ކަރަންޓް ޚިދުމަތުގައި ފިއުލް ސާޗާޖްގެ ނަމުގައި ފީއެއް ނަގާތީ އެމައްސަލައާ ބެހޭ ގަރާރެއް ގައުމީ ޕާޓީން ރައްޔިތުންގެ މަޖިލީހަށް މިއަދު ހުށަހަޅައިފި އެވެ.
ކަރަންޓްގެ ހިދުމަތުން ފިއުލް ސާޗާޖް ނެގުން ހުއްޓާލައި ރައްޔިތުންނަށް ހަރަދު ކުޑަ، ލުއިފަސޭހަ ދިރިއުޅުމެއް ހޯދައިދިނުމަށް ގޮވާލައި އެ ޕާޓީގެ ފަރާތުން މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ އެ ޕާޓީގެ ޕާލިންޓްރީ ގްރޫޕްގެ ރައީސް ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދެވެ.
ގައުމީ ޕާޓީގެ ނޫސްބަޔާނެއްގައި ބުނެފައި ވަނީ ކަރަންޓްގެ ހިދުމަތަކީ އެންމެ އަސާސީ ހިދުމަތަށް ވެފައި ކަރަންޓްގެ އަގު އުފުލުމުގެ ސަބަބުން ދިރިއުޅުމުގެ އަގު އެތައް ގުނައަކަށް މައްޗަށް ގޮސްފައިވާ ކަމަށެވެ. އަދި ލިބޭ މުސާރައިގެ ބޮޑު އެއްޗެއް ކަރަންޓް ބިލަށް ހަރަދުކުރަން ޖެހުމުން ރައްޔިތުން ނިކަމެތިވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.
ނޫސްބަޔާނުގައި ވާގޮތުގައި ފިއުލް ސާޗާޖަކީ ޓެކްސްއެއް ކަމަށާއި، އެއްވެސް ޓެކްސްއެއް ދައުލަތަށް ނެގޭނީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްގެން ކަމަށް ގާނޫނުގައި ބުނެފައިވާ ކަމަށެވެ. އެހެންކަމުން ފިއުލް ސާޗާޖަކީ ގާނޫނާ ހިލާފަށް ނަގަމުންދާ ޓެކްސްއެއް ކަމަށް ބަޔާނުގައިވެ އެވެ.
ކަރަންޓް ފިއުލް ސާޗާޖް ނަގާ މައްސަލަ ގައުމީ ޕާޓީން މަޖިލީހަށް ހުށަހަޅައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ