ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި ކެޓްރީނާ އަންނާނެ ދުވަހެއް ނޭނގޭ
ރާއްޖޭގެ ފަތުރުވެރިކަން ކުރިއަރުވަން ހަދައިފައިވާ ވިޒިޓް މޯލްޑިވްސް ކޯޕަރޭޝަންގެ ގްލޯބަލް އެމްބެސެޑަރެއް ކަމަށްވާ، އިންޑިއާގެ މަޝްހޫރު ފިލްމީ ތަރި ކެޓްރީނާ ކައިފް ރާއްޖެ އަންނާނެ ތާރީޚެއް މިހާތަނަށް އަންގައިފައި ނެތް ކަމަށް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝިއުރީ މިއަދު ވިދާޅުވެއްޖެއެވެ. ވިޒިޓް މޯލްޑިވްސްގެ ގްލޯބަލް އެމްބެސެޑަރަަކަށް ކެޓްރީނާ އައްޔަންކޮށްފައިވާކަން އެ ކުންފުނިން އިއުލާންކުރީ މިދިޔަ ޖޫން މަހުގެ 10ގައެވެ. އެ އެމްބެސެޑާޝިޕްގެ ދަށުން ކެޓްރީނާ ރާއްޖެ އިޝްތިހާރުކޮށް، އޭނާގެ ތަޖުރިބާތައް ހިއްސާކުރާނެ ކަމަށް އޭރު ވިޒިޓް މޯލްޑިވްސްއިން ބުނެފައިވެއެވެ. މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝިއުރީ ފާހަގަކުރެއްވީ، ކެޓްރީނާއަށް ވަރަށް ފަހުން ދަރިއެއް ލިބިފައިވާ ކަމެވެ. އެމްޑީ އިބްރާހީމް ޝިއުރީ، ކުންފުނީގެ އޭޖީއެމްގައި: ރާއްޖޭގެ ގްލޯބަލް އެމްބެސެޑަރުގެ ގޮތުގައި ކެޓްރީނާ އަންނާނެ ދުވަހެއް ނޭނގޭ ކަމަށް ޝިއުރީ ވިދާޅުވި-- ފޮޓޯ/ ވިޒިޓް މޯލްޑިވްސް "އެހެންވީމަ ކަންތައްތައް ހުރި ގޮތުން ސީދާ އަޅުގަނޑުމެންނަށް ވަކި ޑޭޓެއް އަންގައިފައި ނެތަސް، ކުރިއަށް އޮތް ތަނުގައި އަޅުގަނޑުމެން ގަބޫލުކުރަނީ އެ ޝެޑިއުލްއާ އެއްގޮތަށް އާދެވެން އޮތް އެންމެ އަވަހަކަށް އަންނާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ. ކެޓްރީނާއާއި ފިރިމީހާ އަދި ފިލްމީ ތަރި ވިކީ ކޯޝަލްއަށް ދަރިއަކު ލިބުނުކަން އިއުލާންކުރީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހެވެ. https://sun.mv/213636 އެއާއެކު ވިޒިޓް މޯލްޑިވްސްއިން އިންސްޓްގްރާމްގައި ކުރި ޕޯސްޓެއްގައި ކެޓްރީނާއަށް މަރުހަބާ ކިޔައިފައި ވެސްވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ