ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ މެންބަރު އަދި އިސް ހަރަކާތްތެރިޔެއް ކަމުގައިވާ އަދި ރައްޔިތުން މަޖިލިހުގެ ވިލިމާލެދާއިރާގެ ކުރީގެ މެންބަރު އަޙްމަދު ނިހާނު ޙުސައިން މަނިކުގެ މައްޗަށް އެސްޓީއޯއަށް 9 ލައްކަ ރުފިޔާ ދިނުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފިއެވެ. ސިވިލްކޯޓުގެ ފަނޑިޔާރު ޙާފިޡާ ޢަބްދުއްސައްތާރު ބެއްލެވި މިމައްސަލާގައި ޙުކުމްކޮށްފައިވަނީ ޣައިރު ޙާޟިރުގައެވެ. ނިހާނުގެ މައްޗަށް 9 ލައްކަ ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ޙުކުމްކޮށްފައިވަނީ، އެކުންފުންޏަށް ހާބަރ ފުޑުކޯޓުން ލިބިފައިވާ ޔުނިޓެއް ނިހާނުއަށް 5 އަހަރުގެ މުއްދަތަކަށް ކުއްޔަށް ދިނުމަށްފަހު އެތަނުގެ ކުލި ނިހާނުގެ ފަރާތުން ދައްކާފައިނުވާތީއެވެ. ކުއްޔާއި މެއިންޓެނެންސް ފީގެ ގޮތުގައި އެކަނިވެސް ނިހާނު ދައްކަންޖެހޭ 893،901 ރުފިޔާ ދައްކާފައިނުވާތީ އެޢަދަދު އެސްޓީއޯއަށް ދެއްކުމަށް ޙުކުމުގައި އަމުރުކޮށްފައިވެއެވެ. އަދި އޭގެ އިތުރުން ކުލި ދައްކާފައިނުވާތީ ޖޫރިމައިނާގެ ގޮތުގައި 65،465 ރުފިޔާ ދެއްކުމަށް ކޯޓުން ޙުކުމްކޮށްފައިވެއެވެ. އެހެންކަމުން ނިހާނުގެ މައްޗަށް ޙުކުމްކޮށްފައިވަނީ ކުއްޔާއި މެއިންޓެނޭންސް ފީގެ އިތުރުން ކުލި ދައްކާފައިނުވުމުން އެއްބަސްވުމުގައި ބުނެފައިވާ ގޮތުގެ މަތިން ޖޫރިމައިނައިގެ ގޮތުގައި ދައްކާ ޢަދަދާއެކު، ޖުމްލަ 959.362 ރުފިޔާއެވެ. އެފައިސާ ދައްކައި ޚަލާޞްކުރުމަށް ކޯޓުން ނިހާނަށް ދީފައިވަނީ 10 ޑިސެންބަރުން ފެށިގެން 6 މަސްދުވަހުގެ މުއްދަތެވެ. އެއިން ކޮންމެ މަހެއްގައި ދައްކަންޖެހޭ މިންވަރު ދައްކަމުން ގޮސް ޚަލާޞްކުރުމަށް ޙުކުމުގައި ނިހާނަށް އަމުރުކޮށްފައިވެއެވެ.
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
100 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
ޙަސަނު
ތިޔަ ފައިސާ ދައްކަން ޖެހޭ މީހަކީ ޕީއެންސީގެ ރައީސް އަބްދުއް ރަހީމް ކަން ތިޔަ ދިޔަރެސް ގެ މަސްއޫލު ވެރިންނަށް ސާފުކޮށް އިނގޭނެ
REPLY
ީިޮޮނިހާން
މިކަހަލަ މީހުންނަށް ޔާމީނު ހުރިހާ އެއްޗެއް ދިނީ ނިހާން އަށް އޮންނާނީ ރާކަނިމަސްކެވިފަ.އަދިވެސް މަދު ދައްކަންޖެހުނު ވަރު މަށަށް ފެންނަގޮތުގާ ހާލިދާ ރަހުމާ ގޭސް މާން މި 3 ބޅ ވެސް ހުރީ އެކިތަންތަނުން އެއްޗެހި ހޯދައިގެން ލާރި ކައިފައި. 3 ބޅނ ޖެހޭ ޖަލަށްލާން 3 ހމރ 3 ވގ 3 ފރތ 3 ހއވނ މުޅިގައުމު ދަވާލި 3 ބޅ
REPLY
ީިޮޮނިހާން
މިކަހަލަ މީހުންނަށް ޔާމީނު ހުރިހާ އެއްޗެއް ދިނީ ނިހާން އަށް އޮންނާނީ ރާކަނިމަސްކެވިފަ.އަދިވެސް މަދު ދައްކަންޖެހުނު ވަރު މަށަށް ފެންނަގޮތުގާ ހާލިދާ ރަހުމާ ގޭސް މާން މި 3 ބޅ ވެސް ހުރީ އެކިތަންތަނުން އެއްޗެހި ހޯދައިގެން ލާރި ކައިފައި. 3 ބޅނ ޖެހޭ ޖަލަށްލާން 3 ހމރ 3 ވގ 3 ފރތ 3 ހއވނ މުޅިގައުމު ދަވާލި 3 ބޅ
REPLY
ޖުމްހޫރީ ޕާޓީގެ މެންބަރު ނިހާނުގެ މައްޗަށް 9 ލައްކަ ރުފިޔާ އެސްޓީއޯއަށް ދެއްކުމަށް ސިވިލް ކޯޓުން ޙުކުމްކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ