އިންޒާރުތަކާއި ގުޅިގެން ފުލުހުން؛ ގާނޫނީ ފިޔަވަޅު އަޅާނަން

ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާ އަންދާލާނެ ކަމަށް އިންޒާރުދީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުންނަށް މަރުގެ އިންޒާރު ދަނީ ދެމުންނެވެ.
‏ބައެއް ޓީވީ ޗެނަލްތަކަށާއި ބައެއް ފަރުދުންނަށް ގެއްލުން ދޭނެކަމުގެ އިންޒާރު ދީފައިވާ މައްސަލަތަކެއް ފުލުހުންގެ ސަމާލު ކަމަށް އައުމާ ގުޅިގެން މި މައްސަލަތައް ފުލުހުން ތަހުގީގު ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ހިދުމަތުން ބުނެފި އެވެ.
ފުލުހުން ބުނީ ‏މީހުންނާއި ތަަންތަނާއި ތަކެއްޗަށް ހާއްސަކޮށް މީހުންގެ ފުރާނަ އާއި މީޑިއާތަކަށް ގެއްލުން ދޭނެ ކަމަށް ބުނެ އިންޒާރުދޭ މައްސަލަ ތަކަކީ އެ ހިދުމަތުން ހާއްސަ އިސްކަމެއް ދީގެން ސީރިއަސް މައްސަލަތަކެއްގެ ގޮތުގައި ބަލައި ތަހުގީގު ކުރަމުން ގެންދާ މައްސަލަ ތަކެއް ކަމަށެވެ.މި މައްސަލަތައް ތަހުގީގުކޮށް ގާނޫނީ ފިޔަވަޅު އެޅުމަށް ކުރަން ޖެހޭ މަސައްކަތް ސައިބާ ކްރައިމް ޑިޕާޓްމަންޓާއި ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ކުރަމުން ގެންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.ފުލުހުން މިހެން ބުނެފައި މިވަނީ ރާއްޖެ ޓީވީ އާއި ޗެނަލް 13 ގައި ހުޅުޖަހާ އަންދާލާނެ ކަމަށް އިންޒާރުދީ ރައީސް މުއިއްޒު ޕްރޮމޯޓް ކުރުމުގެ މަސައްކަތުގައި އުޅޭ ބައެއް މީހުންނަށް މަރުގެ އިންޒާރު ދިނުމާއި ގުޅިގެންނެވެ. އިންޒާރުގެ މެސެޖުތައް ފޮނުވަނީ ފޭކު އައިޑީތަކުންނެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ