ފިލްމު 'ދުރަންދަރު'، 'ކޭޖީއެފް: ޗެޕްޓަ 2'ގެ ރެކޯޑު ވެސް މުގުރާލުމަށްފަހު ތާރީޚުގެ ތެރެއަށް
މިދިޔަ ޑިސެމްބަރު މަހުގެ ފުރަތަމަ ހަފްތާގައި ސިނަމާތަކުގައި އެޅުވި ޑައިރެކްޓަރު އަދިތިޔަ ދަރުގެ ފިލްމު "ދުރަންދަރު" އަކީ މިހާތަނަށް އިންޑިއާގައި ރިލީޒްކުރި ފިލްމުތަކުގެތެރެއިން ވިޔަފާރި އެންމެ ރަނގަޅު ފަސް ވަނަ ފިލްމު ކަމަށް ރިޕޯޓުތަކުން ބުނެފިއެވެ. މީގެކުރިން އެ ރެކޯޑު އޮތީ ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބުނު ކަންނާޑާ ފިލްމު "ކޭޖީއެފް: ޗެޕްޓަ 2" އަތުގައެވެ. ނަމަވެސް ފިލްމު "ދުރަންދަރު" ރިލީޒްކުރިތާ 31 ދުވަސް ވެފައިވާއިރު މިހާތަނަށް ފިލްމަށް ލިބުނު އާމްދަނީގެ އަދަދު 1،207 ކްރޯޑު ރުޕީސް (ގާތްގަނޑަކަށް 134 މިލިއަން އެމެރިކާ ޑޮލަރަ)ށް ވަނީ އަރާފައެވެ. އެހެންކަމުން ބޮލީވުޑްގެ އެކްޓަރު ރަންވީރު ސިންގް ލީޑް ރޯލް ކުޅެފައިވާ މި ފިލްމުން "ކޭޖީއެފް: ޗެޕްޓަ 2"ގެ ރެކޯޑު މުގުރާލުމަށްފަހު ތާރީޚުން ޖާގަ ހޯދާފައިވާ ކަމަށް ރިޕޯޓުތަކުން ވަނީ ބުނެފައެވެ. ރަންވީރް ސިންގް ފިލްމު "ދުރަންދަރު"ގެ މަންޒަރެއްގައި--ފޮޓޯ/ފިލްމުފެއަ ކަންނާޑާ އެކްޓަރު ޔަޝްގެ ފިލްމުގެ އިތުރުން "ދުރަންދަރު"އިން ވަނީ ބޮލީވުޑްގެ އެކްޓަރު ޝާހްރުކް ޚާންގެ ފިލްމު "ޖަވާން"، "ޕަތާން" އަދި ދެކުނު އިންޑިއާގެ އެކްޓަރު ޕްރަބާސްގެ ފިލްމު "ކަލްކީ"އަށް ވުރެ ވެސް ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ހޯދުމުގައި ކުރި ހޯދާފައެވެ. ފިލްމު "ދުރަންދަރު"އާ އެކު ދެން ވާދަކުރާ ހަތަރު ފިލްމުތަކުގެތެރޭ އާމިރު ޚާންގެ "ދަންގަލް"، އެސްއެސް ރާޖާމޮލީގެ ފިލްމު "ބާހޫބަލީ 2"، "އާރްއާރްއާރް" އަދި އައްލޫ އަރުޖުންގެ ފިލްމު "ޕުޝްޕާ 2" ހިމެނެއެވެ. މި ފިލްމުތަކުގެ ތެރެއިން މިހާތަނަށް އެންމެ ބޮޑު އާމްދަނީއެއް ބޮކްސް އޮފީހުގައި ލިބުނު ރެކޯޑު އޮތީ އާމިރު ޚާންގެ ފިލްމު "ދަންގަލް"ގެ ޑައިރެކްޓަރު އަތުގައެވެ. އިންޑިއާގެ ރިޕޯޓުތައް ބުނާގޮތުން މި މަސް ނިމޭއިރު އެސްއެސް ރާޖާމޮލީގެ ފިލްމު "އާރްއާރްއާރް" ފަހަތަށް ޖައްސާލުމަށްފަހު "ދުރަންދަރު"އިން ކުރި ހޯދުމުގެ ފުރުސަތު ވަރަށް ބޮޑެވެ. ފިލްމު "ދުރަންދަރު"އަށް ބޮޑު ކާމިޔާބީއެއް ލިބި ބެލުންތެރިންގެ ތަރުހީބު ލިބެމުން އަންނައިރު މި ފިލްމުގެ ދެވަނަ ބައި އަންނަ އަހަރުގެ މާޗް މަހުގެ 19ގައި ސިނަމާތަކަށް ގެންނާނެކަން ވަނީ އިއުލާނުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ