ކައިޒީންގެ އުފަންދުވަހުގެ ބަރަކާތުން ގާސިމް ރިޔާސީ ރޭހަށް!

އުސްފަސްގަނޑޭ ބުނުމާ އެކު ހިތަށް ސިފަވަނީ އެމްޑީޕީއެވެ. ޑިމޮކްރަސީ އާއި އިންސާފަށްޓަކާ އަނިޔާ އާއި ދެކޮޅަށް އެމްޑީޕީގެ ގަދަފަދަ ލަޝްކަރު ރުކުރުވާލި މާލޭގެ ބިމަކ  ހެންވޭރު އުސްފަސްގަނޑެވެ. އެމްޑީޕީގެ ސްޓޭޖަކުން އެ ޕާޓީގެ ރައީސް ނަޝީދު ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމަށް އެންމެ ހޫނު ބަހުގެ ހަމަލާ ދެއްވީ އުސްފަސްގަނޑު ގައެވެ.
ދުނިޔެ އެނބުރެމުން ސެނބުރެމުން ގޮސް 2023ގެ މާރޗް 30 އަށް މެންދަމު ގަޑިން 12 ޖެހިއިރު އުސްފަސްގަނޑުގައި ރަނިކަން ކުރައްވަން ހުންނެވީ ރާއްޖޭގެ ޒުވާން މޮޑެލް ކައިޒީންއެވެ. ޒުވާނުން ކިތަންމެ ފައްޔެއް ޖެހިޔަސް ކައިޒީންގެ ހިތުން ޖާގައެއް ހޯދުމަށް ދައްޗެވެ. 
ރަސްކަމާއި ރަނިކަން ރަމްޒު ކޮށްދޭ ރަންކުލައިގެ ތީމަކުން ޖަރީވެފައި އޮތީ ކައިޒީންގެ އުފަންދުވަހެވެ. މޭމަހުގެ 30 ވަނަ ދުވަހެވެ. ރާއްޖެގެ ބޮޑު ސޭޓް އޮނަރަބްލް ގާސިމް އިބްރާހިމް ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމުގެ އުންމީދުގައި އެއްލާ 3 ވަނަ ވަކި އެއްލީ ދުވަހަށް އިރުއެރި ފަހުން ކައިޒީންގެ އުފަން ދުވަހުއެވެ. ރަސްމީ ގޮތުން ޖޭޕީގެ ރިޔާސީ ކެންޑިޑޭޓަކަށް ޢުމުރުން 72 އަހަރުގެ ގާސިމް ހަމަ ޖެހުނު ކައިޒީންގެ ބާތުޑޭއެވެ. 
އެރޭގައި ކައިޒީން ހުރީ އުސްފަސްގަނޑު ނަގައިގެންނެވެ. މިއަދު ގާސިމް އެހުންނެވީ ރައީސް ނަޝީދާއި މީސްކޮޅު ގާސިމްގެ ފަހަތުގައި ފައްތިޔާ ކުޑަ ދޯންޏަކަށް ހައްދަވައިގެންނެވެ. 
ކައިޒީނަށް އުފާވެރި އުފަން ދުވަހަކީ ބައެއް އަނބި އަނބި ކަނބަލުންގެ މާދަމ ބަދަލު ވެގެންދިއުމުގެ ފެށުން ކަމުގައި ވެސް ވެދާނެއެވެ.
އުމުރުން 72 ގައި މިފަހަރު ރައްޔިތުން ގާސިމާއި ފެއަށް ހިނގައްޖެނަމަ ރާއްޖޭގެ ވެރިކަމާ ގާތްވުމަކީ ގާސިމަށް ދެން ދުވަހަކުވެސް ފަސޭހަ ކަމަކަށް ނުވާނެއެވެ. 
އެންމެ ދެރައީ ކޮވިޑްގެ މުޞީބާތުގައި ގާސިމް ރައްޔިތުންނާ ގައުމަށް ފިއްލެވީމައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ