ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ހުޅުމާލެ އުތުރު ދާއިރާގެ ވޯޓު ފޮށި ބެހެއްޓި ކާމިލު ދީދީ ސްކޫލަށް ގޭންގެއް ފޮނުވައިގެން މާރާމާރީ ހިންގުވި ކަމަށް އޭނާގެ މައްޗަށް ކުރަމުންދާ ތުހުމަތުތައް ހުޅުމާލެ އުތުރު ދާއިރާގެ މަޖިލިސް މެންބަރު ހުސައިން ޝަރީފް (ހުސެންބެ) ދޮގު ކުރައްވައިފި އެވެ.
ހުސެންބެ ފޭސްބުކް ގައި ވިދާޅުވީ އޭނާ ދަންނަ އެކަކުވެސް އޭނާއަކީ ގޭންގެއް ގެންގުޅޭ މީހެކޭ ނުވަތަ ގޭންގަކަށް ނިސްބަތްވާ މީހެކޭ ނުބުނާނެ ކަމަށެވެ. އަދި އެފަދަ ތުހުމަތުތަކެއް އޭނާއަށް ކުރަނީ ބަޔަކު ޒާތީ ވެގެން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
Yes Maldives Pvt Ltd
MGH Group of Companies
Zetta Enterprises Pvt Ltd
MU STORE
Enterprise Development Industrial Pvt Ltd
"ޒާތީނުވޭ. އަޅުގަނޑަކީ ކާކުކަން ދަންނަ އެއްވެސް މީހަކު އަޅުގަނޑަކީ ގޭންގު ގުރޫޕް ގެންގުޅޭމީހެކޭ، އަދި ގޭންގު ގުރޫޕަށް ނިސްބަތްވާމީހެކޭ ނުބުނާނެ. އެސްއެމް [ސޯޝަލް މީޑިއާ] ގައި، އެމީހަކަށް ބޭނުން އެއްޗެއް ލިޔެވިދާނެ،" ހުސެންބެ ވިދާޅުވި އެވެ.
ހުސެންބެ މިހެން ވިދާޅުވެފައި މިވަނީ ޕީއެންސީއަށް ނިސްބަތްވާ ބައެއް މީހުން ރޭގައި ހިނގި މާރާމާރީގައި ހުސެންބެގެ އަތެއް އޮތް ކަމަށް ތުހުމަތުކޮށް ސޯޝަލް މީޑިއާގައި ޕޯސްޓުކުރަމުންދާ ދަނޑިވަޅެއްގަ އެވެ.
މި މަރާމާރީއާ ގުޅިގެން ފުލުހުން ބުނީ ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގެ ވޯޓު ގުނުން ކުރިއަށްދިޔަ ސްކޫލަށާއި ސްކޫލުގެ މުދަލަށް ބަޔަކު ގެއްލުންދީ، އެތަނުގައި ތިބި މީހުންނާމެދު މާރާމާރީ ހިންގި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.
މި މައްސަލައާ ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައެއް ނުވެ އެވެ. ހަމަނުޖެހުން ހިންގުމުގައި ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވާދަކުރި ބައެއް ކެންޑިޑޭޓުންނާއި ސަރުކާރު މަގާމުތަކުގައި ތިބި ސިޔާސީ މުވައްޒަފުން ހިމެނޭ ކަމަށް އެތަނުގައި ހަރަކާތްތެރިވި އަދަދުގެ ނޫސްވެރިންނަށް ފެނިފައިވެ އެވެ.
އެ ހަމަނުޖެހުމުގައި ކާމިލުދީދީ ސްކޫލުގެ ހޯލަށް ވަންނަން ބޭނުންކުރާ ދޮރުގެ ބިއްލޫރިތަކެއް ތަޅާލައި އެ ދޮރު ބޭނުންނުކުރެވޭ ވަރަށް ވަނީ ހަލާކުވެފަ އެވެ. މަންޒަރު ދުށް ބައެއް މީހުން މައުލޫމާތު ދިން ގޮތުގައި އެ ސްކޫލުގެ ބައެއް ގޮނޑި ވެސް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފަ އެވެ.
ޕީއެންސީގެ ލީޑާޝިޕްގެ ހާޒިރުގައި އެ ފޮށި ގުނާފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ދާއިރާގެ ނައިބު ރައީސްގެ މަގާމު ކާމިޔާބު ކުރީ މަލްޝާ ޝަރީފެވެ.
ވޯޓު ގުނި ތަނަށް ގޭންގެއް ފޮނުވައިގެން މާރާމާރީ ހިންގުވި ކަމަށް ކުރާ ތުހުމަތު ހުސެންބެ ދޮގު ކުރައްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ