ހިޔާވަހި ފައިނޭންސް ސްކީމްގެ ދަށުން މިހާތަނަށް 909 ލޯން އެޕްރޫވްކޮށްފި
ފަސް އިންސައްތައިގެ އިންޓްރެސްޓު ރޭޓުގައި ގެ އަޅަން ދޫކުރާ 'ހިޔާވެހި ފައިނޭންސް' ސްކީމްގެ ދަށުން 909 ލޯނު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އެޕްރޫވްކޮށްފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން ބުނެފިއެވެ. މިނިސްޓްރީން މިއަދު ސޯޝަލް މީީޑިއާގައި ހިއްސާކުރި ޕޯސްޓެއްގައި ވަނީ އަމިއްލަ ގޯތީގައި ގެދޮރު ބިނާކުރުމަށް ދެވޭ ޕްރޮފިޓް ރޭޓު ކުޑަ އަދި އިކުއިޓީ ކުޑަ ލޯނުތަކަށް އެދުނު އެޕްލިކޭޝަންތަކުގެ ތެރެއިން މިހާތަނަށް 909 މިލިއަން ރުފިޔާގެ ލޯނު އެޕްރޫވްކޮށްފައިވާ ކަމަށެވެ. https://x.com/MoCImv/status/2006015714767856025 މި ސްކީމުގެ ދަށުން: ފައިސާ އަނބުރާ ދެއްކުމުގެ މުއްދަތު 25 އަހަރު ދުވަހަށް ބަހާލެވޭ (18 މަސް ދުވަހުގެ ގްރޭސް ޕީރިއަޑެއް ހިމަނައިގެން) އިކުއިޓީގެ ގޮތުގައި ހަމަޖައްސަންޖެހޭ 20 އިންސައްތަ ކަސްޓަމަރަށް ނުވަތަ ސަރުކާރު މެދުވެރިކޮށްވެސް ހަމަޖެއްސޭނެ އިމާރަތް ކުރާ ތަން ފިޔަވާ އިތުރު ރަހުނެއް ބޭނުމެއް ނުވޭ ހިޔާވެހި ފައިނޭންސިންއަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުން ގެދޮރުވެރިން ޕޯޓަލް މެދުވެރިކޮށް އެޕްލިކޭޝަން ސްޓޭޓަސް ބަލައިލެވޭނެއެވެ. https://www.sun.mv/212445 ރައީސް ވަނީ، ހިޔާވެހި ސްކީމަށް ކޮންމެ އަހަރެއްގެ ބަޖެޓުގައި އެއް ބިލިއަން ރުފިޔާ ހިމަނާނެ ކަމަށް މީގެ ކުރިން ވިދާޅުވެފައެވެ. އެމަނިކުފާނު ވަނީ މި ދަައުރުގައި، 18 އަހަރުން މަތީގެ އެންމެންނަށް ބޯހިޔާވަހިކަން ކަށަވަރުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ