ގުޅުމެއްގައި ލޯބި އިތުރު ވާނެ ގޮތްތައް ހޯދުމަކީ ގިނަ މިހުން ބޭނުންވާ ކަމެކެވެ. އަދި މިއީ ވަރަށް އުނދަގޫ ކަމެއްގެ ގޮތުގައި ހީވެދާނެ އެވެ. އެކަމަކު، މިއީ ތި ހީކުރާހާ އުނދަގޫ ކަމެއް ނޫނެވެ.
ލޯބި އިތުުރު ކުރުމަށް ކުރާ ކޮންމެ ކަމެއް ކުރަންޖެހެނީ ގަވާއިދުންނެވެ. އެއް ފަހަރަކު ނޫނެވެ. ކުރާ ކަންކަމަކީ އަބަދު ތިމާ އެކަމެއްގައި ދެމިހުންނަންޖެހޭ ކަންކަމެވެ.
ތިރީގައި މިވާ ކަންކަން ކުރާ ނަމަ ބައިވެރިޔާއާ އެކު އޮންނަ ގުޅުން ވަރުގަދަވެ ލޯބި އިތުރުވާނެ އެވެ.
ބައިވެރިޔާއަށް ތިމާ އޭނާ ބަލައިގަންނަކަން އިހްސާސްކޮށްދިނުމަށް އޭނާ ގާތު ލޯބިވެޔޭ ބުނަންވެ އެވެ. ކުލުނުވެރިކަން ދައްކަންވެސްވެ އެވެ. ގަވާއިދުން އޭނާ ކައިރީ ލޯބިވެޔޭ ބުނާށެވެ. އަދި ތިމާ ބައިވެރިޔާއާ ގަޔާވާ ސަބަބުތައް އޭނާއަށް ބުނެދޭށެވެ.
ބައިވެރިޔާ ގައިގައި ބައްދާލާ ބޮސްދީ ހަދާށެވެ. ފިޒިކަލް އިންޓިމެސީއަކީ ގުޅުމެއްގައި މުހިއްމު ކަމެކެވެ. ބައިވެރިޔާ ތިމާއަށް ކޮށްދޭ ކުދި ކަންކަމުން ފެށިގެން ބޮޑެތި ކަންކަމާ ހަމައަށް ބަލައިގަންނާށެވެ.
ބައިވެރިޔާއާ އެކު ޑޭޓް ނައިޓްތަކަށް ދާށެވެ. މިއީ ކޮންމެހެން އަގުބޮޑު ރެސްޓޯރަންޓަކަށް ދިއުން އެކަންޏެއް ނޫނެވެ. ދެ މީހުން އެކީގައި ގޭގައި ވެސް ޑޭޓް ނައިޓް ހެދިދާނެ އެވެ. އެކީގައި ފިލްމެއް ނުވަތަ ޑޮކިއުމަންޓްރީއެއް ބަލާށެވެ.
މީގެ އިތުރުން ދެ މީހުން އެކީގައި ކުރުމަށް ހޮބީތަކެއް ހޯދާށެވެ. އެއީ ބެލްކަނީގައި ބަގީޗާ ހެއްދުން ނުވަތަ ދުވަން ދިޔުން ވިޔަސް، ކޮންމެވެސް އެއް ހޮބީއެއް އިހްތިޔާރު ކުރާށެވެ.
އަދި މިގޮތަށް އެކީގައި ވަގުތު ހޭދަކުރާ އިރު ފޯނު ދުރުގައި ބާއްވާފައި އެކަކު އަނެކަކަށް ސަމާލުކަންދޭށެވެ.
ބައިވެރިޔާއާ ވާހަކަ ދައްކާއިރު އޭނާގެ ވާހަކަތައް ކަނުލާ އަޑުއަހާށެވެ. އޭނާ ކަންކަމުގައި ދެކޭ ގޮތާއި އޭނާގެ ނަޒަރިއްޔާތު ދެނެގަންނާށެވެ. އަދި ވާހަކަ ދައްކާ އިރު ވީހާވެސް ތެދުވެރިކަމާއި އިހްލާސްތެރިކަން އިސްކުރާށެވެ. ތިމާގެ އިހްސާސްތައް އޭނާއަށް ބުނެދިނުމަށް ފަސްނުޖެހޭށެވެ. އެކަން ކުރަން އުނދަގޫ ނަމަވެސް އެގޮތަށް އެކަން ކުރާށެވެ.
ދެ މީހުންގެ ދެމެދުގައި މައްސަލަޖެހި ދެބަސްވާން ޖެހޭ ހާލާތުގައި ވެސް އެކަކު އަނެކަކު ކުށްވެރިނުކުރާށެވެ.
އަމިއްލަ ކަންކަން ކުރިޔަސް ބައިވެރިޔާ ބޭނުންވެއްޖެ ހިނދެއްގައި އޭނާގެ ވާހަކަތައް އަޑުއަހާށެވެ. ބައިވެރިޔާ ކުރާ ކަންކަމުގައި ބައިވެރިވެ ސަޕޯޓް ދޭށެވެ. އަދި ތިމާ ކުރާ ކަންކަމުގައި އޭނާއަށް ބަރޯސާވެވޭނެކަން ދަންނާށެވެ. އަދި އޭނާ ބޭނުން ނަމަ، އޭނާއަށް ކަންކަމުގައި ވަގުތާއި ޖާގަ ދޭށެވެ.
ބައިވެރިޔާއަށް ގިނަގިނައިން ސަޕްރައިޒް ދޭށެވެ. މިއީ ތިމާގެ ހިތުތެރޭގައި ބައިވެރިޔާ އޮތް މިންވަރު އޭނާއަށް ބުނެދޭނެ ކަމެކެވެ. އަދި ގުޅުން ވީހާވެސް ބަދަހި ކުރާށެވެ. އަދި ބައިވެރިޔާއާ ގާތްވާނެ ތަފާތު އާ ގޮތްގޮތް ވެސް ހޯދާށެވެ. ބައިވެރިޔާ އާއި ތިމާގެ ލޯބި ފެށުނު ގޮތް ހަނދާނުގައި ބަހައްޓާށެވެ. އަދި އެ ލޯބި އެގޮތުގައި ދިރުވުމަށް މަސައްކަތް ކުރާށެވެ.
ގުޅުމެއްގައި ލޯބި އިތުރު ކުރާނީ މިހެން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ