ރާއްޖެ އެތެރެކުރަން އުޅުނު 3.3 މިލިއަންގެ ޑްރަގްސް އަތުލައިގެންފި

ވައިގެމަގުން ރާއްޖެ އެތެރެ ކުރަން އުޅުނު 3.3 މިލިއަން ރުފިޔާގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ.
ކަސްޓަމްސްއިން -ބުނީ، އެ މަސްތުވާތަކެއްޗަކީ ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުން އިއްޔެ އެތެރެވި ބަޔަކު ގެނައި ތަކެތި ކަމަށެވެ. ނަމަވެސް އެއީ ކޮންބައެއްކަން އަދި ހާމަކޮށްފައެއް ނުވެ އެވެ.
އަތުލައިގަނެފައިވާ މަސްތުވާ ތަކެއްޗަކީ 1150 ގްރާމްގެ އެމްޕެޓަމިން ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އަދި މި މަސްތުވާތަކެތީގެ މަގުމަތީގެ އަދު 3.3 މިލިއަން ރުފިޔާއަށް އަރާނެ ކަމަށްވެސް ކަސްޓަމްސް އިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ