ރައީސް ޔާމީން ވަނީ މިލިއަނުން މަޑަވެއްޔަށް ޚަރަދުކޮށްފަ: މެމްބަރު މުއާޒު

އިދިކޮޅު އެމްޑީޕީ ސަރުކާރުން ގދ މަޑަވެއްޔަށް ލައްކައިން ޚަރަދު ކުރިއިރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަނީ އެރަށަށް މިލިއަނުން ޚަރަދުކޮށްފައި ކަމަށް މަޑަވެލި ދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު މުއާޒު މުހައްމަދު ރަޝީދު ވިދާޅުވެއްޖެ.  މަޑަވެލީގައި ސަރުކާރުން ކުރިޔަށް ގެންދިޔަ މަޝްރޫއުތަކުގެ ނިމުން ފާހަގަ ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މަޑަވެލި ދާއިރާގެ މެމްބަރު މުއާޒު ވިދާޅުވީ، މީގެކުރިން އެމްޑީޕީ ސަރުކާރު އޮތްއިރު، އެރަށުގެ ބަނދަރު ހަދައި ދިނުމަށް ރައްޔިތުން އެދެމުން ދިޔަ ކަމަށް. ނަމަވެސް އެރަށުގެ ރައްޔިތުންނަށް އުންމީދެއް ނުލިބުނު ކަމަށް މުއާޒް ވިދާޅުވިއެވެ. ރައީސް ޔާމީން ކެމްޕޭންގެ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ކެމްޕެއިން ފައްޓަވައި، އެރަށަށް ވަޑައިގެންނެވުމުން، އެރަށުގެ ރައްޔިތުންނަށް އުއްމީދު ލިބިގެން ދިޔަކަން މުއާޒު ފާހަގަކުރެއްވިއެވެ. 2013 ވަނަ އަހަރު މަޑަވެލިން ބޮޑު މެޖޯރިޓީ އެއް ލިބުނުކަން ފާހަގަ ކުރައްވާ މުއާޒު ވިދާޅުވީ ރައީސް ޔާމީން ވެރިކަމާއި ހަވާލުވެ ވަޑައިގެން ބަނދަރުގެ މަސައްކަތް ފެށިގެން ދިޔަ ކަމަށެވެ
މީގެއިތުރުން ތިމާވަށީގެ އެތައް މައްސަލަތަކެއް ކުރިމަތިވެފައިވާ މަޑަވެލީގައި، މި ސަރުކާރުން ގޮނޑުދޮށް ހިމާޔާތް ކޮށް ރިވެޓްމަންޓް ޖަހާފައި ވާކަމަށްވެސް މުއާޒް ވިދާޅުވި. އަދިވެސް އެފަދަ ތަރައްޤީގެ މަސައްކަތް ކުރެވޭނެ ކަމަށް ދެކިވަޑައިގަންނަވާކަން މެމްބަރު ފާހަގަކުރެއްވިއެވެ.  "މި ރަށުގެ ބަނދަރު ގެ ހާލަތުގައި އޮތް ނަމަވެސް އެމްޑީޕީގެ ސަރުކާރުން އެއްވެސް ކަމެއް ކޮށްދެއްވާފައެއް ނުވޭ. އެމްޑީޕީގެ ސަރުކާރުން މި ރަށައް ހަރަދު ކޮށްފައިވަނީ 14 ލައްކައެއް ހާ ރުފިޔާ އެހެން ނަމަވެސް 125 މިލިއަން އެތައް ރުފިޔާގެ މަސައްކަތް މަޑަވެލީގައި މިސަރުކާރުން ކުރިއަށް އެބަގެންދޭ" މުއާޒް ވިދާޅުވިއެވެ.  ޑިމޮކްރަސީގައިވެސް ރައްޔިތުން ބޭނުންވާ ގޮތަށް ވަކި ތަރުތީބެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށް މުއާޒް ވިދާޅުވިއެވެ. އެހެންނަމަވެސް، އެމީހަކު ބޭނުންވާހާ ގޮތަށް، ވަކި އިމެއް ނެތި މަސައްކަތް ނުކުރެވޭނެ ކަމަށްވެސް މެމްބަރު މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ އެމްޑީޕީން ބޭނުންވަނީ ސްކޫލްތަކާއި އޮފީސް ކައިރީގައި މުޒާހަރާކުރަން ކަމަށެވެ. އެއީ ޑިމޮކްރަސީގެ އުސޫލެއް ނޫންކަން ފާހަގަ ކުރައްވާ މުއާޒް ވިދާޅުވީ، އެމްޑީޕީގެ ފިކުރަކީ މަދަނީ ބަސްނޭހުމަށް ދިޔުން ކަމަށާއި އަދި އޭގެ ބޭނުމަކީ ރައްޔިތުންނާއި ސަރުކާރާ ޖެއްސުން ކަމަށެވެ. އެކަމުގެ ސަބަބުން ތަރައްޤީއަށް ވަރަށް ބޮޑަށް ހުރަސް އެޅިގެންދާ ކަމަށް މުއާޒް ވިދާޅުވިއެވެ. މުއާޒް ވިދާޅުވީ ކުރީގެ ސަރުކާރުތަކަށް މަޑަވެލީގައި ބަނދަރު ނުހެދުނީ އެކަން ކުރާނެ ފައިސާ ނެތުމުން ކަމަށެވެ.  ރާއްޖޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބޭ ސިނާއަތަކީ ފަތުރުވެރިކަން ކަމަށާއި އެ ސިނާއަތް ބޮއިކޮޓް ކުރަން އިދިކޮޅު ފަރާތްތަކުން ގޮވާލަމުން ދާކަން ފާހަގަ ކުރައްވާ މުއާޒް ވިދާޅުވީ، މިއީ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށެވެ. މުއާޒް ވިދާޅުވީ އެމްޑީޕީ ބޭނުން ވަނީ ބަރުލަމާނީ ނިޒާމެއް ގާއިމުކޮށް ރާއްޖޭގެ މުޅި ނިޒާމު އެ ފުށް މި ފުށައް ޖެހުމަށް ކަމަށެވެ. މުއާޒު ވިދާޅުވީ މިއަދު ދިވެހި ރައްޔިތުން އަނބުރާ ޖަޒީރާ ރާއްޖެއަށް ގޮސް ހޮޅު އަށިތަކައް ދާން ބޭނުން ނުވާ ކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ތަރައްޤީ ކަމަށެވެ. 
ލަޔާލް މަނިކް
0%
0%
0%
0%
ކޮމެންޓް ޝާއިރު ނުކުރެވުނު.
×
×
ހިޔާލު ފާޅުކުރައްވާ
އެންމެ ފަހުގެ
އެންމެ މަގްބޫލު
ރައީސް ޔާމީން ވަނީ މިލިއަނުން މަޑަވެއްޔަށް ޚަރަދުކޮށްފަ: މެމްބަރު މުއާޒު
3 މިނެޓް ކުރިން
ރާއްޖެއިން އިތިއޯޕިއާ އާއެކު ޚާރިޖީ ގުޅުން ޤާއިމް ކޮށްފި
38 މިނެޓް ކުރިން
ރައީސް ޔާމީން ގދ.މަޑަވެއްޔަށް ވަޑައިގެން ބައެއް މަޝްރޫއުތައް އިފްތިތާހް ކޮށްދެއްވައިފި
46 މިނެޓް ކުރިން
ސަޕްލައި ދޯންޏެއް ފަރަށް އެރުމާ ގުޅިގެން އެމްއެންޑީއެފް ނޮދަން އޭރިއާއިން ހަރަކާތްތެރިވާން ފަށައިފި
52 މިނެޓް ކުރިން
ރައީސް ޔާމީން ގދ މަޑަވެއްޔަށް ވަޑައިގެންފި
1 ގަޑި ކުރިން
ރައީސް ޔާމީން ކާޑެއްދޫއަށް ވަޑައިގެންފި
1 ގަޑި ކުރިން
މި ސަރުކާރުން ނަރުދަމާ އަޅައިދީފައިވާ ރަށެއްގައި ނަރުދަމާ އަޅަން އިބޫ ވައުދުވެ ވަޑައިގަންފި!
14 ގަޑި ކުރިން
އަހަރީ ފީ ނުދެއްކި ހުރި ކަނޑުގެ ކުދި އުޅަނދުތަކުގެ ފީ ރައީސުލްޖުމްހޫރިއްޔާ މާފުކޮށްދެއްވައިފި
20 ގަޑި ކުރިން
މެލޭޝިއާގައި ދިވެހި ކަލްޗަރަލް ސެންޓަރެއް ގާއިމްކުރުމުގެ ހުއްދަވަނީ ލިބިފައި- ޑރ.ޝަހީމް
11 ގަޑި ކުރިން
ޒުވާން ސްކޮޑަށް އަޝްފާގުގެ ނަސޭހަތް: ނަތީޖާ ނެރެން ހިތްވަރާއި އެކު މަސައްކަތް ކުރޭ!
11 ގަޑި ކުރިން
ވަގުތު ޖެހުމުގެ ކުރިން ރައީސް ޔާމީން ފޯމް އޮންނާނީ އިލެކްޝަންސްގައި: އަބްދުއްރަޙިީމް
20 ގަޑި ކުރިން
ރައީސް ބޭނުންފުޅުވަނީ ދިވެހިން ޝާމިލްކުރުވޭ ފަދަ ވަޒީފާތައް އުފައްދަން: މިނިސްޓަރ ސަޢީދު
20 ގަޑި ކުރިން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ