ނުހައިކް ދުނިޔޭގައި އޮތީ ކިރިޔާ، ޑޮކްޓަރުން އުއްމީދު ކަނޑާލައިފި

އަރިދަފުސް ރޯގާ ކަމަށް ހީކުރި ބައްޔަކީ ހަގީގަތުގައި ކެންސަރުކަން އެނގުނު އިރު ހާލު ސީރިއަސްވެފައިވާ އުމުރުން 11 އަހަރުގެ ނުހައިކް މުހައްމަދު ރިޔާޒު ދިރިހުންނާނެ ކަމުގެ އުއްމީދު، އޭނާ އަށް ފަރުވާ ދެމުން އަންނަ ޑޮކްޓަރުން ކަނޑާލައިފި ކަމަށް އާއިލާ އިން ބުނެފި އެވެ.
ނޭފަތުން ފެން އައިސް، ރޯގާ ނުފިލައިގެން ނުހައިކްގެ އާއިލާ އިން މީގެ ހައެއްކަ މަސް ކުރިންސުރެ އޭނާ ޑޮކްޓަރުންނަށް ދައްކާތާ މަސްތަކެއް ވީ އިރު ވެސް ބަލި ދެނެއެއް ނުގަނެވުނެވެ. އޭނާ އަށް ކެންސަރު ޖެހިފައި ހުރިކަން އެނގުނީ މީގެ ތިން މަސް ކުރިން އިންޑިއާ އަށް ދިޔުމުންނެވެ.
ނުހައިކް އަށް ޖެހިފައިވަނީ އަވަސް ފަރުވާ ނުހޯދައިފި ނަމަ ސަލާމަތްވުން ނާދިރު ކެންސަރެއް ކަމަށްވާ ބާކިޓް ލިމްފޯމާއެވެ. ކަރު ތެރޭގައި އަށަގެންފައިވާ ޓިއުމަރު، ބަލި ދެނެގަނެވުނު އިރު ވަނީ އޭނާގެ ކަންފަތާއި ނޭފަތް އަދި ސިކުނޑީގެ ތެރެއަށް ވެސް ކޮންމެވެސް ވަރަކަށް ފެތުރިފަ އެވެ.
Aadhaige roagaa akun nurakkaatheri cancer ah, Mihaaru maraa hanguraama kuranee!
The most trusted news source in the Maldives
Mihaaru
މީގެ ދެ ހަފުތާވަރު ކުރިން ނުހައިކް އަށް ވަނީ އިންޑިއާގެ ކިމްސް ހޮސްޕިޓަލުގައި ކީމޯތެރަޕީގެ ފުރަތަމަ ޑޯޒް ދީފަ އެވެ. ކީމޯ އިން ޓިއުމަރުގެ 50 ޕަސެންޓް ނައްތާލެވުނު ނަމަވެސް، އޭގެ ސައިޑްއިފެކްޓްތަކުގެ ސަބަބުން އޭނާގެ ހާލު ވަރަށް ގޯސްވި އެވެ. ކަރުތެރެ ފާރުވެ، ގިނައިން ހޮޑުލައި، ގަދައަށް ހުން އާދެ އެވެ. ހަށިގަނޑުގައި ލޭ ނުހިފަހައްޓަ އެވެ.
އެންމެ ފަހުން ނުހައިކްގެ ހާލު ގޯސްވެ، މިހާރު ފަރުވާ ދެމުން އަންނަނީ ވެންޓިލޭޓަރުގަ އެވެ.
"މިހާރު ޑޮކްޓަރުން ވަނީ އޭނާ ދިރިހުންނާނެ ކަމުގެ އުއްމީދު ކަނޑާލާފައި. އާއިލާގެ މީހުން އިންޑިއާ އަށް ދަންދެން ބާއްވާފައި އޮތީ،" އާއިލާގެ މީހަކު ބުންޏެވެ.
މިކަން ނުހައިކްގެ މަންމަ ފަރުހާނާ ޝަފީގް ކަށަވަރުކޮށްދިނެވެ. ނަމަވެސް ދަރިފުޅުގެ ހާލާ ގުޅޭގޮތުން އޭނާ އަށް އިތުރު ވާހަކައެއް ނުދެއްކުނެވެ.
ނުހައިކް އަކީ އުފަންވި އިރު ނުކުޅެދުންތެރިކަން ހުރި ކުއްޖެކެވެ. އަޑުއިވުމާއި ވާހަކަ ދެއްކުމުން ވަނީ މަރްހޫމްވެފަ އެވެ. އޭނާގެ މައިންބަފައިން އައީ އެންމެ ތުއްތު އިރުއްސުރެ އޭނާ އަށް އެކި ފަރުވާތައް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ