ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ލޭންޑިން ކްރާފްޓުގައި ހުރި ސާމާނުތައް އޮޔާދާތީ، ސަމާލުވުމަށް އެދިއްޖެ

މިއަދު ހެނދުނު ޅ.އަތޮޅަށް ދަތުރުކުރަނިކޮށް ކާށިދޫ ކަނޑަށް ބަންޑުން ޖަހާލި ސިވެކްގެ ލޭންޑިން ކްރާފްޓުގައި ހުރި ސާމާނުތައް އޮޔާދާތީ، ސަމާލުވުމަށް އެމްއެންޑީއެފްގެ ކޯސްޓްގާޑުން އިލްތިމާސްކޮށްފިއެވެ.
އެމްއެންޑީއެފުން ބުނީ މާލެއިން ފުރައިގެން ދަނިކޮށް ސިވެކްގެ "އެލްސީ 308" ލޭންޑިންގ ކްރާފްޓު ބަންޑުން ޖާހާލީ ޅ.ކުރެންދޫގެ ހުޅަނގު ދެކުނުން 4 މޭލު ބޭރުން ކަމަށެވެ. މި އުޅަނދުގައި ހުރި ބައެއް ސާމާނު އިރުމައްޗަށް ވާގޮތަށް ދަނީ އޮޔާދަމުންދާކަމަށް އެމްއެންޑީއެފުން ބުންޏެވެ. އެހެންކަމުން އެސަރަހައްދުން ދަތުރުކުރައްވާ ފަރާތްތަކުން މިކަމަށް ސަމާލުކަންދީ، ރޭގަނޑު އެ ސަރަހައްދުން ދަތުރުކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދިނުމަށް ވަނީ އެދިފައެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލި ހާދިސާގައި ގައުމީ ދިފާއީ ބާރުގެ ވޮރަންޓް އޮފިސާ 2 އަލީ ހާމިދު ވަނީ ނިޔާވެފައެވެ. މި ހާދިސާގައި 4 މީހަކަށް ވަނީ ޅ.އަތޮޅު ހޮސްޕިޓަލުން ފަރުވާދީފައެވެ. ހޮސްޕިޓަލަށް ގެންދިޔަ މީހުންގެ ތެރޭގައި ހިމެނެނީ 3 ދިވެއްސަކާއި 2 ބިދޭސީއެކެވެ. ސިވެކްގެ ލޭންޑިން ކްރާފުޓް "އެލްސީ 308" ބަންޑުން ޖަހާލީ ކީއްވެގެންކަމެއް އަދި މިހާތަނަށް އެމްއެންޑީއެފަކުން ނުބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ