ރާއްޖޭގެ ކޯޓުން ބޭރުން ކުޑަކުދިންނާއި ކައިވެނި ކުރާ މައްސަލަތަކުގެ މައުލޫމާތު ރައްޔިތުންގެ މަޖިލީހާއި ހިއްސާ ކުރުމަށް ރައްޔިތުންގެ މަޖިލީހުން އެދިއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު ކުރި އިއުލާނެއްގައި ވަނީ، މިފަދަ އަމަލުތައް އިތުރުވަމުންދާ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑަރ ކޮމިޓީން ދިރާސާކުރައްވަމުން ދާ ކަމަށެވެ. އަދި މިފަދަ މައްސަލަތަކުގެ މައުލޫމާތު އެނގިވަޑައިގަންނަވާ އާންމު ފަރާތްތަކުން އެކަމާ ގުޅޭ މައުލޫމާތު ހިއްސާ ކުރެއްވުމަށް އެދޭ ކަމަށެވެ.
މަޖިލީހުން ވިދާޅުވީ، އެފަދަ ކަންކަމުގެ އެނގޭ ފަރާތްތަކުން، އެ މައުލޫމާތު ޑިސެމްބަރު އަށް ވަނަ ދުވަހުގެ 14:00ގެ ކުރިން ހުށަހެޅުމަށް އެދޭ ކަމަށެވެ. އަދި އެ މައްސަލަ ހުށަހަޅާ ފަރާތްތަކުން ފުރިހަމަ ނަމާއި، ދާއިމީ އެޑްރެސް އަދި ގުޅޭނެ ފޯން ނަމްބަރު އެނގޭ ގޮތަށް އެ މައްސަލައެއް ހުށަހެޅުމަށް މަޖިލީހުން އެދެއެވެ.
އެ މައުލޫމާތު ހުށަހަޅާނީ އީމެއިލް އެޑްރެސް މެދުވެރިކޮށް ނުވަތަ ރައްޔިތުންގެ މަޖިލީހުގެ އިދާރާއަށް ލިއުމުންނެވެ.
އީމެއިލް މެދުވެރިކޮށް ފޮނުވާނަމަ، ފޮނުވާނީ، ކޮމެޓީގެ މެއިލް [email protected] އަށެވެ.
މަޖިލީހުން މިފަދަ މައްސަލަތައް ބަލަން ނިންމާފައިވާއިރު، ހަރުކަށި ދީނީ ފިކުރު ގެންގުޅޭ ކަމަށް ބުނާ މީހަކު 13 އަހަރުގެ ކުއްޖަކާއި ކައިވެނިކޮށް އެކުއްޖާ ބަލިވެއިން ކަމަށް ބުނާ މައްސަލައެއް ވަނީ ފެންމަތިވެފައެވެ.
ކޯޓުން ބޭރުގައި ކުޑަކުދިންނާއި ކައިވެނި ކުރާ މައްސަލަތަކުގެ މައުލޫމާތު މަޖިލީހުން ހޯދަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ