ފެނަކައިން އިނގުރައިދޫ 30އަށްވުރެ ގިނަ ގެއަކުން ކަރަންޓު ކަނޑާލައިފި

މާޅޮސްމަޑުލު އުތުބުރި އިނގުރައިދޫ 30 ގެއަކުން ކަރަންޓު ކަނޑާލައިފިއެވެ.
ފެނަކައިން ކަރަންޓުގެ ހިދުމަތް ދެމުން އަންނަ ރ. އިނގުރައިދޫގެ 30 ވުރެ ގިނަ ގެއިން ކަރަންޓު ކަނޑާލާފައިމިވަނީ 5 މަހުގެ ބިލް ނުދެއްކުމުގެ ސަބަބުން ކަމަށް ވޮއިސް އާއި ވާހަކަ ދެއްކި ރަށު ރައްޔިތަކު މައުލޫމާތު ދެއްވައެވެ.
ކޮވިޑް-19 އާއި ގުޅިގެން ދެ މަހަށް ބިލްތައް ދެއްކުން ފަސްކޮށްފައި ވީނަމަވެސް މިހާރު ފެނަކައިން އަންނަނީ ކަރަންޓު ބިލް ނުދައްކާ ފަރާތްތަކުގެ މި އަސާސީ ހިދުމަތް ކަނޑަމުންނެވެ.
ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އައި ނަމަވެސް އަދިވެސް ރާއްޖޭގެ އިޤްދިސޯދު ހިނގައި ނުގަނެއެވެ. ރަށްރަށުގެ ގިނަ ފަރާތްތައް އާމްދަނީ ހޯދުމަށް މަސައްކަތް ކުރަމުން އަންނަ ފަތުރުވެރިކަމުގެ ދާއިރާ އަދިވެސް ހިނގައި ނުގަނެވޭއިރު، ރ. އަތޮޅުގެ ގިނަ ބަޔަކު ކުރަމުން އަންނަ ވަޑާމުގެ މަސައްކަތްތައްވެސް ވަނީ ހުއްޓުމަކަށް އައިސް އާމްދަނީ ލިބުން ދަތިވެފައިވާކަމަށް އެރަށުން ވޮއިސް އާއި ވާހަކަ ދެއްކި އާއްމު ރައްޔިތުކު މައުލޫމާތު ދިނެވެ.
މި ގެތަކުން ކަރަންޓު ކަނޑާލި ނަމަވެސް މިހާރު އަނެއްކާވެސް ކަރަންޓު ދީފައިވާކަމަށް ފެނަކައިން މައުލޫމާތު ދެއްވައެވެ. ކަރަންޓު ދީފައިވަނީ އަނބުރާ ފައިސާ ދައްކާނެ ތާރީހް އަކަށް އެއްވެސް ވާ ގޮތަށް އެގްރިމެންޓް ހެދުމަކާއިނުލައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ