ރައީސް މައުމޫން ފެކްޝަން އިން ޕީޕީއެމްގެ ފަސް ވަނަ އަހަރީ އާއްމު ޖަލްސާ މި މަހު ބާއްވާނެ ކަމަށް ކުރީގެ ރައީސް އަދި އެ ޕާޓީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެއެވެ.
މިޖަލްސާ ބާއްވާނެ ކަމަށް މިއަދު އިއުލާންކުރެއްވީ ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ކުރެއްވި ޓްވީޓެއްގައެވެ.
މައުމޫން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ "ޕީޕީއެމްގެ ފަސްވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިމަހުގެ 31 ވަނަ ދުވަހުގެ ރޭ އަޅުގަނޑު އާންމު ޖަލްސާއެއް ބާއްވާނެ" ކަމަށެވެ.
"މިޖަލްސާއަށް ވަޑައިގެން ދެއްވުމަށް ޕީޕީއެމްގެ ލޮބުވެތި މެންބަރުންނަށް އަޅުގަނޑު ދައުވަތު އަރުވަން. އެންމެ ފުރަތަމަ ގައުމު،" ޕީޕީއެމްގެ އާންމު ޖަލްސާއާއި ގުޅޭގޮތުން ރައީސް މައުމޫން ކުރެއްވި ދެވަނަ ޓްވީޓްގައި ވިދާޅުވެފައިވެއެވެ.
ރައީސް މައުމޫން ފެކްޝަން އިން ޕީޕީއެމްގެ ނަމުގައި އާންމު ޖަލްސާއެއް ބާއްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ