ނިއުސް ރޫމް މެނޭޖްމަންޓް ކޯސް ފަށައިފި

މީޑިއާ މެނޭޖްމެންޓް ކޯހުގެ ތެރެއިން | ފޮޓޯ: މީޑިއާ ކައުންސިލްފޯކަސް އެޑިޔުކޭޝަން ސެންޓަރާއި މީޑިއާ ކައުންސިލް ގުޅިގެން ހިންގާ ނިއުސް ރޫމް މެނޭޖްމަންޓް ކޯސް ރޭ ފަށައިފިއެވެ.މިކަމާ ގުޅިގެން މީޑިއާ ކައުންސިލް އިން ހާމަކުރާ ގޮތުގައި މިކޯހުގެ  މައިގަނޑު މަޤުޞަދަކީ ރާއްޖޭގެ މީޑިއާގެ ވެށީގެ މިނިވަންކަން ދެމެހެއްޓޭނީ ނިއުސްރޫމްތަކުގެ ހިންގުން ހަރުދަނާ ކޮށްގެން ކަމަށްވުމާއެކު، ނިއުސްރޫމްތައް ހިންގާ ފަރާތްތަކަށް މެނޭޖްމަންޓްގެ ޒަމާނީ ހުނަރުތައް ދަސްކޮށްދިނުން ކަމަށެވެ.08 ދުވަހުގެ މުއްދަތައް ކުރިއަށް ގެންދާ މިކޯހުގައި ޖުމްލަ 20 ފަރާތަކުން ބައިވެރިވެފައި ވާއިރު، މީޑިއާ ކައުންސިލް އިން ހާމަކުރާ ގޮތުގައި މިކޯހުގައި ކިޔަވާދެއްވަނީ ނޫސްވެރިކަމުގެ ތަޖްރިބާކާރު ދެބޭފުޅެއްކަމުގައިވާ ކުރީގެ މީޑިއާ ކައުންސިލުގެ ރައީސް މުޙައްމަދު ނަޒީފް އަދި ކުރީގެ މީޑިއާ ކައުންސިލުގެ ނާއިބު ރައީސް އަޙްމަދު އަބްދުﷲ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ