ޖޫންމަހު ފުލުހުންގެ ސިވިލް މުވައްޒަފުންގެ މުސާރަ ބޮޑުކުރާނަން: ހޯމް މިނިސްޓަރު ފުލުހުންގެ ތަހުގީގަށް ދެ ބިދޭސީން ހޯދުމަށް އިއުލާންކޮށްފި ޖަގަހައިގައި ރޯކޮށްލި މީހާ ހައްޔަރުކުރީ ރާއްޖެއިން ބޭރަށް ފުރަންގޮސް ހުއްޓައި އިންތިހާބުގެ ސަލާމަތީ ކަންކަން ބެލެހެއްޓ

އިއްޔެ ހެނދުނު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގައި ލަގެޖު ބަރުވުމުން ރުޅިގަދަވެ އެއާޕޯޓުގެ މުވައްޒަފުންނަށް ހަމަލާދިން ބިދޭސީ ފަސިންޖަރެއްގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ހާދިސާގެ ވީޑިއޯތަކުން އެނގޭ ގޮތުގައި، މި ފަސިންޖަރު، އެއާލައިންއިން ކަނޑައަޅާފައިވާ ލަގެޖު ލިމިޓަށްވުރެ 30 ޑޮލަރަށްވުރެ އިތުރަށް ލަގެޖު ބަރުވުމުން، އިތުރު ފީ ދައްކަން އެންގުމުން ރުޅިގަދަވެ، ޒުވާބިކޮށް, ރޭމްޕް ޖެކެޓް ލައިގެން ހުރި މުވައްޒަފެއް ގައިގައި ޖަހައި އޭނާ ބިންމައްޗަށް ވައްޓާލައެވެ.
މިކަން ފެނިގެން، އޭވިއޭޝަން ސެކިޔުރިޓީ ކޮމާންޑުގެ އޮފިސަރުންނާއި، ވަށައިގެން ތިބި އެހެން މުވައްޒަފުން އޭނާ ހިފެހެއްޓުމަށް އައިސް މަސައްކަތްކުރަނިކޮށް އޭނާ ވަނީ އިތުރު މުވައްޒަފަކަށްވެސް ހަމަލާދީފައެވެ. އަދި ކައިރިން ހިނގަމުންދިޔަ އެހެން ފަސިންޖަރަކަށްވެސް އޭނާ ހަމަލާދޭ މަންޒަރު ފެނެއެވެ.
މި ހަމަނުޖެހުން ހިނގުމުން، އެ ބިދޭސީ މީހާ ހައްޔަރުކޮށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން، އޭނާ ވަނީ ޝަރުތުކޮށް ދޫކޮށްލައިފައެވެ. ކޯޓުން އަމުރުކުރި ޝަރުތުތަކުގެ ތެރޭގައި، މައްސަލައިގެ ތަހުގީގު ނިމެންދެން ކުރިއަށް އޮތް 30 ދުވަހުގެ ތެރޭގައި މާލެ ފިޔަވައި އެހެން ރަށަކަށް ފުރައިގެން ނުދިއުމަށް އެންގުމާއި، ތަހުގީގުގެ ބަޔާން ނެގުމަށް ފުލުހުންނަށް ހާޒިރުވުމަށް އަމުރުކޮށްފައިވެއެވެ.
އަދި މިހާރު، މި ބިދޭސީ މީހާ އެއްވެސް ޙާލެއްގައި ރާއްޖެއިން ބޭރަށް ފުރައިގެން ނުދާނެ ގޮތަށް އޭނާގެ ޕާސްޕޯޓް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެއެވެ. އެހެންނަމަވެސް، އޭނާ ބަންދުކުރުމުގެ ބަދަލުގައި ދޫކޮށްލާފައިވާތީ، އަދި އެތުން ހައްޔަރުކުރުމަކާ ނުލައި ކޯޓަށް ގެންދިޔުމުން ޝަރުތުކޮށް ދޫކޮށްލާފައިވާތީ، އަދި އޭނާގެ ފަރާތުން ރާއްޖޭގެ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަމަށް ނުރައްކާވެދާނެކަމުގެ ބިރު އޮތުމާއެކު، އޭނާ ވަގުތުން ދިވެހިރާއްޖެއިން ޑީޕޯޓްކުރުމަށް ބައެއް ފަރާތްތަކުން އަންނަނީ ގޮވާލަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ