ރޯދަ މަހުގެ ރަސްމީ ގަޑިއަކީ ހެނދުނު 9 އިން މެންދުރު ފަހު 1 އަށް

ކުރިއަށް އޮތް ރަމަޟާންމަހާއި މިއަހަރުގެ ޝައްވާލުމަހުގެ ފުރަތަމަ 7 ދުވަހު ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ މަސައްކަތު ގަޑިއަކީ، ހެނދުނު 9:00 ން މެންދުރުފަހު 1:00 އަށް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖައްސަވައިފިއެވެ.
ރައީސް އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ މިއަހަރުގެ ރަމަޟާންމަހުގެ ރަސްމީގަޑި ހަމަޖެއްސެވުމާ ގުޅިގެން، ރަސްމީގަޑިއަށް ފައްތަވައިގެން މަސައްކަތްތައް ރޭއްވެވުމަށް ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް ރައީސް އިލްތިމާސް ކުރައްވާފައިވާ ކަމަށެވެ.
މިއީ މި ފަހުން ރޯދަ މަހުގެ ސަރުކާރުގެ ރަސްމީ ގަޑިއަށް ބަދަލުގެނައި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ރޯދަމަހުގެ ރަސްމީ ގަޑީގެ ގޮތުގައި ހަމަޖައްސާފައިވަނީ ހެނދުނު 10:00 އިން މެންދުރު ފަހު 2:00 އަށެވެ.
މި އަހަރުގެ ރޯދަ މަސް ފެށޭނީ ކަލަންޑަރުގައިވާ ގޮތުން އަންނަ މަހުގެ ހަ ވަނަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ