މީހެއްގެ އަތުން ފައިސާ ތަކެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފި

މިއަދު މާލޭގައި މީހެއްގެ އަތުން ފައިސާ ތަކެއް ފޭރިގަތް މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ، މިއަދު 17:55 ހާއިރު، މާފަންނު އޭސް ހާޑްވެއާ ކައިރިން ބިދޭސީއެއްގެ އަތުން ފައިސާތަކެއް ފޭރިގެންފައިވާ ކަމަށެވެ.
ފުލުހުން ވިދާޅުވީ، އެ މީހާގެ އަތުން ފޭރިގެންފައި ވަނީ 1300 ޑޮލަރު ކަމަށެވެ. އަދި މި މައްސަލައާ ގުޅިގެން ހަަައްޔަރުކޮށްފައި ވަނީ 42 އަހަރުގެ ފިރިހެނެއް ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.
މާލޭގައި ފޭރުން އިންތިހާއަށް އިތުރުވެ، އެކަމަށް ހާއްސަ އޮޕަރޭޝަންތަކެއް ދަނީ ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ