ކަރަންޓުގެ ވިއުގަ އަޕްގްރޭޑެއް | މާދަމާ ބައެއް ސަރަހައްދުތަކުން ކަރަންޓް ކެނޑިދާނެ

ސްޓެލްކޯއިން ބުނީ މާލޭގެ އެކި ސަރަހައްދުތަކން ކަރަންޓް ކެނޑޭނީ އެކި ސަރަހައްދުތަކުންނެވެ.
ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތެއް މާދަމާ ކުރުމަށް ހަމަޖެހިފައިވާތީ މާލޭގެ ބައެއް ސަރަޙައްދުތަކުން މާދަމާ ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށް ސްޓެލްކޯ އިން ބުނެފި އެވެ. 
ގްރޭޓާ މާލެ ސަރަހައްދަށް ކަރަންޓުގެ ހިދުމަތްދޭ ކުންފުނިން ބުނީ މާދަމާ ހެނދުނު 10:00 އިން 12:00 އަށް މާލެ ސިޓީގެ ބުރުޒު މަގު އަދި އައިމިނާރަނި ހިނގުން ހިމެނޭ ސަރަޙައްދުން ކަރަންޓުގެ ހިދުމަތް ވަގުތީ ގޮތުން ކެނޑިދާނެ އެވެ. 
އެ ކުންފުނިން ބުނީ މީގެ އިތުރުން ހެނދުނު 09:00 އިން 12:00 އަށް ބޮޑުތަކުރުފާނު މަގު ހަވީރީ ހިނގުން ލައިނޫފަރު ހިނގުން އަދި މީރުބަހުރު ހިނގުން ހިމެނޭ ސަރަޙައްދުތަކުން ވެސް ކަރަންޓުގެ ހިދުމަތް ކެނޑިދާނެ އެވެ. މީގެ އިތުރުން ގުލޭނޫރަން މަގު، ސިއްކަގޯޅި، އަދި ކަރަންކާ މަގު ހިމެނޭ ސަރަޙައްދުން  މެންދުރުފަހު 14:00 އާއި 16:00 އާ ދެމެދު ކަރަންޓުގެ ހދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ. 
ސްޓެލްކޯއިން ބުނީ މި މަސައްކަތަކީ ކަރަންޓުގެ ވިއުގަ އިތުރަށް ހަރުދަނާކޮށް ގާބިލުކަން އިތުރުކުރުމަށް ކުރިއަށްގެންދާ މަސައްކަތެއް ކަމަށާ ކަރަންޓުގެ ހިދުމަތް ކެނޑުމުން ދިމާވާ ދަތިތަކަށް އެ ކުންފުނިން މައާފަށް އެދޭ ކަމަށެވެ. 
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ