"މިއަދު އަޅުގަނޑުމެން ބޭނުންވަނީ ދިވެހި ރައްޔިތުންގެ ލޯތްބާއި ގަދަރާއި އިހުތިރާމް ލިބިގެންވާ ބޭފުޅަކު ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ރިޔާސަތުގައި އިންނަވަން،" އދ. އަތޮޅުގެ މެމްބަރު އިބްރާހިމް ހުސެއިން ޒަކީ ވިދާޅުވި އެވެ.
އޭނާގެ ވާހަކައިގެ މި ޖުމްލައިގެ ކުރިން ގާސިމް އިބްރާހިމްގެ ނަން ހުށައެޅުއްވި އެވެ. ކުރިއަށް ދަނީ އާ ގާނޫނުއަސާސީ އެކުލަވާލަން ހޮވި ރައްޔިތުންގެ ހާއްސަ މަޖިލިހުގެ ފުރަތަމަ ޖަލްސާ އެވެ. ދުވަހަކީ 19 ޖުލައި 2004 އެވެ. އެ ޖަލްސާގެ މައިގަނޑު ބޭނުމަކީ ހާއްސަ މަޖިލިހުގެ ރައީސަކަށް މެމްބަރުންގެ ތެރެއިން ބޭފުޅަކު އިންތިހާބުކުރުމެވެ. އެ ޖަލްސާގައި 100 މެމްބަރުން ތިއްބެވި އެވެ.
ގާސިމަކީ އދ. އަތޮޅުން ހާއްސަ މަޖިލިހަށް ވަޑައިގެންނެވި ބޭފުޅެކެވެ. ނަމަވެސް އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ފުރިހަމަ ކޮންޓްރޯލް އޮތް ހާއްސަ މަޖިލިހުގެ ރައީސްގެ ގޮނޑިއަށް، ގާސިމަށް ވަޑައިގެންނެވޭނެ މާހައުލެއް ނެތެވެ. އެހެންކަމުން ޒަކީގެ އެ ހުށައެޅުއްވުމަށް ފަހު ދެން ކުރިމަތިވި 'ވޯޓު ލާނީ ސިއްރުންތޯ، އަތް އުފުލައިގެންތޯ'އާ މެދު އުފެދުނު ހިޔާލު ތަފާތުވުން ނިމުނީ، ސަރުކާރުން ބޭނުންވި ގޮތަށް، އަތް އުފުލައިގެން ކުރިއަށް ގެންދާށެވެ.
އިތުރަށް ކިޔާލަން - ގާނޫނުއަސާސީއަށް 15 އަހަރު: އެ ގޮނޑިއަށް ގާސިމް އައުން ފުރަތަމަ ހުއްޓުވި، އެކަމަކު ފަހުން އެއީ ރައީސް
ގާސިމް: އާ ގާނޫނުއަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ