްޓުގެ މަސައްކަތްކަތް ސްޓެލްކޯއިން ކުރަމުންދަނިކޮށް ގަޑިއެއްހާއިރަށް މާލޭގެ ބޮޑު ބަޔަކުން މިރޭ އިރާކޮޅު ކަރަންޓް ކަރަންޓް ކެނޑިއްޖެ އެވެ.
ސްޓެލްކޯގެ މިޑިއާ އޮފިޝަލް އިބްރާހިމް ރައުފު މިރޭ ވިދާޅުވީ މާލެއަށް ކަރަންޓް ދިނުމަށް ބަހައްޓާ އާ ދެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސައްކަތް ރޭ ފަތިހުން ފެށިގެން ސްޓެލްކޯއިން ކުރަމުންދާ ކަމަށާއި އެ މަސައްކަތް ކުރަމުންދަނިކޮށް މާލޭގެ ބޮޑު ބަޔަކުން މިރޭ އިރާކޮޅު ކަރަންޓް ކެނޑިފައިވާ ކަމަށެވެ.
"ފަތިހުން ފެށިގެން އަޅުގަނޑުމެން ކުރަމުން މިދަނީ މި މަސައްކަތް. ދެ ޖަނަރޭޓަރު ބެހެއްޓުމުގެ މަސަކަތް ކުރަމުންދަނިކޮށް ކަރަންޓް ކެނޑިފައި ވަނީ. ފީޑަރުތަކުން ކަރަންޓް ދިޔައީ،" ރައޫފު ވިދާޅުވި އެވެ.
މާލޭގެ ބޮޑު ބަޔަކުން ކަރަންޓް ކެނޑިފައި ވަނީ ސްޓެލްކޯއިން މާލޭގެ އެކި ސަރަހައްދުތަކަށް ނޯޓިސް ދީފައި ވަނިކޮށެވެ. މިރޭ ކަރަންޓް ކެނޑިގެން ދިއުމުން މަޖީދީ މަގުގެ ގިނަ ފިހާރަތަކަކާއި ޗާންދަނީ މަގުގެ ގިނަ ފިހާރަތަކެއް ބަންދު ކުރި އެވެ. ނަމަވެސް މިހާރު އެ ފިހާރަތަކުން ވަނީ ހިދުމަތްދޭން ފަށާފަ އެވެ.
މާލޭގެ ބޮޑު ބަރަކުން ކަރަންޓް ކެނޑިފައި ވުމުން، ކުށް ކުރުން އިތުރުވެގެންދާނެތީ ފުލުހުން ދަނީ މާލެ ތެރޭގައި ފޯރިމަރަމުންނެވެ. އެ ގޮތުން މީހުން ޖަމާވާ ސަރަހައްދުތަކާއި ޕާކުތަކުގައި ފުލުހުން ދަނީ މިއަދު އިރުއޮއްސުމާކު ފޯރިމަރަމުންނެވެ.
މާލޭގެ ބޮޑު ބަޔަކުން މިރޭ އިރާކޮޅު ކަރަންޓް ކެނޑިފައިވާއިރު، ސްޕީރިއާ ދެ ކޯޓް ހިމެނޭ ޖަސްޓިސް ބިލްޑިންއިން މިއަދު 2:30 ފެށިގެން ވަނީ ކަރަންޓް ކެނޑިފަ އެވެ. ޖަޓިސް ބިލްޑިންގެ ދެވަނަ ފަންގިފިލާގައި ހިނގަމުންދާ ކްރިމިނަލް ކޯޓުން ކަރަންޓް ކެނޑިފައިވުމުން ބަންދާމެދު ގޮތެއް ނިންމުމަށް ގެންނަ މީހުންނާމެދު ނިޔާ ކަނޑައަޅަން ދަތިވެފައިވާ ކަމަށް އެ ކޯޓުން ވަނީ މިރޭ ބުނެފަ އެވެ. ކްރިމިނަލް ކޯޓުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ ކޯޓްގެ ރަޖިސްޓްރާ އަލީ އާދަމް ވިދާޅުވީ މިއަދު މެންދުފު ފަހު ފެށިގެން ކޯޓުން ކަރަންޓް ކެނޑިފައި ވުމުން، ކޯޓްގެ މަސައްކަތަށް ބުރޫ އަރާފައިވާ ކަމަށެވެ.
"މިރޭ ބަންދުގެ މުއްދަތު ހަމަވާ މީހުންގެ އެކަނި ކޯޓަށް މިގެންނަނީ. އަދި މާދަމާ ބަންދުގެ މުއްދަތު ހަމަވާ މީހުން މާދަމާ ގެންނަގޮތަށް ހަމަޖައްސާފައި ވަނީ. ކަރަންޓް ނެތުމުން ލިޔެކިޔުމުގެ ކަންތަތައް ވެސް ވަރަށް ދަތިކޮށް ކުރިއަށް މިގެންދަނީ،" އަލީ އާދަމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ