ސަރުކާރަށް ދެ އަަހަރު؛ ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ހުރީ މި ދައުރުގައި ނިމޭ ސްޕީޑަކު ނޫން!

ހއ. ހޯރަފުށީ ހޮސްޕިޓަލް އާ އިމާރާތް ކުރުމުގެ މަސައްކަތް ބަޔަކާއި ހަވާލުކުރީ ނިމުނު އެމްޑީޕީގެ ވެރިކަމުގައި އެވެ.މިނިސްޓްރީ އޮފް ހެލްތުން ކުރިން ބުނީ އެ މަސައްކަތް ކޮންޓްރެކްޓްކޮށްފައި ވަނީ ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސް އިން ޖޮއިންޓް ވެންޗާ ވިތު ފްލެކްސިންގް ޕްރައިވެޓް ލިމިޓެޑާއި ކަމަށެވެ.ހއ. ހޯރަފުށީ ހޮސްޕިޓަލް އާ އިމާރާތުގެ އެއްބަސްވުމުގެ ދަށުން ކުރުމަށް ހަމަޖެހިފައިވާ މަސައްކަތުގެ ޖުމްލަ އަގަކީ 85,736,587.55 ރ (އަށްޑިހަ ފަސްމިލިއަން ހަތްސަތޭކަ ތިރީސްހަހާސް ފަސްސަތޭކަ އަށްޑިހަ ހަތް ރުފިޔާ ފަންސާސް ފަސް ލާރި) އެވެ.އެ މަސައްކަތް ހަވާލުކޮށްފައި ވަނީ 540 (ފަސްސަތޭކަ ސާޅީސް) ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.ނަމަވެސް ރައީސް މުއިއްޒުގެ ސަރުކާރަށް މިއަދު ދެ އަހަރުވީއިރު ވެސް ކުރިއަށްދަނީ ހޮސްޕިޓަލްގެ ކޮންކްރީޓް ތަބުތަކުގެ މަސައްކަތެވެ. ހޯރަފުށި އަދި އެ ދާއިރާގެ ރައްޔިތުންގެ އުންމީދާ ގުޅިފައިވާ މި މަސައްކަތް ލަސްވެ ދިއުމަކީ ރައްޔިތުންގެ ކަންބޮޑުވުން އޮތް މައްސަލައެކެވެ. ހއ. ހޯރަފުށީ ސިއްހީ ފަރުވާ ރަނގަޅުކޮށްދިނުމަކީ 2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ޑރ. މުއިއްޒު ވެވަޑައިގެންނެވި ވައުދެކެވެ. ސުވާލަކީ ރައީސް މުއިއްޒު ވެރިކަމުގައި ހޯރަފުށީ ހޮސްޕިޓަލްގެ މަސައްކަތް ނިންމާ ހިދުމަތް ދެވޭވަރު ވާނެ ބާ އެވެ؟!؟!؟!؟އިތުރަށް ކިޔާލަން: ރައީސްގެ ވައުދާ އެއްގޮތަށް ހޯރަފުށިން ލިބޭ ސިއްހީ ފަރުވާ ރަނގަޅުނުކުރެވި ރައްޔިތުންގެ ކަންބޮޑުވުން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ