ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޖުމްހޫރީ ޕާޓީގެ ކައުންސިލަށް ކުރިމަތިލައްވާ ކާމިޔާބު ހޯއްދެވުމަކީ ޖުމްހޫރީ ޕާޓީގައި ތިބި އަންހެނުން ބޭފުޅުންނަށް ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށް ޖުމްހޫރީ ޕާޓީގެ މެންބަރު އަދި ޑިފެންސް މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު އަހުމަދު މަނިކު ވިދާޅުވެއްޖެއެވެ.
ގާސިމްގެ އަނބިކަނބަލުންނަށް މަރުހަބާ ކިޔާ މުހައްމަދު އަހުމަދު ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައިވަނީ ޖުމްހޫރީ ޕާޓީގެ ލީޑާޝިޕަށް އިންތިޚާބުވެވަޑައިގެންނެވި ހުރިހާ ބޭފުޅުންނަށް މަރުހަބާ ދަންނަވާކަމަށެވެ.
ެއަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ޖޭޕީގެ ކައުންސިލަށް ކުރިމަތިލައްވާ، ހޯއްދެވި ކާމިޔާބީއަށް އެކަމަނާއަށް މަރުހަބާ ވިދާޅުވާކަމަށެވެ. މުހައްމަދު އަހުމަދު ވަނީ ޖޭޕީގެ ކައުންސިލަށް ކުރިމަތިލައްވާ ސިޔާސީ މައިދާނަށް އެކަމަނާ ނިކުންނެވުމަކީ ހިތްވަރުގަދަ ކަމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.
އަދި ގާސިމް އިބްރާހިމްގެ އަނބިކަނބަލުންގެ އެ ނިންމެވުމުގެ ސަބަބުން ޖުމްހޫރީ ޕާޓީގައި ލީޑާޝީޕްގައި ތިއްބެވި އަންހެން ބޭފުޅުންނާއި، ޕާޓީގެ އަންހެން މެންބަރުންނަށް ކުރިއަށްދިއުމަށް ލިބުނު ވަރަށް ބޮޑު ހިތްވަރެއްކަމަށެވެ.
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ހުރިހާ މެންބަރުންގެ ފުރިހަމަ ތާއީދާއެކު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ އަނބިކަނބަލުން އައިޝަތު ނަހުލާ ވަނީ އެޕާޓީގެ ކައުންސިލަށް އިންތިޚާބުވެވަޑައިގެންފައެވެ.
ކޮންގްްރެސްގެ ތެރެއިން 32 މަގާމަށް މެންބަރުން އިންތިޚާބުކޮށްފައިވާއިރު، ކޮންގްރެސްްގެ ހުރިހާ މެންބަރުންގެ ފުރިހަމަ އަގުލަބިއްޔަތުން މަގާމަކަށް ހޮވިވަޑައިގެންފައިވަނީ އެކަމަނާ އެކަންޏެވެ. އިންތިޚާބުގައި އައިޝަތު ނަހުލާ ވަނީ 227 ވޯޓް ހޯއްދަވާފައެވެ.
އެކަމަނާ ޖުމްހޫރީ ޕާޓީގެ ކައުންްސިލަށް އިންތިޚާބުވުމާއި ގުޅިގެން ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕްގެ ބޭފުޅުންނާއި، ކޮންގްރެސްގެ ބައިވެރިން ވަނީ ހޫނު މަރުހަބާއެއް ކިޔާފައެވެ.
ޚާއްސަކޮށް ޖުމްހޫރީ ޕާޓީގެ ލީޑަރުގެ މަގާމުގައި މިހާތަނަށް ހުންނެވި ގާސިމް އިބްރާހިމަށް ސިޔާސީގޮތުން ބޮޑެތި ފިއްތުންތަކެއް ކުރިމަތިކޮށްފައިވާ މި ދަނޑިވަޅުގައި ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގައި ބައިވެރިވެވަޑައިގެން، ޕާޓީގެ ކަައުންްސިލަށް ވަޑައިގެން ޚިދުމަތްކުރުމަށް އިސް ނެންގެވީތީ ޖުމްހޫރީ ޕާޓީގެ އިސް ބޭފުޅުން ވަނީ އެކަަމަނާއަށް މަރުހަބާ ވިދާޅުވެފައެވެ.
ޖުމްހޫރީ ޕާޓީގެ 3 ވަނަ ކޮންގްރެސްގެ ހުރިހާ ސެޝަންތަކެއްގައި ބައިވެރިވެވަޑައިގެން ޖޭޕީގެ ކޮންގްރެސް ކާމިޔާ ކޮންގްރެސްއަކަށް ހެެއްދެވުމަށް ގާސިމްގެ އަނބިކަނބަލުން ވަނީ މަަސައްކަތް ކުރައްވާފައެވެ.
އައިޝަތު ނަހުލާ ވަނީ ކޮންގްރެސްގެ ފެށުމުގެ ރަސްމިއްޔާތާއި، ނިންމުމުގެ ރަސްމިއްޔާތުގެ ޝަރަފްވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންފައެވެ. އަދި މުހިންމު ސެޝަންތަކުގައިވެސް އެކަމަނާ ވަނީ ބައިވެރިވެވަޑައިގެންފައެވެ. މީގެ އިތުރަށް ސިޔާސީ މައިދާނަށް ރަސްމީކޮށް ވެންނެވިކަން ހާމަކުރައްވާ، ފަސްޖެހުމެއްނެތި ކުރިއަށް ވަޑައިގަތުމުގެ އަޒުމްގައި ހުންނެވިކަން އެކަމަނާ ވަނީ ހާމަކުރައްވާފައެވެ.
ގާސިމްގެ އަނބިކަނބަލުންގެ ކާމިޔާބާއި، ހިތްވަރަކީ އަންހެނުންނަށް ލިބުނު ބޮޑު ހިތްވަރެއް: މުހައްމަދު އަހުމަދު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ