ކާޖޯލް ބޭނުންވީ އެކްޓިން ދާއިރާގެ ބަދަލުގައި ގަވާއިދުން މުސާރަ ލިބޭ ވަޒީފާއެއް

ބޭނުންވީ އާދައިގެ ވަޒީފާއެއް އަދާކުރަން ކަމަށް ބޮލީވުޑްގެ މަގުބޫލު ތަރި، ކާޖޮލް ދޭވްގަން ބުނެފި އެވެ.
މަންމަ ތަނޫޖާއާ އެކު މަރާޓީ ޝޯއަކަށް ގޮސް ވާހަކަ ދައްކަމުން އޭނާ ބުނީ، ފިލްމީ ދާއިރާއަށް ނުކުތުމުގެ ކުރިން އެ ދާއިރާއާމެދު އޭނާގެ ހިޔާލު ތަފާތު ކަމަށެވެ. އެ ދާއިރާއަށް ނުކުތުމުގެ ވިސްނުން އޭރު ނުގެންގުޅޭ ކަމަށާއި އޭރު އެކްޓްރެސްއަކަށް ވާހިތްވެސް ނުވާ ކަމަށް ބުންޏެވެ.
އޭނާ ބުނީ އޭގެ ބަދަލުގައި އޭނާ ބޭނުންވީ އާދައިގެ ވަޒީފާއެއް ކަމަށެވެ. އަދި އޭނާ އެގޮތަށް ބޭނުންވީ ކޮންމެ މަހަކު ގަވާއިދުން މުސާރަ ލިބޭނެތީ ކަމަށް ބުންޏެވެ.
އޭނާ އެހެން ބުނުމުން އެ ޝޯގެ ހޯސްޓު ވަނީ ކާޖޮލް އާދައިގެ ވަޒީފާއަކަށް ނުދިޔައީތީ އޭނާ އުފާކުރާ ކަމަށް ބުނެފަ އެވެ. އަދި އެހެން ނޫން ނަމަ ބޮލީވުޑްގައި އޭނާ ދެއްކި ކުޅަދާނަ އެކްޓިން ނުފެނުނީސް ކަމަށް ބުންޏެވެ.
ހޯސްޓުގެ ވާހަކައަށް ތަރުހީބު ދެމުން ކާޖޮލްގެ މަންމަ ތަނޫޖާވެސް ވަނީ ކާޖޮކް އާދައިގެ ވަޒީފާއަކަށް ދިޔަ ނަމަ އެ އޮފީހުގެ އެންމެނަށް އުނދަގޫ ކުރާނެ ކަމަށް ބުނެ ކާޖޮލްއަށް މަލާމާތްކޮށްފަ އެވެ.
ކާޖޮލް އެންމެ ފަހުން ފެނިގެންގޮސްފައި ވަނީ ނެޓްފްލިކްސްގައި ނެރުނު ފިލްމު “ތްރިބާންގާ” އިންނެވެ. މިހާރު އޭނާ ކުރަމުން ދަނީ “ސަލާމް ވެންކީ” ކިޔާ ފިލްމެއްގެ މަސައްކަތެވެ.
މުނިފޫހިފިލުވުމުގެ ހަބަރުތައް ގެނެސްދޭ މީޑިއާއަކުން ބުނީ އެ ފިލްމަކީ އަންހެނެއްގެ ހަޔާތުގެ ހަގީގީ ވާހަކަތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމެއް ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ