އީރާނުގެ ހޮރްމޫޒް ކަނޑުއޮޅި ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި މުޅިން ހުޅުވާނުލައިފި ނަމަ، އެ ގައުމުގެ އިންޖީނުގެތަކަށް ހަމަލާދޭނެ ކަމަށް ވިދާޅުވެ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަދު އިންޒާރު ދެއްވައިފި އެވެ.
ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ޓްރަމްޕް ވިދާޅުވީ، އެއްވެސް ބިރުދެއްކުމެއް ނެތި އީރާނުން ހޮރްމޫޒް ކަނޑުއޮޅި ފުރިހަމައަށް ހުޅުވާނުލައިފި ނަމަ، އެމެރިކާއިން އެ ގައުމުގެ އެކި ސަރަހައްދުތަކުގައި ހުރި އިންޖީނުގެތަކަށް ހަމަލާދީ އެ ތަންތަން ފުނޑުފުނޑުކޮށްލާނެ ކަމަށެވެ.
ދުނިޔޭގެ ތެލާއި ގޭހުގެ ފަސްބައިކުޅަ އެއްބައި އުފުލާ މި މުހިންމު ކަނޑުގެ ސަރަހައްދުން ދަތުރުފަތުރު ކުރުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި، ޓްރަމްޕް މިފަދަ އިންޒާރެއް މި ދެއްވީ ހަކަތައިގެ އަގު އުފުލި، މިކަމުގައި ފިޔަވަޅެއް އެޅުމަށް ވޮޝިންޓަނަށް އޮތް ޕްރެޝަރު ބޮޑުވެފައި ވަނިކޮށެވެ.
ޓްރަމްޕްގެ މި އިންޒާރަށް ރައްދުދެމުން އީރާނުން ބުނެފައިވަނީ، އެ ގައުމުގެ އެއްވެސް ވަސީލަތަކަށް ހަމަލާދީފި ނަމަ، އެ ސަރަހައްދުގައި ހުރި އެމެރިކާގެ ހަކަތައާ ގުޅުންހުރި މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާދޭނެ ކަމަށެވެ. އީރާނުން މީގެ ކުރިން ބުނަމުން އައީ އެ ކަނޑުއޮޅި ހުޅުވާފައި އޮންނާނީ ހަމައެކަނި ދުޝްމަން ނޫން ގައުމުތަކަށް ކަމަށެވެ.
މި ފަހުގެ އިންޒާރުތަކަކީ، އެމެރިކާގެ އަސްކަރީ ހަރަކާތްތައް މަދުކުރަން ގާތްވެފައިވާ ކަމަށް ވިދާޅުވެ، ޓްރަމްޕް މީގެ ކުރިން ދެއްކެވި ވާހަކަތަކާ މުޅިން ތަފާތު ވާހަކަތަކެކެވެ.
އެމެރިކާގެ ސެންޓްރަލް ކޮމާންޑުން ބުނާ ގޮތުގައި، ދާދި ފަހުން ދިން ހަމަލާތަކުގެ ސަބަބުން އުޅަނދުފަހަރަށް ހަމަލާދިނުމަށް އީރާނަށް އޮތް ގާބިލުކަން ވަނީ ކުޑަކުރެވިފަ އެވެ. ނަމަވެސް، މަސްރަހު ދިރާސާކުރާ ފަރާތްތަކުން ފާހަގަކުރާ ގޮތުގައި އަސްކަރީ އަންދާޒާތަކާއި ސިޔާސީ ގޮތުން ދެވޭ މެސެޖުތަކާ ދެމެދު ބޮޑެތި ފަރަގުތަކެއް އެބަހުއްޓެވެ.
ހޮރްމޫޒް ކަނޑުއޮޅި ހުޅުވަން ޓްރަމްޕް 48 ގަޑިއިރުގެ މުހުލަތެއް ދެއްވައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ