ޕީއެންސީގެ ހަތަރު ނައިބު ރައީސުންގެ މަސްއޫލިއްޔަތުތައް ފުށުނާރާ ގޮތަށް ބަހައިފި

ކޮންގުރެސް ޕާޓީ ޕީއެންސީގެ ނައިބު ރައީސުންގެ މަސްއޫލިއްޔަތުތައް ފުށުނާރާ ގޮތަށް ބަހައިފިއެވެ.
ޕީއެންސީން ބުނީ އެޕާޓީން މިއަދު ބޭއްވި މަޝްވަރާ މަޖިލީހުގެ ޖަލްސާގައި އަސާސީ ގަވާއިދުގެ މަތިން ހަތަރު ނައިބު ރައީސުންގެ މަސްއޫލިއްޔަތު ފުށުނާރާ ގޮތަށް ބާހަފައިވާ ކަމުގައެވެ.
އެގޮތުން ނައިބު ރައީސް މުހައްމަދު ސައީދުއާ ހަވާލުކޮށްފައިވަނީ އެޑްމިނިސްޓްރޭޝަން އެންޑް ފައިނޭސްގެ ބައެވެ. ޔޫތު އެފެއާޒް އެންޑް އިވެންޓްސް ހަވާލުކޮށްފައިވަނީ ނައިބު ރައީސް އިބްރާހީމް ޝުޖާއުއަށެވެ. އަދި ޕަބްލިކް ރިލޭޝަންޝް، މީޑިއާ އަދި މެންބަރޝިޕްގެ ކަންތައްތައް ހަވާލުކޮށްފައިވަނީ ނައިބު ރައީސް އަހްމަދު ނިހާން ހުސައިން މަނިކަށެވެ. މީގެ އިތުރުން ފޮރިން އެފެއާޒް އެންޑް ރިސާޗްގެ ބައި ހަވާލުކޮށްފައިވަނީ މުހައްމަދު ހުސެން ޝަރީފަށެވެ.
މީގެ އިތުރުން މިއަދު ބޭއްވި ޕީއެންސީގެ މަޝްވަރާ މަޖިލީސް ޖަލްސާގައި ޕާޓީގެ ސެކްރެޓްރީ ޖެނެރަލަ ކަމުގެ މަގާމަށް ގީލާ އަލީ ވަނީ އައްޔަންކުރައްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ