ރިޔާސީ އިންތިޙާބުގައި މަކަރު ހަދާ އޮޅުވާލާކަމަށް ވިދާޅުވެ އެ މައްސަލަ ސުުޕްރީމްކޯޓަށް ހުށައަޅުއްވާނެކަމަށް ރައީސް ޑޮނަލްޑް ޓްރަންފު ވިދާޅުވެއްޖެއެވެ.
މީގެ އިރުކޮޅެއް ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޓްރަމްޕް ވިދާޅުވީ އިންތިހާބުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި އެގޮތުން ގާނޫނުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ހިފުމަށް ނިންމައި ސުޕްރީމް ކޯޓަށް ވަޑައިގަންނަވާނެ ކަމަށެވެ. ނަމަވެސް އިންތިހާބުގައި ހަދާފައިވާ ގޯހެއް ޓްރަމްޕް ވިދާޅެއް ނުވެއެވެ.
ޓްރަންޕު ވިދާޅުވީ ރިޔާސީ އިންތިޙާބުން ކާމިޔާބު ލިބިވަޑައިގެންފައިވާކަމަށާއި އެކަން ފާހަގަކުރުމަށް ތައްޔާރުވަމުން އަންނަކަމަށެވެ.
ޓްރަންޕު މޮޅުވިކަމަށް ނިންމެވި ނަމަވެސް ނުގުނާ އެތައް މިލިއަން ވޯޓެއް ހުރިކަމަށް މީޑީއާ ރިޕޯޓްތައް ބުނެއެވެ. އަދި އިންތިޚާބު މޮޅުވިކަން ނިންމަން އަދި މާ އަވަސްކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
އެމެރިކާގައި އިއްޔެ ކުރިއަށްދިޔަ ވޯޓުލުމުގެ ނަތީޖާތައް އިއުލާންކުރަން މިހާރު ފަށާފައިވާއިރު، އިންތިހާބުގެ ނަތީޖާ ކަނޑައަޅާނީ އިލެކްޓޯރަލް ކޮލެޖް ވޯޓުންނެވެ. އެގޮތުން ޑިމޮކްރެޓިކް ޕާޓީގެ ކެންޑިޑޭޓް އަދި އެމެރިކާގެ ކުރީގެ ނައިބު ރައީސް ޖޯ ބައިޑެން އަށް 238 ވޯޓު ލިބިވަޑައިގެންފައިވާއިރު ޓްރަމްޕް ލިބިވަޑައިގެންނެވީ 214 ވޯޓެވެ. ރައީސް ކަމަށް އިންތިހާބު ވާނީ މަދުވެގެން 270 އިލެކްޓޯރަލް ވޯޓު ހޯއްދަވާ ބޭފުޅެކެވެ.
ވޯޓު ގުނުން ހުއްޓުވަން ޓްރަމްޕް ސުޕްރީމް ކޯޓަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ