ވާދޫގައި ކަރަންޓު ޖެހިގެން ބިދޭސީއަކު މަރުވެއްޖެ

ގދ. ވާދޫގައި ކަރަންޓު ޖެހިގެން ބިދޭސީއަކު މަރުވެއްޖެއެވެ.
މިކަމުގެ މައުލޫމާތު "ރާއްޖެއެމްވީ" އަށް ދެއްވަމުން ވާދޫ ކައުންސިލުގެ ރައީސް މުހައްމަދު ވަހީދު ވިދާޅުވީ އެ ރަށުގައި ކަރަންޓު ޖެހިގެން ބިދޭސީއަކު އަންގާރަ ދުވަހު މަރުވެފައިވާ ކަމަށެވެ. އަދި އޭނާ ކަރަންޓު ޖެހެން ދިމާވި ސަބަބެއް ކަމުގައި ބެލެވެނީ މާކަރީ ލައިޓެއް ބަހައްޓާފައި ހުރި ދަނގަޑު ހޮޅިއެއްގައި އަތްލުމުގެ ސަބަބުން ކަމަށް ވިދާޅުވިއެވެ.
އެގޮތުން މި ހޮޅިދަނޑިއަށް އޭރުވެސް ކަރަންޓު އައިސްފައިވާ ކަމަށް ބެލެވޭ ކަަމަށާ އޭނާ އުޅުނީ މާކަރީ އެހެން ދިމާލަކަށް އަނބުރާލަން ކަމަށް އެ ސަރަހައްދުގައި އެވަގުތު އުޅުނު ފަރާތްތަކުން މައުލޫމާތު ދީފައިވާ ކަމަށް މުހައްމަދު ވަހީދު ވިދާޅުވިއެވެ.
އިތުރަށް މައުލޫމާތު ދެއްވަމުން އޭނާ ވިދާޅުވީ ފުލުހުން މިހާރު އެކަމުގައި ހަރަކާތްތެރި ވަމުން އަންނަ ކަމަށެވެ. އަދި މަރުވި މީހާގެ އާއިލާއަށް އެ ހަބަރު ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް ވިދާޅުވިއެވެ. ނަމަވެސް މިހާތަނަށް އޭނާގެ އާއިލާއާ ގުޅިފައި ނުވާކަމަށް މުހައްމަދު ވަހީދު މައުލޫމާތު ދެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ