ގޯލްޑަން ފުޓްސަލް ޗެލެންޖް: ލ. އަތޮޅު ފައިނަލުގައި މިފަހަރު ވެސް ގަމާއި އިސްދޫގެ ކުރިމަތިލުމެއް ގޯލްޑަން ފުޓްސަލް ޗެލެންޖް: ލ. އަތޮޅު ފައިނަލުގައި މިފަހަރު ވެސް ގަމާއި އިސްދޫގެ ކުރިމަތިލުމެއް

ގޯލްޑަން ފުޓްސަލް ޗެލެންޖް 2025 ގެ ލ. އަތޮޅު ފައިނަލުގައި މި ފަހަރު ވެސް ގަމާ އިސްދޫ ވާދަކުރަން ޖެހިއްޖެ އެވެ.
ލ. އަތޮޅު ފައިނަލުގައި މިދިޔަ އަހަރު ވެސް ވާދަކުރީ މި ދެ ޓީމެވެ. އެ ފަހަރު އިސްދޫ ބަލިކޮށް ގަމުން ވަނީ ދަށި ދިފާއުކޮށްފަ އެވެ. ރޭ ކުޅުނު ލ. އަތޮޅު ސެމީ ފައިނަލުގެ ފުރަތަމަ މެޗުގައި ގަމުން މުންޑޫ ބަލިކުރީ 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގެ 19 ވަނަ މިނިޓުގައި ގަމަށް ލީޑު ނަގާދިނީ އަހުމަދު ހަލީމް (އައްމަޑޭ) ޖެހި ގޯލުންނެވެ. އެކަމަކު, ދެ ވަނަ ހާފު ފަށައިގެން ފަސް ވަނަ މިނިޓުގައި މުންޑޫގެ އަހުމަދު މިފްތާހް ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ.
ގަމަށް ލީޑު ނަގާދިނީ މެޗުގެ ފަހު މިނިޓުގެ ތެރޭގައި ޒައިދާން އަބްދުالله (ޒައިއްކޮ) ޖެހި ގޯލުންނެވެ.
ލ. އަތޮޅުގެ ދެ ވަނަ ސެމީގައި އިސްދޫ އިން އެ އަތޮޅު މާބައިދޫ ބަލިކުރީ ވެސް 2-1 ގެ ނަތީޖާ އަކުންނެވެ.
މި މެޗުގައި އިސްދޫ އަށް ލީޑު ނަގާދިނީ 19 ވަނަ މިނިޓުގައި ލޫތު އަހުމަދު ފަތުހީ ޖެހި ގޯލުންނެވެ. އަދި ދެ ވަނަ ހާފު ފަށައިގެން ހަތަރު ވަނަ މިނިޓުގައި ހުސެއިން އަފްހާން ވަނީ ގޯލު ޖަހާ އިސްދޫގެ ލީޑު ފުޅާކޮށްދީފަ އެވެ. އެކަމަކު، މެޗު ނިމެން މިނިޓަކަށް ވެފައި ވަނިކޮށް މާބައިދޫގެ ހުސެއިން ނަވާޒް ވަނީ ގޯލު ޖަހައި ފަރަގު ކުޑަކޮށްފަ އެވެ.
ލ. އަތޮޅު ފައިނަލް ކުޅޭނީ އަންނަ ބުރާސްފަތި ދުވަހުގެރޭގަ އެވެ.
20:00: އދ. ފައިނަލް: މަންދޫ - މަހިބަދޫ
20:00: ގއ. ފައިނަލް: ވިލިނގިލި - ދެއްވަދޫ
21:30: ހއ. ސެމީ ފައިނަލް: މާރަންދޫ - ދިއްދޫ
21:30: ހއ. ސެމީ ފައިނަލް: ވަށަފަރު - ކެލާ
22:30: ހދ. ސެމީ ފައިނަލް: ނޭކުރެންދޫ - ކުމުންދޫ
22:30: ހދ. ސެމީ ފައިނަލް: ނައިވާދޫ - މަކުނުދޫ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ