މައުމޫން އީނާ އާ ބައްދަލު ކުރައްވައިފި

ޕީޕީއެމްގެ ފަރާތުން އައްޑޫ ސިޓީ ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑި އަށް ވާދަ ކުރާ އީނާ ނަސީރާ، ޕީޕީއެމްގެ ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އިއްޔެ ބައްދަލު ކުރައްވައިފި އެވެ.
ހުސްވެފައިވާ ފޭދޫ ދާއިރާގެ ކައުންސިލް ގޮނޑި އަށް ޕީޕީއެމްގެ ފރާތުން ވާދަ ކުރަން ނިންމައި، އީނާ މިހާރު އަންނަނީ ކެމްޕޭން ވެސް ކުރަމުންނެވެ.
އޭނާ ނޫން މީހަކު ފޭދޫ ދާއިރާގެ ބައި އިލެކްޝަނަށް ޕީޕީއެމްގެ ފަރާތުން އެއްވެސް މީހަކު ޝައުގުވެރިކަން ފާޅުކޮށްފައެއް ނުވެ އެވެ.
އަންނަ މަހުގެ 20 ގައި ބާއްވާ ބައި އިލެކްޝަންގައި ޕީޕީއެމްގެ ކެންޑިޑޭޓާ އެމްޑީޕީގެ ކެންޑިޑޭޓަކު ވާދަ ކުރާނެ އެވެ. އެއީ އަލީ ފަހުމީ އަހުމަދު (އަހަންމާގެ ފަހުމީ) އެވެ.
އޭނާ އަށް ޓިކެޓް ލިބުނީ މި މަހުގެ 8 ވަނަ ދުވަހު ބޭއްވި އެމްޑީޕީގެ ޕްރައިމެރީ ކާމިޔާބުކޮށްގެންނެވެ.
ކައުންސިލްގެ ފޭދޫ ދާއިރާގެ ގޮނޑި ހުސްވީ މިދިޔަ މަހުގެ 8 ވަނަ ދުވަހު، އެ ދާއިރާގެ ކައުންސިލަރު އަބްދުﷲ އަސްވާން (އަތޯ) އަށް ހާޓްއެޓޭކެއް ޖެހި އަވަހާރަވުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ